މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,426 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1541 ވަނަ ޞަފްޙާ

ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަ އިޓަލީއަށް

ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަ އިޓަލީއަށް

ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަ އިޓަލީން ހޯދައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ އިޓަލީގެ ޓިއުރިންގެ އެލިއަންޒް އެރީނާގައި ކުޅުނު މުބާރާތުގެ ތިންވަނަ ހޮވާމެޗު ބެލްޖިއަމާއި ވާދަކޮށް އިޓަލީން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވެއެވެ. ނަމަވެސް ދެ ޓީމުން ވެސް ވަނީ އިދިކޮޅު ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން މެޗުގެ 18 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
ކޯވިޑްގެ ސަބަބުން ނަފްސާނީ ބަލި ތަހައްމަލުކުރާ މީހުންގެ އަދަދު %25 އިތުރުވެއްޖެ

ކޯވިޑްގެ ސަބަބުން ނަފްސާނީ ބަލި ތަހައްމަލުކުރާ މީހުންގެ އަދަދު %25 އިތުރުވެއްޖެ

ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19 އާލަމީ ވަބާއާއި ގުޅިގެން ދުނިޔޭގެ ނިސްބަތުން ނަފްސާނީ ބަލިތައް ތަހައްމަލް ކުރަމުން އަންނަ މީހުންގެ އަދަދު 25 އިންސައްތަ އިތުރުވެފައިވާކަމަށް ދިރާސާތަކުން ދައްކައިފިއެވެ. މިއަދަކީ ބައިނައްލަޤްވާމީ ގޮތުން ފާހަގަކުރާ “ވޯރލްޑް މެންޓަލް ހެލްތް ޑޭ” އެވެ. ނަފްސާނީ ބަލިތަކާއި ބެހޭ ދުވަސް މުޅި ދުނިޔޭގައި މިއަދު ފާހަގަކުރަމުން އަންނަ އިރު މިއަހަރުގެ ޝީއާރަކީ “ލެޓްސް މޭކް އިޓް އަ ރިއަލިޓީ”، (ނަފްސާނީ ބައްޔަކީ ޙަޤީޤަތަކަށް ހަދަމާ) އެވެ. ކޯވިޑް-19 އާއި ގުޅިގެން ނަފްސާނީ […]

އަޒްފާ ރަޝީދު
ފްލައިން ސްކޫލްގައި އަންނަ ޑިސެންބަރުމަހު ކިޔަވައިދޭން ފެށުމަށް މަސައްކަތް ކުރަނީ

ފްލައިން ސްކޫލްގައި އަންނަ ޑިސެންބަރުމަހު ކިޔަވައިދޭން ފެށުމަށް މަސައްކަތް ކުރަނީ

އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭ.އޭ.އޭ) ގައި އަންނަ ޑިސެމްބަރު މަހު އަލުން ކިޔައިދޭން ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޭ.އޭ.އޭ ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމާއި ގުޅޭގޮތުން ބޭއްވެވި ބައްދަލުވުމުގައެވެ. މި ބަ...

ޔުމްނާ ޢަލީ
ދޮންދޫންޏަކަށް ރާއްޖެއިން އެފްރިކާ ބައްރަށް ހިޖުރަކުރެވިދާނެތަ؟

ދޮންދޫންޏަކަށް ރާއްޖެއިން އެފްރިކާ ބައްރަށް ހިޖުރަކުރެވިދާނެތަ؟

ދޮންދޫންޏަކީ ދިގު މިނުގައި އެންމެ 4.5 ސެންޓިމީޓަރު ހުންނަ ކުޑަ ކުޑަ ސުއިއްޕެކެވެ. މީގެ ތުނި ތުނި ފިޔަގަނޑުގައި 7 ނުވަތަ 8 ސެންޓިމީޓަރު ހުރި އިރު، އިންޑިއާ ކަނޑުގެ ސަރަހައްދު ހުރަސްކޮށް ރާއްޖެއިން އެފްރިކާއަށް އަދި އެފްރިކާއިން ރާއްޖެއަށް ދޮންދޫނި ދަތުރުކުރުމާއި މެދު ސްވިޑަންގެ ލަންގް ޔުނިވާސިޓީ ބައިނައްލަޤްވާމީ ދިރާސާކުރާ ޓީމަކުން ވަނީ ދިރާސާއެއް ހަދާފައެވެ. އެ ޔުނިވާސިޓީއިން މިވަނީ ދޮންދޫންޏާއި އެއްފަދަ މޮޑެލްއެއް ތައްޔާރުކޮށް މިކަން އިތުރަށް ދިރާސާކުރަން ފަށާފައެވެ. އެގޮތުން 2009 ވަނަ […]

