މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,427 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1490 ވަނަ ޞަފްޙާ

އެތުލެޓިކޯ ބަލިކޮށް ރެއާލް މެޑްރިޑް ހަމަޖެހިލައިފި

އެތުލެޓިކޯ ބަލިކޮށް ރެއާލް މެޑްރިޑް ހަމަޖެހިލައިފި

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަމަޖެހިލައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި ސީޒަންގައި ކާލޯ އެންޗެލޯޓީގެ އިރުޝާދުގެ ދަށުން ރެއާލުން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ލީގުގައި އެ ޓީމުން އެންމެ ފަހުން ކުޅުނު ދިހަ މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. މެޗުގައި […]

އިބްރާހިމް ޚަލީލް
"ދުނިޔެމަތީގައިވެސް ރަނގަޅު ގޮތްތައް މެދުވެރިވާނީ އެއް ބަޔަކު އަނެއް ބަޔަކަށް އޯގާތެރިވި މިންވަރަކުން"

"ދުނިޔެމަތީގައިވެސް ރަނގަޅު ގޮތްތައް މެދުވެރިވާނީ އެއް ބަޔަކު އަނެއް ބަޔަކަށް އޯގާތެރިވި މިންވަރަކުން"

ދުނިޔެމަތީގައިވެސް ރަނގަޅު ގޮތްތައް މެދުވެރިވާނީ، އަޅުގަނޑުމެން އިންސާނުން، އެއް ބަޔަކު އަނެއް ބަޔަކަށް އޯގާތެރިވި މިންވަރަކުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި، އެޗް.އާރް.ސީ.އެމް.އަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުނ...

ޙުސައިން ޝަހުދީ
މަޑުއްވަރީ ދެކުނު ބަނދަރުގެ މަސައްކަތް ނިމެނީ

މަޑުއްވަރީ ދެކުނު ބަނދަރުގެ މަސައްކަތް ނިމެނީ

ރ. މަޑުއްވަރީ ދެކެނު ބަނދަރުގެ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 90 އިންސައްތަ މިހާތަނަށް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން 7,280 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 80،400 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 65,520 ކިއުބިކް މީޓަރުގެ ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 411 މީޓަރުގެ ބޭރުތޮށި ލުމާއި، 582 […]

އަޙްމަދު ވަހީދު
ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހުށަހަޅާފައި ނުވަނީ ހއ. އަތޮޅުގެ އެންމެ ކައުންސިލަކުން

ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހުށަހަޅާފައި ނުވަނީ ހއ. އަތޮޅުގެ އެންމެ ކައުންސިލަކުން

ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން (2026- 2022) ތައްޔާރުކޮށް ހއ. އަތޮޅުގެ 13 ރަށު ކައުންސިލަކުން ހުށަހަޅާފައިވާކަމަށް ހއ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ. ހއ. އަތޮޅުގައި ޖުމްލަ އޮންނަނީ މީހުން ދިރިއުޅޭ 14 ރަށެއްގެ 14 ލޯކަލް ކައުންސިލެވެ. ހއ. އަތޮޅު ކައުންސިލުން ނެރުއްވި ނޫސްބަޔާނެއްގައި ވަނީ ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން (2026- 2022) ތައްޔާރުކޮށް ހުށަހެޅުއްވި އެ އަތޮޅުގެ ކައުންސިލްތަކަށް މަރުޙަބާ ދަންނަވާފައެވެ. ދި...

ޔުމްނާ ޢަލީ
ރަސްމާދޫ ބަނދަރުގެ ބޮޑު ބައި ނިމިއްޖެ

ރަސްމާދޫ ބަނދަރުގެ ބޮޑު ބައި ނިމިއްޖެ

ރ. ރަސްމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަސައްކަތުގެ 74 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި އާ ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައި ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް 377 މީޓަރުގެ ބޭރުތޮއްޓެއް ލާނެއެވެ. އަދި 600 އަކަ މީޓަރުގެ ޕޭވްމަންޓެއް […]

އަޙްމަދު ވަހީދު
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބޮޑުތިލަދުންމަތިން 24 ޓީމް

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބޮޑުތިލަދުންމަތިން 24 ޓީމް

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބޮޑުތިލަދުންމަތީގެ ގިނަ ރަށްތަކަކުން ބައިވެރިވެއްޖެއެވެ. ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި އަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ހއ، ހދ އަދި ށ، މި ތިން އަތޮޅުން ޖުމްލަ 24 ރަށަކުން ވަނީ ބައިވެރިވެފައެވެ. […]

