އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ ހަމީދެވެ. އަދު އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރ ޝާހިދު ހުސެއިން މޫސާއެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި 170 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 57 މީޓަރުގެ އެއްގަމު ތޮށިލުމާއި ރޭމްޕެއް ހެދުމުގެ މަސައްކަތް ކުރާނެއެވެ. އަދި 250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުމުގެ އިތުރުން ބަނދަތު ބައްތި ހަރުކުރުން ވެސް މި މަޝްރޫއުގެ ތެރޭގަައި ހިމެނެއެވެ.

މިއީ 9.61 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 150 ދުވަސް ތެރޭގައި ނިންމައި ހަވާލުކުރާ ގޮތަށެވެ.