މަރާމާތުކުރުމުގެ މަސައްކަތެއް ކުރިއަށްދާތީ މާލޭގެ ބައެއް ސަރަހައްދުތަކަށް ފެނުގެ ޕްރެޝަރު ދަށްވެދާނެ ކަމަށް ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބުނެފިއެވެ. އެ ކުންފުނިން ބުނީ މަސައްލަކަތް ކުރަނީ މާލޭގެ މެއިން ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކަމަށެވެ. އެހެންވެ، ބައެއް ސަރަހައްދުތަކުގެ ގެތަކަށް ފެނުގެ ޕްރެޝަރު ދަށްވެދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި މަސައްކަތް ވީހާވެސް އަވަހަށް ނިންމައި ހިދުމަތް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ. އެ ކުންފުނިން ވ...
އަޙްމަދު ވަހީދު
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ 34 ޕްރިޒަން އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން މިއަދު ދީފިއެވެ. ކަރެކްޝަނަލް ސާވިސްއިން ވިދާޅުވި ގޮތުގައި އެ އިދާރާގެ އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދީފައިވަނީ މާފުށީ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ލިބުނު ކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒ...
ޝިއުނާ އާދަމް
ހއ.އުލިގަމުގައި ބާއްވާ “ދަ ގްރޭޓް މޯލްޑިވިއަން ބާބެކިއު” 01 ޖަނަވަރީ 2022 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އުލިގަމުގެ ކުދިބޮޑު އެންމެން ޖަމާވެ ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްފިހުމުގެ މި ހަރަކާތަކީ އެ ރަށުގެ ސަޤާފަތާއި ގުޅިފައިވާ ޚަރަކާތެކެވެ. މި ހަރަކާތް ހިންގޭ ދުވަސްވަރު ބައެއް އަހަރުތަކުގައި ތަފާތުވީ ނަމަވެސް، މި ހަރަކާތް އާންމުގޮތެއްގައި ބާއްވަމުން އައިސްފައިވަނީ ސައްވާލު މަހުގެ ހަ ރޯދަ ނިންމުމާއި ގުޅިގެންނެވެ. މި ހަރަކާތާއި ގުޅޭގޮތުން […]
އިބްރާހިމް ޚަލީލް
ފްރާންސް އިން ޕެރިސްގެ ބޭރުގެ ސަރަޚައްދެއްގައި އިލެކްޓްރިކް އެއާ ޓެކްސީގެ އަޖުމަ ބަލައި ކުރިއަށް އޮތް އޮލިމްޕިކް ގޭމްސްގައި ބޭންނުންކުރާނެ ފްލައިންގ ޓެކްސީ ރޫޓެއް ތައްޔާރުކުރުމަށް ތައްޔާރުވާކަމަށް ހާމަކޮށްފިއެވެ. އެއިރޯ ޕޯޓްސް ދި ޕެރިސްއިން ހާމަކޮށްފައިވާ ގޮތުގައި އޮލިޕްޕިކްސްގެ އެތްލީޓުންގެ ޚަރަކާތްތައް ދެއްކުމަށް ޕެރިސްގެ ބޮޑު ސިޓީގައި ދެ ރޫޓެއް ބޭނުންކުރުމަށް ނިންމާފައިވާކަމަށް ބުނެފައިވެއެވެ. އެއް ރޫޓަކީ ޗާލްސް ދި ގާލޭ އަދި ލެ ބަގެޓް އެއާޕޯޓްއާއި ގުޅުވައިދޭ ރޫޓެކެވެ. ދެވަނަ ރޫޓުން ގުޅިފައިވާ...