އިބްރާހިމް ޚަލީލް
ދިރާގުންވެސް ސިސްޓަމް އަޕްގްރޭޑް މަސައްކަތެއް ފަށައިފި

ދިރާގުންވެސް ސިސްޓަމް އަޕްގްރޭޑް މަސައްކަތެއް ފަށައިފި

ދިރާގުގެ މެއިންޓަރނެންސް 5 ރެއަށް ކުރިއަށް ގެންދިއުމަށް އެކުންފުނިން ނިންމައިފި އެވެ. އެކުންފުނިން މިރޭ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ސިސްޓަމް އަޕްގްރޭޑް މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވަނީ ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކްގެ ކަމަށެވެ. މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19,17,15,13 އަދި 21 ވަނަ ދުވަހުގެ 00:00 އިން 02:00 އަށް ކަމަށެވެ. “މި ގަޑިތަކުގެ ތެރޭގައި ބައެއް ކަސްޓަމަރުންގެ ޚިދުމަތް 5 މިނެޓުގެ ވަގުތުކޮޅަކަށް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް” އެކުންފުނިން ބުނެފައިވ...

އިބްރާހިމް އަސްވާޤް
އޮސަސޫނާ އަތުން ވެސް މޮޅުނުވެވި ބާސާއަށް ނުތަނަވަސްކަން

އޮސަސޫނާ އަތުން ވެސް މޮޅުނުވެވި ބާސާއަށް ނުތަނަވަސްކަން

ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާއާއި އޮސަސޫނާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. މި މެޗު އެއްވަރު ވުމުން ބާސާ އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އެ ޓީމަށް މޮޅެއް ލިބިފައިނުވެއެވެ. ލީގުގައި މި މަހުގެ ހަތަރުވަނަ ދުވަހު އަމިއްލަ ދަނޑުގައި ރެއާލް ބެޓިސްއަތުން ބަލިވިއިރު، ނިމިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް […]

އިބްރާހިމް ޚަލީލް
މިލަންދޫގެ ފެންހިންދާ ނިޒާމަށް ބޭނުންވާ ތަކެތި ގެންގޮއްސި

މިލަންދޫގެ ފެންހިންދާ ނިޒާމަށް ބޭނުންވާ ތަކެތި ގެންގޮއްސި

ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާއިރު ތާރު އެޅުމުގެ ކުރިން ގާއިމްކުރަން ޖެހޭ ފެންހިންދާ ނިޒާމު ގާއިމްކުރަން ބޭނުންވާ ތަކެތި އެރަށަށް ގެންގޮއްސި އެވެ. މިދިޔަ އަހަރު ޑިސެމްބަރ މަހު ފަށާފައިވާ މި މަޝްރޫޢު އަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ކުރިއަށް ގެންދާ މަސައްކަތެކެވެ. 156.4 މިލިއަން ރުފިޔާގެ މަޝްރޫޢު ދަށުން ޖުމްލަ 6.15 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިގެންދާނެ އެވެ. ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން މިލަންދޫ މަގުހެދުމުގެ […]

އައިޝަތު ނަސާޔާ
ވައިކަރަދޫގައި ބޭބީ ނާސަރީ އަދި ނާސަރީ އަށް ކިޔަވައިދޭން އަލުން ފަށަނީ

ވައިކަރަދޫގައި ބޭބީ ނާސަރީ އަދި ނާސަރީ އަށް ކިޔަވައިދޭން އަލުން ފަށަނީ

ހދ. ވައިކަރަދޫގައި ނާސަރީ އަދި ބޭބީ ނާސަރީ އަށް ކިޔަވައިދޭން ފަށަން ތައްޔާރު ވެއްޖެ އެވެ. ވައިކަރަދޫ ކައުންސިލުން މިއަދު ބުނެފައިވަނީ ނާސަރީ އަދި ބޭބީ ނާސަރީ ކްލާސްތައް ހިންގުމަށްޓަކައި ހދ. އަތޮޅު މަދަރުސާގެ ކްލާސްރޫމް ވަގުތީ ގޮތުން ބޭނުންކުރުމުގެ ހުއްދަ ވައިކަރަދޫ ކައުންސިލުގެ އިދާރާއަށް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާކަމަށެވެ. ހދ. އަތޮޅު މަދަރުސާގައި މިއަދު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ހދ. އަތޮޅު މަދަރުސާގެ ފަރާތުން ސޮއިކުރެއްވީ އެސުކޫލުގެ ޕްރިންސިޕަލް މުޙައްމަދު ހިލްމީ އެވ...

