ޤައުމީ ޚިދުމަތްތެރިޔާ، ކުރީގެ މިނިސްޓަރު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި މިރޭ ފަސްދާނުލައިފި އެވެ. އުމަރުޒާހިރު އަވަހާރަވީ ކޯވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޮސްޕިޓަލް ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދު މެންދުރުފަހު 14:02 ގައެވެ. އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލީ މިރޭ އިޝާ ނަމާދަށް ފަހު ގަލޮޅު ސަހަރާގަ އެވެ. އުމަރުޒާހިރުގެ މައްޗަށް ކުރެވުނު ކަށުނަމާދު އިމާމްވެ ކުރެއްވީ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ، ކުރީ...
ޔުމްނާ ޢަލީ
ފެނަކަ ކޯޕަރޭޝަނުން ނ. މިލަދޫގެ ސިއްހީ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މިލަދޫ ސިއްހީ މަރުކަޒަށް ހަދިޔާ ކުރީ ހަ އޭސީ އާއި ކޮމްޕިއުޓާ ސިސްޓަމެވެ. ފެނަކަ ސީ.އެސް.އާރ ގެ ދަށުން ، ނ. މިލަދޫ ސިއްޚީމަރުކަޒަށް ބޭނުންވާ 6 އެއަރކޮންޑިޝަނަރ އަދި 2 ކޮމްޕިއުޓަރ ސިސްޓަމް މިއަދުވަނީ ހަވާލު ކުރެވިފައި. މިލަދޫ ސިއްޚީމަރުކަޒުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަލްފާޟިލް އިލްޔާސް ޢަބްދުއްޞަމަދެވެ. #ޓީމްފެނަކަ pic.twitter.com/SGJ7NPyHU...
އަޙްމަދު ވަހީދު
ށ. ގޮއިދޫ ސްކޫލުގައި 08 ކުލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިކަމަށް ފުރުޞަތު ހުޅުވާލައި، މިނިސްޓްރީ އޮފް ފިނޭންސްއިން ކުރި ޢިއުލާނެއްގައި ބުނީީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ށ. ގޮއިދޫ ސްކޫލްގައި 8 ކްލާސްރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެން ކަމުން މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ފިނޭން މިނިސްޓްރީއިން ވަނ...
ޝިއުނާ އާދަމް
ޤައުމީ ޚިދުމަތްތެރިޔާ، ކުރީގެ މިނިސްޓަރު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކުރާގޮތަށް ހަމަޖެހިއްޖެއެވެ. އުމަރުޒާހިރު އަވަހާރަވީ ކޯވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޮސްޕިޓަލް ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދު މެންދުރުފަހު 14:02 ގައެވެ. ކޯވިޑްގެ އާލާސްކަންފުޅާއި ގުޅިގެން އެމަނިކުފާނު ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވަނީ މި މަހުގެ 12 ވަނަ ދ...
ޝިއުނާ އާދަމް
ކުޅުދުއްފުށީ ސިޓީގައި ސަރުކާރުން ގާއިމުކުރި ކޮމިއުނިޓީ ޖިމް މިއަދު ހުޅުވައިފިއެވެ. މި ޖިމަކީ މިނިސްޓްރި އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކޮމިއުނިޓީ ސެންޓަރުގައި ޤާއިމްކޮށްދީފައިވާ ޖިމެކެވެ. މި ޖިމް ހުޅުވައިދެއްވައި، މިކަމާގުޅިގެން ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ ކުޅިވަރު އަދި އިޖުތިމާއީ ޚިދުމަތްތެރިއެއްކަމަށް އަބޫބަކުރު ހުސެން (ޕެލޭ) އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހެމާނު ޕެލޭ ވަނ...
ޔުމްނާ ޢަލީ
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ކުރީގެ މިނިސްޓަރު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވެއްޖެއެވެ. އެމަނިކުފާނު އަވަހާރަވީ ކޯވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޮސްޕިޓަލް ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. ކޯވިޑްގެ އާލާސްކަންފުޅާއި ގުޅިގެން އެމަނިކުފާނު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 85 އަހަރެވެ. ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ހުޅުމާ...
