މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,423 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1567 ވަނަ ޞަފްޙާ

އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމުގެ މުއްދަތު މިރޭގެ ނިޔަލަށް

އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމުގެ މުއްދަތު މިރޭގެ ނިޔަލަށް

އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމުގެ މުއްދަތު މިރޭގެ ނިޔަލަށް އިތުރު ކޮށްފި އެވެ. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް (އޯ.ޓީ.ޖޭ) މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ. އެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ، ނިޒާމީ ސިފައެއްގައި ރާވައިގެން، ދިވެހި ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ދަޢުލަތުގެ މުއައްސަސާތަކުންނާއި މުއައްސަސާތަކުގެ އިސް ހިންގުންތެރިން ހިންގާފ...

އިބްރާހިމް އަސްވާޤް
ޕަބްލިކް ޓްރާންސްޕޯޓުގައި ޑިޖިޓަލް ޕޭމަންޓު ސިސްޓަމެއް ގާއިމް ކުރަނީ

ޕަބްލިކް ޓްރާންސްޕޯޓުގައި ޑިޖިޓަލް ޕޭމަންޓު ސިސްޓަމެއް ގާއިމް ކުރަނީ

ޕަބްލިކް ޓްރާންސްޕޯޓުގައި ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް މާކެޓިން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ބީއެމްއެލް އަދި މާސްޓަކާޑައެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާއެވެ. މި އެއްބަސްވުމުގެ ދަށުން ގާއިމްކުރާ ޑިޖިޓަލް ސިސްޓަމަކީ މާސްޓަކާޑުގެ “ސްމާޓް ސ...

އަޙްމަދު ވަހީދު
ބެންޒެމާ ހެޓްރިކް، ސެލްޓަ ވީގޯ އަތުން ރެއާލަށް ބޮޑު މޮޅެއް

ބެންޒެމާ ހެޓްރިކް، ސެލްޓަ ވީގޯ އަތުން ރެއާލަށް ބޮޑު މޮޅެއް

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރެއާލްގެ ރަސްމީ ދަނޑުކަމުގައިވާ ސަންޓިއާގޯ ބާނަބެއުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 5-2 ގެ ނަތީޖާއަކުންނެވެ. ރެއާލްގެ ރަސްމީ ދަނޑުގައި މެޗެއް ކުޅެފައި މި ވަނީ މަރާމާތަށް ބަންދުކޮށްފައި އޮންނަތާ 560 ދުވަސް ފަހުންނެވެ. އެ ދަނޑުގައި އެންމެ ފަހުން މެޗެއް ކުޅެފައި 2020 ވަނަ އަހަރުގެ މާޗު މަހު […]

އިބްރާހިމް ޚަލީލް
ސާފް ޗެމްޕިއަންޝިޕްގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ

ސާފް ޗެމްޕިއަންޝިޕްގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ

އަންނަ މަހުގެ އެއްވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕްގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފިއެވެ. ސާފް ޗެމްޕިއަންޝިޕާ ގުޅިގެން ”މަގޭ މަހަލްދީބު“ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕެއިން އިފުތިތާހު ކުރުމަށް ގަލޮޅު ދަނޑުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފައެވެ. ރާއްޖޭގައި ފަށާ މި މުބާރާތަކީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. އެގޮތުން ކޯސްޕޮންސަރަކުން އެސްޓީއޯ ހަވާލުކޮށްފައިވާއިރު، ޑިޖިޓަލް ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ދިރާގެވެ. އަދި އިންޝުއަރެ...

އަޙްމަދު ވަހީދު
ސަލާހް 100 ލަނޑު، ލީޑްސްއަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

ސަލާހް 100 ލަނޑު، ލީޑްސްއަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ލީޑްސް ޔުނައިޓެޑް ބައްދަލު ކުރި މެޗު ފަސޭހަކަމާއިއެކު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން 3-0 އިން ކާމިޔާބު ކުރިއިރު، މި މެޗުގައި ލިވަޕޫލުގެ ފޯވާޑް މުޙައްމަދު ސަލާހް ޖެހި ލަނޑާއިއެކު އޭނާ ޕްރިމިއާ ލީގުގައި ޖެހި ލަނޑުގެ އަދަދު ވަނީ 100 އަށް އަރާފައެވެ. މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، […]