އަޒްފާ ރަޝީދު
ހުރިހާ ކާމިޔާބީއެއް ބިނާވެފައި ވަނީ ކަމަށް ޝައުޤުވެރިވާ ވަރެއްގެ މައްޗަށެވެ. ދިރިއުޅުމުގައި އެކި މަރުހަލާތަކުގައި، އެކި ހާލަތްތަކުގައި، އެކި ކަންކަމުގައި އަދި އެކި ވަގުތުތަކުގައި، އަޅުގަނޑުމެންގެ ޝައުޤުވެރިކަމުގެ މައްޗަށް ނުފޫޒު ފޯރުވާ ތަފާތު ކަންތައްތައް ހުރެއެވެ. އަދި ޝައުޤުވެރިކަން ބިނާވަނީ، އެކަމެއް ހާޞިލުކުރުމަށް ބޭނުންވާ މިންވަރުގެ މައްޗަށެވެ. އެހެނީ، ކާމިޔާބުކުރަން ބޭނުންވާ މިންވަރެއްގެ މައްޗަށެވެ. މި ބޭނުންވުން ގުޅެނީ ތިމާގެ ޤަބޫލުކުރުންތަކާއެވެ. މި ޤަބޫލުކުރުންތަކުގެ ސަބަބުން އުފެދި އިތ...
މުޙައްމަދު ޢިމްރާން
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުޅުވާލައިފިއެވެ. އެމްޑީޕީއިން ކުރި ޢިއުލާނެއްގައި ބުނީ، ކޮމަންޑޫ ދާއިރާ ޕާލިމަންޓަރީ ބައި އިލެކްޝަން ޕްރައިމަރީ މިހިނގާ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ. މި ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދު ހުޅުވާލާފައިވާއިރު، މި ބައި އިލެކްޝަން ގައި ވާދަކުރަން ބޭނުންވާ އެމްޑީޕީގެ މެމްބަރުން މަޤާމައް ކުރިމަތިލާންއެދޭ ފޯމް ފު...
ޔުމްނާ ޢަލީ
ސްޓޭޓް ޓްރޭޑިން އޯނައިޒޭޝަން (އެސްޓީއޯ) އިން ބާއްވާ ކުޑަކުދިންގެ ހަވީރު ފެށިގެން ކުރިއަށް އެބަދެއެވެ. މި ހަރަކާތް ފެށުނީ މިއަދު ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުގައެވެ. މި ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންނަށް ކަމުދާ ގިނަ ހަރަކާތްތައް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ސްނޭކް އެންޑް ލެޑާ އާއި ޕެނަލްޓީ ޝޫޓް އައުޓް އާއި ފޭސްޕެއިންޓް ފަދަ މަޖާ ހަރަކާތްތައް ހިމެނެއެވެ. #STOChildrensEvening #HappeningNow pic.twitter.com/czCUGOtAIX — STO (@stoplc) December 18, 2021 މީގެ އިތުރުން ކުޑަކުދިންގެ […]
އަޙްމަދު ވަހީދު
ގަތަރު އެއާވޭސް އިން ރާއްޖެއަށް ދަތުރު ކުރާތާ 20 އަހަރު ފުރުން ކުލަގަދަކޮށް ފާގަ ކޮށްފިއެވެ. މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ގަތަރުގެ ބޯޓަށް އެމްއޭސީއެލުން ވަނީ ފެނުގެ ސެލިއުޓާއެކު މަރުހަބާ ކިޔައިފައެވެ. އަދި މެހެމާނުންނަށް ބޮޑުބެރާއެކު މަރުހަބާ ކިޔައިފައިވާއިރު އަހަރީ ދުވަސް ފާހަގަ ކުރަން ކޭކެއް ވަނީ ފަޅައިފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދު މައުސޫމް އާއި އެއާޕޯޓާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިބްރާހިން ތޯހާ ބައިވެރިވެވަޑައިގެންނެވ...