އަލީ އާދިލް
ހޯރަފުށީ އައިސްޕްލާންޓް ހުޅުވައިފި

ހޯރަފުށީ އައިސްޕްލާންޓް ހުޅުވައިފި

ހއ. ހޯރަފުށީގައި އަލަށް ގާއިމް ކުރެވުނު އައިސްޕްލާންޓް ހުޅުވައިފިއެވެ. ހޯރަފުށީ ކައުންސިލްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަޝްރޫޢު ކުރިއަށް ގެންގޮޮސްފައި ވަނީ އަމިއްލަ ވިޔަފާރިއެއް ކަމަށްވާ ޗަމްޕާ ބްރަދާސް ގެ އިސްވެރިޔާ މުހައްމަދު މޫސާ (އުއްޗު) ގެ ދީލަތި އެހީތެރިކަމާއި އެކު އެ ކައުންސިލާއި މިފްކޯ ގުޅިގެންނެވެ. އެރަށުގެ އައިސްޕްލާންޓް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. 4.2 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިމި މިއަދު […]

އައިޝަތު ނަސާޔާ
އުލިގަމުގައި ބާއްވާ "ދަ ގްރޭޓް މޯލްޑިވިއަން ބާބެކިއު" އަށް، ލޯގޯއާއި ޓީޝާޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

އުލިގަމުގައި ބާއްވާ "ދަ ގްރޭޓް މޯލްޑިވިއަން ބާބެކިއު" އަށް، ލޯގޯއާއި ޓީޝާޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ އުލިގަމުގައި އަހަރަކު ބާއްވަމުން އަންނަ “ދަ ގްރޭޓް މޯލްޑިވިއަން ބާބެކިއު” އަށް، ލޯގޯއާއި ޓީޝާޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. އުލިގަމު ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށުގައި ކޮންމެ އަހަރަކު ބާއްވަމުންދާ މަސް ފިހުމުގެ ބޮޑު ހަރަކާތުގައި ބޭނުން ކުރާ ޓީޝާޓްތަކާއި ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވާލެވިފައިވާކަމަށާއި، ލޯގޯ އާއި ޓީޝާޓް ފަރުމާ ކުރުމަ...

އައިޝަތު ނަސާޔާ
ރިޔާސީ އިންތިޚާބާއި ގުޅޭ ރިޕޯޓެއްކަމަށް ބުނެ ފަތުރަނީ ފޭކެއް، އެކަން ތަހުގީގު ކުރާން: ފުލުހުން

ރިޔާސީ އިންތިޚާބާއި ގުޅޭ ރިޕޯޓެއްކަމަށް ބުނެ ފަތުރަނީ ފޭކެއް، އެކަން ތަހުގީގު ކުރާން: ފުލުހުން

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅޭ ތަހުގީގު ރިޕޯޓެއްކަމަށް ބުނެ ފަތުރަނީ ފޭކެއްކަމަށާއި އެކަން ތަހުގީގު ކުރާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކާއި އެމައްސަލަތަކުގެ ތަހުގީގު ނިމިފައިވާގޮތުގެ ރިޕޯޓެއްކަމަށް ބުނެ އާންމުކޮށްފައިވާ ލިޔުމާ ގުޅޭގޮތުން  ފުލުހުންވަނީ މިއަދު ނެރުނު ނޫސް ބަޔާނެއް ނެރެފަ އެވެ. އެނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ފުލުހުންގެ ތ...

އިބްރާހިމް އަސްވާޤް
ނޭކުރެންދޫ އައުޓްޑޯ ޖިމް ހުޅުވައިފި

ނޭކުރެންދޫ އައުޓްޑޯ ޖިމް ހުޅުވައިފި

ހދ. ނޭކުރެންދޫގައި އައުޓްޑޯ ޖިމް ހުޅުވައިފިއެވެ. މި ޖިމް ހުޅުވާފައިވަނީ ބައިނަލްއަޤްވާމީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހާއި ގުޅުވައިގެން ނެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނޭކުރެންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ އާދަމް ވިދާޅުވީ މި ޖިމް ހުޅުވާފައިވަނީ އެރަށުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ޝާމިލް ކޮށްގެން ކަމަށެވެ. އެގޮތުން މިފަދަ ތަނެއް ހުޅުވުމުގެ އެންމެ ބޮޑު މަގްސަދަކީ ރަށުގެ ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް އެހީތެރިވުން ކަމަށް އަލީ އާދަމް ވިދާޅުވިއެވެ. މި...

