ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު، ޙުސައިން ވަޙީދު އަވަހާރަވެއްޖެ އެވެ.
ޙުސައިން ވަޙީދު އަވަހާރަވީ މިރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮންނެވެ.
އޭޑިކޭގައި މިވަގުތު ހުރި ޙުސައިން ވަޙީދުގެ ވަރަށް ގާތް ރަހްމަތްތެރިއަކު މިނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވީ ހުސައިން ވަހީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިރޭ 1:24 ހާއިރު ކަމަށެވެ. ހާލުކޮޅު ގޯސްވެގެން އޭޑީކޭގައި ފަރުވާ ހޯއްދަތާ ދެ ހަފުތާއެއްހާ ދުވަސްވެފައިވެ އެވެ.
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރައްވާށި . އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި !
ޙުސައިން ވަޙީދު އަވަހާރަވިއިރު، އަނތްބަކާއި ފިރިހެން ބޭފުޅަކާއި އަންހެން ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. ވޭތުވެދިޔަ އަހަރެއްހާދުވަހު ޙުސައިން ވަޙީދު އުޅުއްވީ އާލާސްކަންފުޅާ އެވެ. މިދިޔަ އަހަރުގެ ބޮޑު ބައެއް ހޭދަ ކުރެއްވީ ބޭރު ގައުމެއްގައި ބޭސްފަރުވާއަށެވެ. އެގޮތުން ހުސައިން ވަނީ ދުބާއީގައި އަހަރު ދުވަސް ފަރުވާގައި ހޭދަ ކުރައްވާފައެވެ.
ފަރުވާ އަށްފަހު ހުސައިން ވަހީދު މަޖިލީހުގެ ޖަލްސާތަކުގައި މިއަހަރު އައީ ކޮންމެވެސް ވަރަކަށް ބައިވެރިވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި ހުސައިން ވަހީދު ވަނީ ކޮމަންޑޫ ދާއިރާ އަށް މީގެ ކުރިންވެސް އިންތިހާބު ވެފައެވެ.
ހުސެންއަކީ ށ. ފޯކައިދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!