އަޙްމަދު ވަހީދު
ފޯކައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކުރި ފަހާ ކޯސް އެރަށުގައި ފަށައިފިއެވެ. މިއީ އެ ކޮމެޓީއާއި އެރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ޖުމްލަ 23 ފަރާތަކުން ބައިވެރިވެފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ފެށި މިކޯހަކީ 25 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ކޯހެކެވެ. މި ކޯހުގެ މައުލޫމާތު ހިއްސާކުރަށްވަމުން ފޯކައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް މަރިޔަމް ލުއާ “ތިލަދުން”އަށް ވިދާޅުވީ، މި ކޯހަކީ، އެރަށުގެ އަންހެންވެރ...
ޝިއުނާ އާދަމް
އެއާބަސްއިން އޭ380 މަރުކާގެ މަތިންދާބޯޓުތައް އުފެއްދުން ހުއްޓާލައިފިއެވެ. މި ބޯޓުތައް އުފެއްދުން ހުއްޓާލީ އެއާލައިންތަކުގެ ތަރުހީބު ކުޑަވުމުންނެވެ. މިހާރުވެސް މި ބޯޓު ބޭނުން ކުރަނީ މަދު އެއާލައިނަކުންނެވެ. އެއާބަސް އޭ 380 ބޭނުން ކުރާ އެއާލައިންތަކުގެ ތެރޭގައި އެމިރޭޓްސް އެއާލައިން ހިމެނެއެވެ. އެ އެއާލައިނުން ވެސް ފަހުން ބުނީ މިއީ ގެންގުޅެން ދަތި ބޯޓުތަކެއް ކަމަށެވެ. އެގޮތުން ސާފު ކުރަން އުނދަގޫއިރު މެއިންޓެނެންސް ހަރަދުވެސް ބޮޑު ކަމަށް އެ އެއާލައިނުން ބުނެއެވެ. އެއާބަސް އިން މި ބޯޓުތައް […]
އަޙްމަދު ވަހީދު
ޓީމުން ބޭރު މީހުން ގަންޖުފަރާސް ލައްވާފައި ޓީީމަށް ގޭމު ކުޅެން އެރުވުމަކީ ކުޅިވަރުގެ ރޫހާ މުޅިން މުޑިއަރާ، ސުމެއްގެ ކަމެއްކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ޑރ. މައުސޫމް މިމޭރުމުން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައިއެވެ. ބެލެވޭ ގޮތުގައި އެ ޓްވީޓްގައި މިނިސްޓަރު މައުސޫމް އިޝާރާތް ކުރައްވާފައި ވަނީ މާލެ އަތޮޅު ގުރައިދޫގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕޭންގައި ބޭރުމީހެއް، އެ ކެމްޕޭންގެ ޓީޝާޓެއް ލައްވައިގެން ހުއްޓާ ފެންނަ ދައު...
އަލީ އާދިލް
އިސްލާމް ދީން އޮތް ޤައުމަކަށް ލާދީނިއްޔަތު ވުޖޫދު ވެއްޖެނަމަ އެންމެ ފުރަތަމަ ވެސް އެބަޔަކު ކޮކަޑި ލާނީ އިސްލާމީ ތަޢުލީމަށްކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، މިހާރު ކެމްޕެއިން ފައްޓަވާފައިވާ އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މިއަދު އަލްމަދަރަސަތުލް އިސްލާމިއްޔާ އަކީ މިރާއްޖޭގައި އިސްލާމީ ތަޢުލީމު އުނގަންނައި ދިނުމުގެމުހިއްމު އެއް ތަނބުކަމަށެވެ. އެމަދަރުސާއަކީ ދިވެހި މުޖުތަމަޢުގެ އަޚުލާޤާއި,...
އަލީ އާދިލް
ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ޅ. އޮޅުވެލިފުށީގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްލަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމާއި، ޅ. އަތޮޅު ކައުންސިލުގެ ރައީސް ޔާސީން އަބްދުﷲއާއި އޮޅިވެލިފުށީ ކައުންސިލުގެ ރައީސް މުހައްމަދު އާޒިމްއެވެ. މި މަޝްރޫއަށް ބޭނުންވާ ސާމ...