އަޒްފާ ރަޝީދު
ލަންކާ ބަލިކޮށް ރާއްޖެ ފައިނަލުގެ އުންމީދު ބޮޑުކޮށްފި

ލަންކާ ބަލިކޮށް ރާއްޖެ ފައިނަލުގެ އުންމީދު ބޮޑުކޮށްފި

“އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021” ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ސްރީލަންކާއާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް ދިއުމުގެ އުންމީދު ރާއްޖެ ޓީމުން ބޮޑު ކޮށްފިއެބެ. މި މެޗު ރާއްޖެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުވެސް ރާއްޖެ ޓީމުން ފެށީ ވަރަށް ވަރުގަދަ ކޮށެވެ. މިގޮތިން މެޗުފަށައިގެން ލަންކާ ޓީމަށް ރަނގަޅަށް މެޗުގެ ތެރެއަށް ނުވަދެވެނީސް ދިވެހި ޓީމުން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. […]

އިބްރާހިމް ޚަލީލް
ދާންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޮޑު ހިލަ ގެންގޮސްފި

ދާންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޮޑު ހިލަ ގެންގޮސްފި

ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ދާންދުއަށް ގެންދިޔައީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިންހިއްކުމާއި، 1238 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސ...

އަޙްމަދު ވަހީދު
މި މަހުގެ 15އިން ފެށިގެން ވިސާއާ ނުލައި ދިވެހިންނަށް އިންޑިއާއަށް ދެވޭނެ

މި މަހުގެ 15އިން ފެށިގެން ވިސާއާ ނުލައި ދިވެހިންނަށް އިންޑިއާއަށް ދެވޭނެ

ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް ވިސާ އާއި ނުލައި އިންޑިއާއަށް ދަތުރު ކުރެވޭ ގޮތް ހަދައިފިއެވެ. ފޮރިން މިނިސްޓްރީން ބުނިގޮތުގައި މި ނިންމުމަށް އަމަލު ކުރަން ފަށާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެގައުމުގެ ދެމެދުގައި 2018 ވަނަ އަހަރު އެކުލަވާލާފައިވާ ވިސާ އެގްރިމެންޓަށް އަމަލު ކުރުން ވަގުތީ ގޮތުން މެދުކަނޑާލީ ކޯވިޑް-19ގެ ސަބަބުން ކަމަށެވެ. ނަމަވެސް އަލުން އަމަލު ކުރަން އިންޑިއާއިން ނިންމާފައިވާތީ އުފާ ކުރައްވާ […]

އަޒްފާ ރަޝީދު
މާއުނގޫދޫ އަންހެނުންގެ ކޮމިޓީއަށް އާމްދަނީ ހޯދަން ފަތް ކެޔޮ ހައްދަނީ

މާއުނގޫދޫ އަންހެނުންގެ ކޮމިޓީއަށް އާމްދަނީ ހޯދަން ފަތް ކެޔޮ ހައްދަނީ

ށ. މާއުނގޫދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އަށް އާމްދަނީ ހޯދުމުގެ ގޮތުން އެ ކޮމިޓީން ފަތް ކެޔޮ ހައްދަން ފަށައިފި އެވެ. މާއުނގޫދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ސަލްމާ އަބްދުއްޞަމަދު ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފަތް ކެޔޮ ދަނޑެއް ހައްދަން އެ ކޮމިޓީން ނިންމީ އެ މަސައްކަތަކީ އެރަށުގައި ވަރަށް ލާރި ލިބޭ މަސައްކަތަކަށް ވުމާއެކު ކޮޮމެޓީއަށް އާމްދަނީ ހޯދުމުގެ މަސައްކަތްތަކުގެ ފެށުމެއްގެ ގޮތުގައި […]

އަޙްމަދު އަރުޝަމް
އުނގޫފާރުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފި

އުނގޫފާރުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފި

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އަޅައި ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މަގުހެދުމުގެ މަޝްރޫއުވެސް މިހާރު ވަނީ ނިމުމަކާ ގާތް ވެފައެވެ. އެގޮތުން އެ މަޝްރޫއުގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން ޖުމުލަ 3.2 ކިލޯ މީޓަރު ދިގު މިނުގެ 14 މަގެއްގައި ވަނީ ތާރު އަޅައިފައެވެ. އަދި ފެންހިންދާ ނިޒާމެއް […]

