އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ޕެޓިޝަނެއް އެމްއޭސީއެލް އަށް
އެއާ ޓްރެފިކް ކޮންޓްރޯލް ސާވިސަސް (އޭޓީސީ) ހިންގާ ގޮތާ މެދު ހިތްހަމަނުޖެހި އެކަންކަން ހައްލު ކުރުމަށް އެދި އެމްއޭސީއެލަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. “ތިލަދުން”އަށް އެނގިފައިވާ ގޮތުގައި މި ޕެޓިޝަން ހުށަހެޅީ އިއްޔެއެވެ. މި ޕެޓިޝަނުގައި 50 ކޮންޓްރޯލަރުން ވަނީ ސޮއި ކޮށްފައެވެ. މި ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި އެއާ ޓްރެފިކް ކޮންޓްރޯލަރުންނަކީ ޕައިލެޓުންނާއި އިންޖިނިއަރުންނާއި ސީމަނުންނާއި ޑޮކްޓަރުންގެ ގިންތީގައި ހިމެނޭ ބަޔަކަށްވާއިރު މުސާރައާ އެހެން އިނާޔަތްތައް ދިނުމުގައި އެ އުސޫލުތަކަށް އަމަލު...