އައިޝަތު ނަސާޔާ
އުރީދޫ އެމްފައިސާއިން ބިލު ދައްކައިގެން 10 އިންސައްތަ އަނބުރާ އެކައުންޓަށް

އުރީދޫ އެމްފައިސާއިން ބިލު ދައްކައިގެން 10 އިންސައްތަ އަނބުރާ އެކައުންޓަށް

އުރީދޫ އެމް ފައިސާއިން ބިލު ދައްކައިގެން 10 އިންސައްތަ އަނބުރާ އެކައުންޓަށް ލިބޭ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސް އިން ފަށައިފިއެވެ. މި ކޭޝްބެކް ޕްރޮމޯޝަނުގެ ދަށުން ރެސްޓޯރެންޓުތަކަށް ބައެއް ސުޕާމާޓުތަކުގެ ބިލު ދައްކާ ކަސްޓަމަރުންނަށް 10 އިންސައްތަ އަނބުރާ ލިބޭނެއެވެ. މީގެ ތެރޭގައި ސެމިލީސް އާއި ދަ ޑައިނާސް ކްލަބް އާއި ދަ ގްރޯވް އާއި ރެޑްވޭވް އާއި ވީބީ މާޓާއި ޑަބްލިއުއެޗްއައިއެމް ފަދަ ތަންތަން ހިމެނެއެވެ. ކަސްޓަމަރުންނަށް އަނބުރާ ލިބޭ ފައިސާ ޖަމާވާނީ އެމްފައިސާ އެކައުންޓަށެވެ. […]

އަޙްމަދު ވަހީދު
ފީއަލީ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ފީއަލީ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ފ. ފީއަލީ ބިން ހިއްކުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގެ 13.8 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި 1606 މީޓަރުގެ ރިވެޓްމަންޓު ޖަހައި ގްރޮއިން ޖަހާނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިއީ 66.85 މިލިއަން […]

އަޙްމަދު ވަހީދު
"އޮރެންޖް ދަ ވޯރލްޑް ކެންޓީން"ގެ ނަމުގައި ފީވަކުގައި ކެންޓީނެއް

"އޮރެންޖް ދަ ވޯރލްޑް ކެންޓީން"ގެ ނަމުގައި ފީވަކުގައި ކެންޓީނެއް

ގެވެށި އަނިޔާ އާ ދެކޮޅަށް ހިންގޭ ކެމްޕޭންގެ ދަށުން ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ކެންޓީނެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. “އޮރެންޖް ދަ ވޯރލްޑް ކެންޓީން”ގެ ނަމުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަންނަ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައެވެ. އެ ކޮމިޓިގެ ނައިބު ރައީސާ ފާތިމަތު ޝިފްނާ “ތިލަދުން”އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގޭގައި ހަދާ ކާބޯތަކެއްޗާއި މޭވާ ތަރުކާރީ ވެސް މި ކެންޓީނުގައި […]

އައިޝަތު ނަސާޔާ
އެމެރިކާގެ 6 ސްޓޭޓަކަށް ބާރުގަދަ ނަގޫރޯޅިތަކެއް އަރައި 80 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

އެމެރިކާގެ 6 ސްޓޭޓަކަށް ބާރުގަދަ ނަގޫރޯޅިތަކެއް އަރައި 80 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

އެމެރިކާގެ 6 ސްޓޭޓަކަށް ނަގޫރޯޅިތަކެއް އަރައި 80 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ. އެމެރިކާގެ މެދު ތެރޭގެ ސްޓޭޓްތަކަކަށާއި ދެކުނުގެ ބައެއް ސްޓޭޓްތަކަށް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އަރާފައިވާ ނަގޫރޯޅިތަކާއި ގުޅިގެން 80 އަށްވުރެ ގިނަ މީހުން މަރުވެގެން ރިޕޯޓްކޮށްފައިވާކަމަށް އެގައުމުގެ ކަމާބެހޭ އޮފިޝަލުން ހާމަކޮށްފައިވައެވެ. ބާރުގަދަ ނަގޫރޯޅިތަކުގެ ސަބަބުން އިމާރާތްތައް ވެއްޓި މަރުވެފައިވާ މީހުންގެ އަދަދުވެސް އިތުރުވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެފަރާތުން ހާމަކުރެއެވެ. އެންމެ ބޮޑަށް އަސަރ...

އަޒްފާ ރަޝީދު