އިބްރާހިމް ޚަލީލް
އަންހެނުންގެ ކޮމެޓީތަކުގެ މުސާރަ ބޮޑުކޮށްފި، ރައީސްއަށް 6000، މެންބަރަކަށް 4000 ރުފިޔާ

އަންހެނުންގެ ކޮމެޓީތަކުގެ މުސާރަ ބޮޑުކޮށްފި، ރައީސްއަށް 6000، މެންބަރަކަށް 4000 ރުފިޔާ

އަންނަ އަހަރުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މުސާ ބޮޑުކުރަން ނިންމައިފިއެވެ. މިގޮތުން ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ސޮއިކުރަށްވާ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ ފާޠިމަތު އަފްޝަން ލަތީފަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 8 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގައި ބަޔާންކޮށްފައި ވާގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު...

އިބްރާހިމް އަސްވާޤް
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ނަދީމްއާއި ޝަފީޢު

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ނަދީމްއާއި ޝަފީޢު

ކްރިމިނަލް ކޯޓަށް ފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޢަލީ ނަދީމް އަދި އަލްއުސްތާޛު އިސްމާޢީލް ޝަފީޢު އައްޔަން ކުރައްވައިފިއެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވިދާޅުވިގޮތުގައި ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނު ކުރީ، އެ ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހުގައި ކަމަށެވެ. މިގޮތުން އދ. މާމިގިލި، ފްރީ...

ޔުމްނާ ޢަލީ
ކާމިޔާބު މީހަކަށްވުމަށް، އެހެންމީހުންނާއި ކަންކަމަށް އިނގިލިދިއްކުރުން ދޫކޮށްލާ!

ކާމިޔާބު މީހަކަށްވުމަށް، އެހެންމީހުންނާއި ކަންކަމަށް އިނގިލިދިއްކުރުން ދޫކޮށްލާ!

އަޅުގަޑުމެންނަކީ އަޅުގަޑުމެން ބޭނުންވި ކޮންމެކަމެއް ކުރެވޭނެބައެކެވެ. އެކަން އެއީ ހަގީގަތަކަށް ހެދުން އޮތީ އަޅުގަޑުމެންގެ އަތްމަތީގައެވެ. އަޅުގަޑުމެން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލުނުވެވިގެން މިއުޅެނީ ކޮންސަބަބަކާހުރެ ހެއްޔެވެ؟ މިސުވާލު ކިޔާނުނިމެނީސް އަޅުގަޑުމެން ކޮންމެމީހެއްގެ ސިކުނޑިއަށްވެސް އެތައްނަމެއް، އެތައްކަމެއް ވެރިވެގެންދާނެކަން ޔަގީނެވެ. އަޅުގަޑުމެންނަށް ނޭގިނަމަވެސް، ގަބޫލުކުރެވިފައި މިތިބެނީ އަޅުގަޑުމެންގެ ބަދުނަސީބާއި ނާކާމިޔާބުގެ ސަބަބަކީ އެހެންމީހުންނާއި އަޅުގަޑުމެންނަށް ބާރުނ...

މުޙައްމަދު ޝިހާބް
ކޯލިޝަން ސަރުކާރުގެ އަނިޔާތަކަށް ކެތެއް ނުކުރެވޭނެ: މުޙައްމަދު

ކޯލިޝަން ސަރުކާރުގެ އަނިޔާތަކަށް ކެތެއް ނުކުރެވޭނެ: މުޙައްމަދު

މިހާރު ރާއްޖޭގައި ވެރިކަން ކުރަމުންދާ ކޯލިޝަން ސަރުކާރުން އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމީނަށް ދެމުންދާ އަނިޔާތަކަށް ކެތް ނުކުރެވޭނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ މެންބަރު މުޙައްމަދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ ދައުރަކީ ރާއްޖެއަށް ތަރައްގީއާއި ތަމައްދުން އެންމެ ރަނގަޅަށް ގެނެސްދިން ދައުރު ކަމަށެވެ. އަދި ރާއްޖޭގެ ދީނާއި، ގައުމިއްޔަތާއި އެންމެ މު...

