ށ. އަތޮޅު ތައުލީމީ މަރުކަޒަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ށ. ކޮމަންޑޫ ދާއިރާއަށް އިންތިހާބުވި ރައީސްގެ ދީލަތި އެހީއެއް ފޯރުކޮށްދީފި އެވެ.

ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 10 ގެ ދަރިވަރުން އޯލެވެލް އިމްތިހާނަށް ތައްޔާރުވުމަށްޓަކައި ސްޓަޑީ ކޭމްޕްތެކެއް ހިންގުމަށް -/62860 ވަނީ ހަދިޔާކޮށްފަ އެވެ. މި އެހީ މިހާރުވަނީ އެދަރިވަރުންގެ ބެލެނިވެރިންނާއި ހަވާލުކޮށްފަ އެވެ.

Ad
rt

މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި ފައިސާ ހަަރަދުކުރުމަށް ހަމަޖެހިފައިވަނީ ދަރިވަރުންގެ ރަސްމީ ތަޢުލީމުގެ އިތުުރުން އެކިއެކި މާއްދާތަކުން ދަރިވަރުނަށް އެހީތެރިކަން ބޭނުނަވާ ދާއިރާތައް ބަލައިގެން މާލެއިންނާއި ރާއްޖޭގެ އެކިކަންކޮޅުތަކުން ޓީޗަރުންނާއި ރިސޯސް މީހުންގެނެސް ގެން ހިންގޭ ސްޓަޑީ ކޭމްތަކަށެވެ.

މީގެ އިތުރުން ށ. ކޮމަންޑޫ ދާއިރާއަށް އިންތިހާބުވި ރައީސް އަންނަނީ ކޮމަންޑޫ ޒުވާނުންގެ ކުޅިވަރު ކުރިއެރުވުމަށާއި އެރަށުގެ އެކި މުވައްސަސާތަކަށްވެސް އެކި އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ.

މިއެހީތެރިކަމަށް އެރަށު ޒުވާނުންނާއި ށ. އަތޮޅު ތަޢުލީމީ މަރުކަޒުން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ފަސް އަހަރަށް އިންތިހާބުކުރި އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ވާދަކޮށްފައިވަނީ މުހައްމަދު ޖަލާލް އެކަންޏެވެ. އެދާއިރާގެ ހުރިހާ މަގާމަކަށް ކުރިމަތިލާފައިވަނީ އިންތިހާބުކުރަންޖެހޭ އަދަދަކަށް ކަމުން ވޯޓަކައި ނުލާ އެފަރާތްތައްވަނީ އިންތިހާބުވެފައެވެ.