އަޙްމަދު ވަހީދު
ކަޒަކިސްތާނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

ކަޒަކިސްތާނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

L ކަޒަކިސްތާނުން ރާއްޖެއަށް ސީދާ ދަތުރުތައް އަލުން ފަށައިފިއެވެ. އެ ގައުމާ ރާއްޖެއާ ދެމެދު ދަތުރު ކުރާނީ އެއާ އަސްތާނާ އިންނެވެ. މިއީ ކޯވިޑް-19ގެ ހާލަތަށް ފަހު އެ ގައުމުން ބައިނަލްއަގުވާމީ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ. އެގޮތުން 16 ގައުމަކަށަ ދަތުރު ކުރުމަށް އެ ގައުމުން ވަނީ ހުއްދަ ދީފައެވެ. ކުރިއަށް އޮތީ “ފެސްޓިވަލް” ސީޒަން ކަމަށްވާތީ ގިނަ ބަޔަކު ރާއްޖެއަށް އަންނަ ބޭނުންވެއެވެ. މިއީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދުވަސްވަރެވެ. ކަޒަކިސްތާނުން […]

އަޙްމަދު ވަހީދު
އުރީދޫ އާއި ސިޓީ ކައުންސިލް ގުޅިގެން މިއަދުގެ މެޗު ކާނިވާ ސަރަހައްދުގައި އަޅުވާނެ

އުރީދޫ އާއި ސިޓީ ކައުންސިލް ގުޅިގެން މިއަދުގެ މެޗު ކާނިވާ ސަރަހައްދުގައި އަޅުވާނެ

ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރު، އުރީދޫ މޯލްޑިވްސް އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކާނިވާ ސަރަހައްދުގައި މިއަދުގެ މެޗު ދައްކަން ނިންމައިފިއެވެ. ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މެޗު ބެލޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ. މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން އުރީދޫއާއި ގުޅިގެން ސާފް ޗެމްޕިއަންޝިޕް 2021 ގައި މިއަދު ހަވީރު ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗް އަލިމަސް ކާނިވަލް ގައި ބޮޑު ސްރީން އިން ބެލުމުގެ އިންތިޒާމް ވަނީ ހަމަ ޖެހިފައެވެ. […]

އަޙްމަދު ވަހީދު
އިންޑިއާ ވިސާ ހޯދުމަށް ހުރި ދަތިތަކަށް ވަރަށް އަވަހަށް ހައްލު ލިބޭނެ: ޝާހިދު

އިންޑިއާ ވިސާ ހޯދުމަށް ހުރި ދަތިތަކަށް ވަރަށް އަވަހަށް ހައްލު ލިބޭނެ: ޝާހިދު

ބޭސް ފަރުވާ ކުރުމަށް އިންޑިއާއަށް ދިއުމަށް ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމަށް ކުރިމަތިވަމުން އަންނަ ތަކުލީފުތައް އެނގިވަޑައިގަންނަވާކަމަށާއި، އެކަމަށް ވަރަށް އަވަހަށް ހައްލެއް ލިބޭނެ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝާހިދު ވިދާޅުވީ، ކޯވިޑްގެ ސަބަބުން އިންޑިއާ ބަންދުކޮށްފައި އޮތުމުން ދިވެހިންނަށް މިހާރު ވިސާ ދެމުން އަންނަނީ އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވާ ޚާއްސަ އުސޫލެއްގެ ދަށުން ކަމ...

އަޒްފާ ރަޝީދު
ރާއްޖެ-ލަންކާ މެޗް ބައްލަވަން ނަމާލް ރާއްޖޭ ވަޑައިގެންފި

ރާއްޖެ-ލަންކާ މެޗް ބައްލަވަން ނަމާލް ރާއްޖޭ ވަޑައިގެންފި

ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެއާއި ސްރީ ލަންކާ ބައްދަލުކުރާ މެޗު ބެއްލެވުމަށް ލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނާމަލް ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފިއެވެ. ނަމާލްއަކީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ދަރިކަލެކެވެ. ނަމާލް ރާއްޖެ ވަޑައިގަތީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މިއަދު ލަންކާ ކުޅޭ މެޗް ބެއްލެވުމަށްފަހު ނަމާލް މިރޭގެ ވަގުތެއްގައި ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއެވެ. ނަމަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ރާއްޖެ ވަޑައިގަތީ...

ހުސައިން ހަބީބް
މަހުލޫފްގެ ސަސްޕެންޝަން އުވާލައިފި

މަހުލޫފްގެ ސަސްޕެންޝަން އުވާލައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައާއި ތުހުމަތުވާތީ ދައުވާކޮށްދޭން ފޮނުވުމުން މަގާމުން ސަސްޕެންޑް ކުރި ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފްގެ ސަސްޕެންޝަން އުވައިލައިފިއެވެ. އެމްއެމްޕީއާރުސީގެ ބޮޑުޚިޔާނާއި ގުޅިގެން މިނިސްޓަރު މަޚްލޫފްގެ މައްޗަށް ދައުވާކޮށް ދިނުމަށްއެދި އޭސީސީން އެ މައްސަލަ ޕީޖީ އޮފީހަށް މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހު ފޮނުވުމުން، ޕީޖީން ގޮތެއް ނިންމެވުމާއި ހަމައަށް، ހަމައެދުވަހު ރައީސް ޞާލިޙް ވަނީ، މަޚްލޫފް މ...

އަލީ އާދިލް
ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް، ނ.ޢ.ޢ.ވ ހިޒް އެކްސެލެންސީ ޢަބްދުﷲ ޝާހިދު ފުރާވަޑައިގެންފި އެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، ދިވެހިރާއްޖެއަށް ކުރެއްވި 4 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތީ މިރޭގެ ވަގުތެއްގަ އެވެ. މި ދަތުރުފުޅުގެ ބައެއްގެ ގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއިއެކު ރަސްމީ ވާހަކަތައް ބާއްވަވާ، ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ބައިވ...

އަލީ އާދިލް
ހއ. ދިއްދޫ ރައީސް ބާއްވާ ހޭންޑް ބޯލް މުބާރާތް އަންނަމަހު، ޗެމްޕިއަން ޓީމަށް -/10،000

ހއ. ދިއްދޫ ރައީސް ބާއްވާ ހޭންޑް ބޯލް މުބާރާތް އަންނަމަހު، ޗެމްޕިއަން ޓީމަށް -/10،000

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބާއްވާ ހޭންޑް ބޯލް މުބާރާތް ނޮވެންބަރު މަހު ފެށުމަށް ތައްޔާރު ވެއްޖެ އެވެ. ދިއްދޫ ކައުންސިލްގެ ރައީސް ރަޝީދު ކުރައްވާފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ، އަންހެނުންނަށް ޚާއްސަކުރެވިގެން، ނޮވެންބަރު 5 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ “ދިއްދޫ ރައީސް ބާއްވާ 1 ވަނަ ހޭންޑްބޯލް މުބާރާތް 2021 ” ގައި ބައިވެރިވުމަށް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން، ބައިވެރިވާން ބޭނުންވާ ދިއްދޫގެ ޓީމު ތަކުން މި ހިނގާ އޮކްޓޫބަރު 28 ވާ […]

އަޙްމަދު އަރުޝަމް
ވޯޓުން ހޮވާފައި ހުންނަ މީހަކު ސްލޫކް ކޮމެޓީ މެދުވެރިކޮށް އެމްއެންޕީން ވަކި ނުކެރެވޭނެ: ރިޔާޟް

ވޯޓުން ހޮވާފައި ހުންނަ މީހަކު ސްލޫކް ކޮމެޓީ މެދުވެރިކޮށް އެމްއެންޕީން ވަކި ނުކެރެވޭނެ: ރިޔާޟް

މެންބަރުންގެ ސީދާ ވޯޓުން ހޮވާފައި ހުންނަ މީހަކު، ޕާޓީގެ ނުފޫޒު ގަދަ މީހެއްގެ ބާރުން، ސްލޫކް ކޮމެޓީ މެދުވެރިކޮށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ވަކި ނުކެރެވޭނެ ކަމަށް އެ ޕާޓީގެ އިންތިޤާލީ އެއް ނައިބު ރައީސް، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. އެމްއެންޕީ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވާ ރިޔާޟް މިހެން ވިދާޅުވީ، އެ ޕާޓީ އުފެއްދުމަށް ބޭއްވި ބައްދަލުވުން ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރިޔާޟް ވިދާޅުވީ، މީގެކުރިން އުފެދިފައިވ...

އަލީ އާދިލް
ކިނޮޅަސް ބަނދަރުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މާދަމާ ފަށާނެ: އެމްޓީސީސީ

ކިނޮޅަސް ބަނދަރުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މާދަމާ ފަށާނެ: އެމްޓީސީސީ

ރ. ކިނޮޅަހުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މާދަމާ ކިނޮޅަހުގެ ބަނދަރުގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކުރާނެއެވެ. ކިނޮޅަހުގެ ބަނދަރު ބެދުމުގެ ސަބަބުން އެ ރަށަށް އުޅަނދުފަހަރަށް ވަދެ ނުކުމެ ހަދަން ވަނީ ދަތިވެފައެވެ. މިކަމާ ގުޅިގެން އެ ރަށުގެ ރައްޔިތުން ވަނީ ވީހާވެސް އަވަހަށް މައްސަލަ ހައްލުކޮށްދިނުމަށް އެދި އަޑު އުފުލާފައެވެ. […]

އަޙްމަދު ވަހީދު