އަލީ އާދިލް
"ސާފް ޗެންޕިއަންޝިޕް ކެމްޕެއިން" އިފްތިތާޙްކޮށްފި

"ސާފް ޗެންޕިއަންޝިޕް ކެމްޕެއިން" އިފްތިތާޙްކޮށްފި

“ސާފް ޗެންޕިއަންޝިޕް ކެމްޕެއިން” ރަސްމީގޮތުން ރޭ އިފްތިތާޙް ކޮށްފިއެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ފައްޓަވާ “ސާފް ޗެންޕިއަންޝިޕް ކެމްޕެއިން” ރަސްމީގޮތުން އިފްތިތާޙް ކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. ރޭ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވަނީ މިކެންޕެއިން އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ އެއްވަނަ މަގާމަށް ލިބޭ ޓްރޮފީގެ ނަކަލު ޓްރޮފީއެއްގައި ރަމްޒީގޮތު...

ޔުމްނާ ޢަލީ
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ގިނަ ބަޔަކު ކުރިމަތިލައިފި، އިނާމް ދޭނީ ދެ މުނާސަބަތެއްގައި

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ގިނަ ބަޔަކު ކުރިމަތިލައިފި، އިނާމް ދޭނީ ދެ މުނާސަބަތެއްގައި

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ގިނަ ބަޔަކު ކުރިމަތިލާފައިވާތީ އިނާމް ދޭނީ ދެމުނާސަބަތެއްގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ. ރައީސް ޞާލިޙް މިގޮތަށް ނިންމަވާފައިމިވަނީ ޤައުމީ އިނާމާއި ބެހޭ ކޮމިޓީއާއި އެމަނިކުފާނު ބައްދަލުކުރައްވައި، ޤައުމީ އިނާމާއި، ދިވެހި ދަޢުލަތަށް ޙިދުމަތް ކުރުމުގެ އިނާމާއިބެހޭ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދަވާގިތާއި ބެހޭގޮތުން ކޮމެޓީގެ މެންބަރުންނާއި މަޝްވަރާ ކުރުމަށް ފަހުގައިކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ....

އަޒްފާ ރަޝީދު
ނޮޅިވަރަމުން ކޯވިޑް ބަލިމީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި

ނޮޅިވަރަމުން ކޯވިޑް ބަލިމީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި

ނޮޅިވަރަމުން ކޯވިޑް ބަލިމީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި އެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން” ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ  އެރަށުން މާލެ ފޮނުވާލެވުނު ބަލި މީހާ އަކީ 87 އަހަރުގެ ފިރެހެނެއް ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ބަލި މީހާ މާލެ ފުރުވާލާފައިވަނީ ހަނިމާދޫ މަގުން ފްލައިޓެއް ޗާޓަރުކޮށްގެން މިރޭ 21:00 ގައި ކަމަށެވެ. ނޮޅިވަރަމުން މިހާތަނަށް 241 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު މީގެ […]

ޖަލްވާން ޖާދުﷲ
މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ

މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ

ދައުލަތުގެ ޓެކްސް އިދާރާ، މީރާ މެދުވެރިކޮށް މިދިޔަ މަހު ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ދަށްވެއްޖެއެވެ. މީރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނީ 1.27 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާއިރު 25.4 އިންސައްތައިގެ ދަށްވުމެކެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ ތިން އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު […]

އަޙްމަދު ވަހީދު
އިހަވަންދޫ ބަނދަރު އެއްގަމުތޮށި ލާން ބޭނުންވާ ގާ ގެނެސްފި

އިހަވަންދޫ ބަނދަރު އެއްގަމުތޮށި ލާން ބޭނުންވާ ގާ ގެނެސްފި

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތް ދަނީ ތާވަލާ އެއްގޮތަށް ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓ...

އަޙްމަދު ވަހީދު
ކޮމަންޑޫ ސިއްހީ މަރުކަޒުން ގޭގެ އަށް ގޮސް ދާނުގައި ތިބޭ ބަލި މީހުންނަށް ޚިދުމަތްދޭތާ 7 އަހަރު

ކޮމަންޑޫ ސިއްހީ މަރުކަޒުން ގޭގެ އަށް ގޮސް ދާނުގައި ތިބޭ ބަލި މީހުންނަށް ޚިދުމަތްދޭތާ 7 އަހަރު

