ވިލާ ކޮލެޖުގައި ރިޒަވޭޝަން އެންޑް ޓިކެޓިން ކިޔަވާ ދަރިވަރުންނަށް އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން އިންޓާންޝިޕްގެ ފުރުސަތު ދޭން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިއަދު ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަރ ޑރ. އަހުމަދު އަންވަރެވެ. އަދި އައިއޭއެސް ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާއެވެ.
މި އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖުން ކިޔަވާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުން ބޭނުންވާ ތަމްރީން ފޯރުކޮށްދޭނެއެވެ.
އައިއޭއެސްގެ ޑީއެމްޑީ ޖެނިފާ ވިދާޅުވީ މި އެއްބަސްވުމާއެކު އެ ކުންފުނިން ތަމްރީނާއި ތަޖުރިބާ ލިބޭ މަސައްކަތުގެ މާހައުލެއްގެ ތެރެއިން ދަރިވަރުންނަށް އެ ފުރުސަތު ދީ ބާރުވެރި ކުރުވާނެ ކަމަށެވެ. އަދި މި ދަރިވަރުންނަށް ވަޒީފާގެ ފުރުސަތުވެސް ފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މުސްތަގުބަލުގައި މި ދަރިވަރުން ވާނީ ގައުމީ އެއާލައިންގެ ވަޒީފާތަކަށް ފުރުސަތު ލިބިގެންދާނެ ދަރިވަރުންނަށް. އަދި ހަމަ މިއާ އެކު އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކަށްވީ އޭވިއޭޝަން ދާއިރާގެ އާއްމު ތަމްރީނުގެ އިތުރުން ޓެކްނިކަލް ތަމްރީނުގެ ފުރުސަތު ވެސް ފަހި ކޮށްދިނުން،" ޖެނިފާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!