މައިކްރޯ ސޮފްޓްގެ ބާނީ ބިލް ގޭޓްސް ބުނާ ގޮތުން ނަމަ، މިފެށޭ 2022 ގައި ކޮވިޑްގެ ބަލިމަޑުކަން ނިމުމަކަށް އައިސް ދުނިޔެ ނޯމަލްވާނެކަމަށް ލަފާކޮށްފިއެވެ.
ދުނިޔެއަށް ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އައުމުގެ އަހަރުތަކެއް ކުރިން ބިލް ގޭޓްސްވަނީ ދުނިޔެ ބޮޑު ބަލިމަޑުކަމަކާއި ކުރިމަތިލާން އުޅޭ ކަމަށް ލަފާކޮށްފައެވެ.
މައިކްރޯ ސޮފްޓްގެ ބާނީ އަދި ފިލަންތްރޮޕިސްޓް އޭނާގެ 2021 ވަނަ އަހަރުގެ ރިވިއުގައި ބުނެފައިވާ ގޮތުގައި މިއަހަރަކީ އޭނާއަށްވެސް އަދި މުޅި ދުނިޔޭގެ އެންމެނަށްވެސް ވަރަށް ދަތި އުނދަގޫ ކަންތައްތަކާއި ކުރިމަރިލާންޖެހުނު އަހަރެއްކަމުގައި ބުނެފައިވެއެވެ.
މިފާއިތުވެގެންދިޔަ 12 މަހުގެ ތެރޭގައި އޮންލައިންކޮށް ހުރިހާ މަސައްކަތެއް ކުރަން ޖެހުނުކަމާއި ނިއު ނޯމަލްއަކަށް މުޅި ދުނިޔޭގެ އެންމެ ގުޅިގެން މަސައްކަތްކުރި ގޮތުގެ ވާހަކަތައް ވަނީ ހިމަނާފައެވެ. ކޮވިޑްގެ އާ ވޭރިއަންޓްތައް ފެންނަމުން ދާ ދިއުމާއި ގުޅިގެން ކޮވިޑްގެ ބަލިމަޑުކަމާއި މެދު އަދިވެސް ވިސްނަން ޖެހޭކަމަށް ބުނެފައިވެއެވެ.
ނަމަވެސް އަންނަ 2022 ވަނަ އަހަރާއި އެކު ކޮވިޑްގެ ބަލިމަޑުކަން ފިލައިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.
ކޮވިޑްއާއި އެކު ނިއު ނޯމަލްއެއްގައި ދުނިޔޭގެ އެންމެން އުޅެން ޖެހިފައިވާއިރު، ކޮވިޑްއިން ރައްކާތެރިވުމަށް ދެމުންދާ ވެކްސިންތައް ފުރިހަމަކޮށް، މާސްކު އެޅުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަންޖެހޭކަމަށާއި، ކޮވިޑްއަކީ އަހަރެމެން އެންމެންނަށް އޮތް ބޮޑު ޗެލެންޖެއްކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!