ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު، ޙުސައިން ވަޙީދު މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބާއްވާން ހަމަޖެހިއްޖެއެވެ.
މެންބަރު ހުސައިންގެ މައްޗަށް ކުރެވޭ ކަށުނަމާދު ފުރަތަމަ ބާއްވަން ނިންމީ އާސަހަރާ މިސްކިތުގައެވެ.
ޙުސައިން އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ. ޙުސައިންގެ ވަރަށް ގާތް ރަހްމަތްތެރިއަކު އޭޑީކޭގައި ހުރެ ރޭ "ތިލަދުން"އަށް މަޢުލޫމާތު ދީފައިވާގޮތުގައި ހުސައިން އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ 1:24 ހާއިރު އެވެ. ހާލުކޮޅު ގޯސްވެގެން އޭޑީކޭގައި ފަރުވާ ހޯއްދަތާ ދެ ހަފުތާއެއްހާ ދުވަސްވެފައިވެ އެވެ.

އަވަހާރަވި އިރު ހުސައިންގެ އުމުރުފުޅަކީ 53 އަހަރެވެ. އޭނާގެ އަނބިކަނބަލަކާއި، ފިރިހެން ބޭފުޅަކާއި އަންހެން ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.
ވޭތުވެދިޔަ އަހަރެއްހާދުވަހު ޙުސައިން އުޅުއްވީ އާލާސްކަންފުޅާ އެވެ. މިދިޔަ އަހަރުގެ ބޮޑު ބައެއް ހޭދަ ކުރެއްވީ ބޭރު ގައުމެއްގައި ބޭސްފަރުވާއަށެވެ. އެގޮތުން ހުސައިން ވަނީ ދުބާއީގައި އަހަރު ދުވަސް ފަރުވާގައި ހޭދަ ކުރައްވާފައެވެ.
ކޮމަންޑޫ ދާއިރާގެ މަޖިލިސް މެމްބަރު، ޙުސައިން ވަޙީދު އަވަހާރަވެއްޖެ
ހުސައިން އަކީ ވަރަށް ދީލަތި، މީހުންނާއި ވަރަށްގުޅުންބާވާ ހިތް ހެޔޮ ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ވެސް ހުސެން ވަނީ އެއް ދައުރު ފުރުއްވާފައެވެ. އެ ފަހަރުވެސް އޭނާ ތަމްސީލް ކުރަށްވާފައިވަނީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ކޮމަންޑޫ ދާއިރާއެވެ.
ހުސެންއަކީ ށ. ފޯކައިދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!