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް)ގެ ޕީ.ޓީ.އޭ.ގެ ބޭފުޅުންނާއި ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ އެ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ޙައްލަކަށް ސަރުކާރުން ނިންމަވާފައި ވަނީ މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތ...
ޝިއުނާ އާދަމް
އެއިރަކު އޮންނަ ސަރުކާރަކުން ވަކި ގައުމަކަށް ބަރޯސާވުމަކީ ސިޔާސީ ލީޑަރުންގެ ބަލިކަށިކަން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިންތިޤާލީ އެއް ނައިބު ރައީސް، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. އިއްޔެ ކުރިއަށް ދިޔަ އެމްއެންޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރިޔާޟް ވިދާޅުވީ، “އިންޑިއާ އައުޓް” ކެމްޕޭން އެ ޕާޓީން ޤަބޫލު ނުކުރަށްވާކަމަށާއި، އެހެން ދަންނަވާ ބައިވަރު ސަބަބުތައް ވެސް އެބަހުރި ކަމަށެވެ. އެމްއެންޕީ ޤަބޫލުކުރަނީ އިންޑިއާއަކީ ވެސް ޗައި...
އަލީ އާދިލް
ހއ. ބާރަށުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި އެކުލަވާލާފައިވާ އުޞޫލަށް ރައްޔިތުންގެ ހިޔާލު ހޯދަން އެރަށު ކައުންސިލުން ފުރުޞަޠު ހުޅުވާލައިފިއެވެ. މިގޮތުން ބާރަށު ކައުންސިލުން ވިދާޅުވީ، އެރަށުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި އެ ކައުންސިލުން އެކުލަވާލާފައިވާ އުޞޫލަށް ރަތްޔިތުންގެ ހިޔާލާއި މަޝްވަރާ ބޭނުންވާ ކަމަށެވެ. މިގޮތުން އެ ކައުންސިލުން އާންމު ކުރަށްވާފައިވާ، ބާރަށުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި އެކުލަވާލާފައިވާ އުޞޫލަށް ހިޔާލުހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން 26 ޑިސެމްބަރު 2021 ވާ އާދިއް...
ޔުމްނާ ޢަލީ
ޕްލާސްޓިކުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ބިލެތްފަހި ކައުންސިލުން މަސައްކަތް ފަށައިފިއެވެ. މިގޮތުން މިހާރު ބިލެތްފަހީގައި ފަށާފައިވާ “ސާފު ބިލެތްފަހި” ކެމްޕެއިންގެ ދަށުން އެ ކައުންސިލުން ވަނީ އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް މަދުކުރުމަށް “ޕްލާސްޓިކް ނޫންގޮތެއް” މި ޝިއާރުގެދަށުން ހަރަކާތެއް ފަށާފައެވެ. ބިލެތްފަހި ކައުންސިލުން ވިދާޅުވީ އެރަށުގެ މުއައްސަސާތަކުގަައި ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލުމަކީ އެ ކައުންސިލްގެ އަމާޒ...
ޙުސައިން ޝަހުދީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެއްމެދު ޢިމާރާތުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ ރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް އެއްމެދު ޢިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކުރުމާއި، އެއްމެދު ޢިމާރާތްތަކުގައި ހިމެނޭ ޔުނިޓުތައް ގަނެވިއްކުމާއި މިލްކުކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އެއްމެދު ޢިމާރާތްތައް ބެލެހެއްޓުމާއި ބޭނުންކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ބިލެކެވެ. މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި، ރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް، އެއްމެދު ޢިމާރާތްތަކެއްގެ ގޮތުގައި ރަ...
ޝިއުނާ އާދަމް
ނޫސްވެރިންނަށް ހާއްސަ ދިވެހި ބަހުގެ ވޯރކްޝޮޕެއް ހިންގަން މޯލްޑިވްސް މީޑިއާކައުންސިލުން ނިންމައިފިއެވެ. މިއީ ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މީޑިއާކައުންސިލާއި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ، ދިވެހި ބަހުގެ ހާއްސަ ވޯރކްޝޮޕެކެވެ. މި ވޯރކްޝޮޕް ފެށުމަށް ނިންމާފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ފަސް ދުވަހުގެ މުއްދަތައް ހިންގާ މި ވޯރކްޝޮޕްއަކީ ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ޝަ...
