މަތި އުތުރު ރީޖަންގެ ކޮމާންޑަރަކަށް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމް
ލާމަރުކަޒީ އުސޫލުން ފުލުހުންގެ ޚިދުމަތް ދިނުމުގެ ގޮރުން، ރާއްޖޭގެ ހުރިހާ ރީޖަން ތަކަކަށް ކޮމާންޑަރުން އައްޔަން ކުރައްވައިފި އެވެ. އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ރީޖަނަލް ކޮމާންޑަރުން އައްޔަން ކުރައްވާ އެބޭފުޅުންނަށް މަޤާާމުގެ ލިއުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރުގެ އިތުރުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކ...