ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރު، އުރީދޫ މޯލްޑިވްސް އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކާނިވާ ސަރަހައްދުގައި މިއަދުގެ މެޗު ދައްކަން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މެޗު ބެލޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ.
މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން އުރީދޫއާއި ގުޅިގެން ސާފް ޗެމްޕިއަންޝިޕް 2021 ގައި މިއަދު ހަވީރު ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗް އަލިމަސް ކާނިވަލް ގައި ބޮޑު ސްރީން އިން ބެލުމުގެ އިންތިޒާމް ވަނީ ހަމަ ޖެހިފައެވެ. @MMuizzu #SAFFChampionship2021 #mageymahaldheeb pic.twitter.com/8Dwm1rM9zO
— Male' City Council (@MaleCitymv) October 10, 2021
މިއަދު ހަވީރު ރާއްޖެ އާއި ލަންކާ ކުޅޭ މެޗު އޮންނާނެއެވެ. މި މެޗު ފަށާނީ ހަވީރު 4:00ގައެވެ. މި މެޗު ފޯރިގަދަ ކުރުމަށް ލަންކާގެ ސްޕޯޓްސް އެންޑް ޔޫތު މިނިސްޓަރު ނަމަލް ރާޖަ ޕަކްސަވެސް ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
ކާނިވާ ސަރަހައްދަކީ ހަވީރު ވަގުތު ގިނަ ބަޔަކު ދާ ސަރަހައްދަކަށްވުމުން އެ ތަނުގައި މެޗު ބެލޭނެ އިންތިޒާމު ހަމަޖެއްސުމުން ގިނަ ބަޔަކަށް އެ ފުރުސަތު ލިބޭނެއެވެ. މ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!