މިނިސްޓަރު ނަހުލާގެ ޝުކުރު ބޯޓު ދަތުރުކުރާ ފަރާތްތަކާއި ޕޯޓުތަކުގެ ހިދުމަތްތެރިންނަށް
ބޯޓު ދަތުރުކުރާ ފަރާތްތަކާއި ޕޯޓުތަކުގެ ޙިދުމަތްތެރިން ކޯވިޑްގެ ބަލިމަޑުކަމުގައި ކުރި ދަތި އުނދަގޫ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ޚާއްސަ ޝުކުރެއް ދަންނަވައިފިއެވެ. މިނިސްޓަރު ނަހުލާ ކަނޑު ދަތުރުފަތުރުގެ ސިނާޢަތުގައި ޝާމިލްވާ އެންމެހައި ފާރާތްތަކަށް ޝުކުރު އަދާކުރައްވާފައި ވަނީ ދުނިޔޭގެ ކަނޑު ދަތުރުފަތުރު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ. މިނިސްޓަރުގެ ހިތާބުގައި ބައިނައްލަޤްވާމީ ކަނޑުދަތުރުފަތުރާބެހޭ ޖ...