ތިލަދުންމަތީ އުތުރު ބުރީ އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ.

އެކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލާފައި މިވަނީ އެންމެ ފަހުގެ އިއުލާނަށް މުއްދަތު ހަމަވެ އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅު ކޮށްފައި ނުވުމުންނެވެ.

Ad
rt

އެގޮތުން ކުރިން ކުރެވުނު އިއުލާނު ބާތިލް ކޮށް 3 ވަނަ ފަހަރަށް އެ ފުރުސަތު ހުޅުވާލާފައި މިވަނީ އަތޮޅުގެ ތެރެއިން ވެސް ބައިވެރިވެވޭނެ ގޮތަށެވެ.

އެ ކައުންސިލް އިދާރާއިން ވަނީ މި ލޯގޯ ފަރުމާ ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލޯގޯ ފަރުމާ ކޮށް އެ އިދާރާއަށް ހުށައެޅުމަށް އެދިވަޑައިގެންފައެވެ. ހުށައެޅުމަށް ހަމަޖެހިފައިވަނީ އެ އިދާރާގެ އީމެއިލް އެޑްރެސް info@halifatoll.gov.mv މެދުވެރިކޮށެވެ.

މީގެ އިތުރުން ލޯގޯ ގައި ހިމެނެން ޖެހޭ ބައިތައް ވެސް އެ އިއުލާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

އަދި އެއްވަނަ އަށް ހޮވޭ ލޯގޯ އަށް -/5000 ރުފިޔާގެ ފައިސާގެ އިނާމެއް އަތޮޅު ކައުންސިލްގެ ފަރާތުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.