ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޑުއްވަރީ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު މި ހޯލު ހުޅުއްވާދެއްވާފައި ވަނީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި، އެކު ށ. އަދި ރ. އަތޮޅުގެ ބައެއް ރައްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ މަޑުއްވަރީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

Ad
rt

އެމަނިކުފާނުގެ މި ދަތުރުފުޅުގައި މަޑުއްވަރީގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވާފައިވެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރ. ވާދޫ، އަނގޮޅިތީމު ރަސްގަތީމު އަލިފުށި އަދި މަޑުއްވަރީ އަށް ޒިޔާރަތްކުރައްވާފައިވާއިރު ރ. އަތޮޅަށް އެމަނިކުފާނު ވަޑައިގެންނެވީ އިއްޔެ އެވެ. އެގޮތުން އެމަނިކުފާނު ވަނީ ވަޑައިގެންނެވި ހުރިހާ ރަށެއްގެ ވެސް ކައުންސިލާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާފައެވެ

މީގެ އިތުރަށް އަލިފުށީ ފުލުހުންގެ އިދާރާގެ އިސް ބޭފުޅުންނާއި، ރަސްގަތީމު ސްކޫލުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވިއިރު، އެރަށުގެ ތާރީހީ ސަރަހައްދުތައް ވެސް ދެ ކަނބަލުން ވަނީ ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައި ވަނީ މިރޭއެވެ. އެމަނިކުފާނު އަންގާރަ ދުވަހު ފެއްޓި މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ށ. ފުނަދޫ އަށެވެ.