އަޙްމަދު ވަހީދު
މައިކްރޯ ސޮފްޓްގެ ބާނީ ބިލް ގޭޓްސް ބުނާ ގޮތުން ނަމަ، މިފެށޭ 2022 ގައި ކޮވިޑްގެ ބަލިމަޑުކަން ނިމުމަކަށް އައިސް ދުނިޔެ ނޯމަލްވާނެކަމަށް ލަފާކޮށްފިއެވެ. ދުނިޔެއަށް ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އައުމުގެ އަހަރުތަކެއް ކުރިން ބިލް ގޭޓްސްވަނީ ދުނިޔެ ބޮޑު ބަލިމަޑުކަމަކާއި ކުރިމަތިލާން އުޅޭ ކަމަށް ލަފާކޮށްފައެވެ. މައިކްރޯ ސޮފްޓްގެ ބާނީ އަދި ފިލަންތްރޮޕިސްޓް އޭނާގެ 2021 ވަނަ އަހަރުގެ ރިވިއުގައި ބުނެފައިވާ ގޮތުގައި މިއަހަރަކީ އޭނާއަށްވެސް އަދި މުޅި ދުނިޔޭގެ އެންމެނަށްވެސް ވަރަށް ދަތި އުނދަގޫ ކަންތައްތ...
އަޒްފާ ރަޝީދު
އަވަށްޓެރި އިންޑިއާއިން ދިވެހި ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ވަރަށް ބޮޑުކަމަށާއި، މި ހަގީގަތް ގަބޫލު ކުރާނަމަ “އިންޑިޔާ އައުޓެއް” ނުގޮވާނެ ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަނުން އިސްވެއޮވެ އަންނަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލާ “އިންޑިއާ މިލިޓަރީ އައުޓް” ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ. އެ ހަރަކާތަށް އިޝާރާތް ކުރައްވަމުން ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ފޮޓޯ ހ...
އަލީ އާދިލް
ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ބ. މާޅޮހު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗެއާމަން މުހައްމަދު އަބްދުﷲ އާއި ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހް އަދި މާޅޮހު ކައުންސިލް ރައީސް އަބްދުﷲ ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއަށް ބޭނުންވާ ސާމާނު...
އަޙްމަދު ވަހީދު
ހއ. ހޯރަފުށީ ކުލަބް ޖީއެސްގެ ވޮލީބޯލް ޓޯނަމެންޓް 2021، މިހިނގާ ޑިސެމްބަރ މަހުގެ 20 ވާ ހޯމަ ދުވަހު ފެށުމަށް އެ ކުލަބުން ތައްޔާރު ވެއްޖެއެވެ. މި މުބާރާތަކީ ހޯރަފުށީގެ ކުލަބް ޖަމްޢިއްޔާތަކާއި ސަރުކާރު އޮފީތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި، އަމިއްލަ ކުންފުނިތަކަށާއި، ވިޔަފާރިތަކަށް ހުޅުވާލައިގެން ހޯރަފުށީ ކުލަބް ޖީއެސްގެ ފަރާތުން ކުރިއަށް ގެންދާ މުބާރާތެކެވެ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވަނީ ބައިވެރި ވެފައެވެ. އެ ޓީމްތަކަކީ ހޯރަފުށީ ޕޮލިސްޓޭޝަން، ހޯރަފުށީ ފެނަކަ ބްރާންޗް، […]
އިބްރާހިމް ޚަލީލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ލޯފަން މީހުންނާއި ބައްދަލުކުރައްވައި އެބޭފުޅުންނަށް ދަތިވާކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ބައެއް ލޯފަން މީހުންނާއި، އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ އިތުރުން، އެންސްޕާގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ބައިވެރިން މައިގަނޑު ގޮތެއްގައި ފާހަގަކުރަ...
ޔުމްނާ ޢަލީ