ށ. ކޮމަންޑޫ ސިއްޙީ މަރުކަޒުން ގޭގެއަށް ގޮސް ދާންމަތިވެފާއި ތިބޭ ބަލިމީހުންނަށް ޚިދުމަތް ދޭތާ 7 އަހަރު ވެއްޖެ އެވެ. މިގޮތުން ވޭތުވި ހަތްއަހަރު ވެސް، މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބުތަކާއި ހެދި ހިނގާބިނގާވެ އުޅެން އުނދަގޫ ބަލި މީހުންގެ ގާތަށް ކޮމަންޑޫ ސިއްހީ މަރުކަޒުގެ ޓީމެއް ޒިޔާރަތް ކޮށް ފަރުވާދެމުން ގެންދެއެވެ. ކޮމަންޑޫ ސިއްހީ މަރުކަޒާ އަލަށް ގުޅިވަޑައިގައިން ސީނިއާރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު މުފީދު ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަލި މީހުން […]

އަޙްމަދު އަރުޝަމް
ރެޑްކްރެސެންޓް އިން ކޭއާރްއެޗްއަށް 2 މޯބައިލް އޮކްސިޖަން ކޮންސެންޓްރޭޓަރ ހަދިޔާކޮށްފި

ރެޑްކްރެސެންޓް އިން ކޭއާރްއެޗްއަށް 2 މޯބައިލް އޮކްސިޖަން ކޮންސެންޓްރޭޓަރ ހަދިޔާކޮށްފި

މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަށް 2 މޯބައިލް އޮކްސިޖެން ކޮންސެންޓްރޭޓަރ ހަދިޔާކޮށްފި އެވެ. މޯބައިލް އޮކްސިޖެން ކޮންސެންޓްރޭޓަރ އަކީ ނޭވާލުމަށް އުނދަގޫ ފަރާތްތަކަށް ބޭނުން ކުރާ ތަންތަނަށް އުފުލާހެދޭފަދަ ކުޑަ އޮކްސިޖަން މެޝިނެކެވެ. ކޭއާރްއެޗް އިން މީސްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވާގޮތުން މިތަކެތި ހަދިޔާކޮށްދެއްވާފައިވަނީ ކޭއާރްއެޗާއި ރެޑްކްރެސެންޓާއި ދެމެދު ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ކޭއާރްއެޗ...

އަޙްމަދު އަރުޝަމް
"މަސްތުގެ ޒަހަރުން" މިޤައުމު ސަލާމަތް ކުރަން ޖެހޭނީ، އެންމެ ނިކަމެތި މީހާގެ މަސައްކަތުން: އުމަރު ނަސީރު

"މަސްތުގެ ޒަހަރުން" މިޤައުމު ސަލާމަތް ކުރަން ޖެހޭނީ، އެންމެ ނިކަމެތި މީހާގެ މަސައްކަތުން: އުމަރު ނަސީރު

މަސްތުވާތަކެތީގެ ނުރައްކަލުން މިގައުމު ސަލާމަތްކުރަން ޖެހޭނީ އެންމެ ނިކަމެތި މީހާގެ މަސައްކަތުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކާއި، ސަރުކާރުގެ މަސައްކަތްތަކާ ގުޅިގެން އުމަރު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާ އެއްޗެތީގެ ހާލަތު ބަދަލު ކުރުމަށް ސިޔާސީ ވެރިން ވިސްނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. “އެމީހުންގެ ގެތަށް ހުރީ ބުރިބުރި އަށް ނަގާ، ގޭޓްގައި ތަޅުލާ، ކެމެރާ ހަރުކޮށްފައި. ގިނަ މީހުންގ...

ޝިއުނާ އާދަމް
ޓިކްޓޮކްގައި ބަރަހަނާވި މީހާގެ ބަންދަށް 15 ދުވަސް

ޓިކްޓޮކްގައި ބަރަހަނާވި މީހާގެ ބަންދަށް 15 ދުވަސް

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯއެއް އާންމު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ފުލުހުން ބުނީ އެ މައްސަލާގައި 36 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި، އެމީހާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައިވެއެވެ. ޓިކް ޓޮކްގައި ޔާޔާ ނަބީލްގެ ނަމުން މަޝްހޫރު އެމީހާ ބަރަހަނާ ވީޑިއޯއެއް އާންމުކުރިތާ ދެތިން ދުވަސްވެފައިވާއިރު ސޯޝަލް މީޑިއާގައި އެކަން ވަނީ ވަރަށް ހޫނުވެފައެވެ. އޭނާ އަކީ […]

ޝިއުނާ އާދަމް