ހަންޏާމީދޫ ބަނދަރުގެ ބޮޑުބައި ނިމިއްޖެ
އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިމް ބުނިގޮތުގައި މި މަސައްކަތުގެ 53 އިންސައްތަ ވަނީ ނިމިފައެވެ. އަދި އެއްގަމުތޮށި ލުމަށްޓަކައި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 266 މީޓަރުގެ އެއްގަމުތޮއްޓެއް ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 160 މީޓަރުގެ ރިވެޓްމެންޓް...