ޔުމްނާ ޢަލީ
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ކުލަ އާއި ލޯގީ ބަދަލުކޮށް ކުންފުނި ރީބްރޭންޑް ކޮށްފިއެވެ. އެ ކުންފުނި ރީވްރޭބްޑް ކޮށްފައި މިވަނީ 21 އަހަރަށް ފަހު މިދިޔަ ހޮނިހިރު ދުވަހުއެވެ. އެސްޓީއޯގެ ސަބްސިޑިއާރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެފްއެސްއެމް ރީބްރޭންޑްކުރީ ކްރޮސްރޯޑްސްގައި ބޭއްވި ހަފުލާއެއްގައެވެ. މި ގެނައި ބަދަލާއެކު މިހާރު އެ ކުންފުނީގެ ކޯޕަރޭޓް ކުލަ އަކީ އޮރެންޖާއި ގަދަ ނުލެވެ. އޮރެންޖު ކުލައިން ހަކަތަ ރަމްޒުކޮށް ދޭއިރު، ނޫކުލައިން ރަމްޒުކޮށް ދެނީ ރާއްޖޭގެ ވަށައިގެން […]
އަޙްމަދު ވަހީދު
ފާއިތުވެގެން ދިޔަ ދެ އަހަރަކީ އެމްޓީސީސީގެ ތާރީހުގައި ވެސް އެންމެ ހަރަކާތްތެރި އަދި އެންމެ ކާމިޔާބު ދެ އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ އެމްޓީސީސީއަށް 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހެންވޭރު ދަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ސިޔާސަތަކީ ލާމަރުކަޒީ ތަރައްގީގެ ތެރެއިން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަސާސީ ހިދުމަތްތައް ގާއި...
އަޙްމަދު ވަހީދު
ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގައި ކުރިއަށް ގެންދިޔަ އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހުގެ ނިންމުމުގެ ރަސްމިއަޔާތު 16 ޑިސެމްބަރ 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ ނޮޅިވަރަންފަރު ސްކޫލުގައި ބާއްވާފައިވާއިރު، އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމްގެ ދެ ކަނބަލުންނެވެ. 20 ނޮވެމްބަރ 2021 އިން ފެށިގެން 15 ޑިސެމްބަރ 2021 ގެ ނިޔަލަށް ނޮޅިވަރަންފަރުގައި […]
އިބްރާހިމް ޚަލީލް
ހއ. ބާރަށުގައި ތިބި އިދިކޮޅު ޕްރޮގްރެސިވް ޕާޓީގެ ސަޕޯޓަރުން އިސްވެ، ރާއްޖޭގައި ތިބިކަމަށްބުނާ އިންޑިއާ ސިފައިން ބާލަން ގޮވާލައި އެރަށުގައި މިއަދު އިހުތިޖާޖުކޮށްފިއެވެ. މި އިހްތިޖާޖުގައި ބާރަށުގައި ތިބި ޕީޕީއެމް، ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ. “އިންޑިއާ މިލިޓަރީ އައުޓް” ޖަހާފައިވާ ޓީޝާޓްތައް ލައިގެން ކުރިއަށް ގެންދިޔަ މި އިހްތިޖާޖުގައި އިސްކޮށް ހުންނެވީ ބާރަށު ދާއިރާގެ ކުރީގެ މެންބަރު، ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާޙީމް ޝުޖާޢު އެވ...
އަލީ އާދިލް
ހދ. ނޮޅިވަރަމް ފެނަކަ އާ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ހއ. މާރަންދޫ ފެނަކަ އާ އޮފީސް އިމާރާތް، އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާ...
ޔުމްނާ ޢަލީ
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަ ކުރާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފި އެވެ. އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރަން ނިންމާފައިވާ ކަމަށެވެ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ނިންމާ އެމްއެންޕީއިން މިއަ...
އަލީ އާދިލް