އެއާބަސްއިން އޭ380 މަރުކާގެ މަތިންދާބޯޓުތައް އުފެއްދުން ހުއްޓާލައިފިއެވެ.
މި ބޯޓުތައް އުފެއްދުން ހުއްޓާލީ އެއާލައިންތަކުގެ ތަރުހީބު ކުޑަވުމުންނެވެ. މިހާރުވެސް މި ބޯޓު ބޭނުން ކުރަނީ މަދު އެއާލައިނަކުންނެވެ.
އެއާބަސް އޭ 380 ބޭނުން ކުރާ އެއާލައިންތަކުގެ ތެރޭގައި އެމިރޭޓްސް އެއާލައިން ހިމެނެއެވެ. އެ އެއާލައިނުން ވެސް ފަހުން ބުނީ މިއީ ގެންގުޅެން ދަތި ބޯޓުތަކެއް ކަމަށެވެ. އެގޮތުން ސާފު ކުރަން އުނދަގޫއިރު މެއިންޓެނެންސް ހަރަދުވެސް ބޮޑު ކަމަށް އެ އެއާލައިނުން ބުނެއެވެ.
އެއާބަސް އިން މި ބޯޓުތައް އުފައްދަން ފެށީ 1000 ބޯޓު އުފެއްދޭނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ 250 އޯޑަރު ކަމަށް އެ ކުންފުނިން ވަނީ ހާމަ ކޮށްފައެވެ. މީގެ ތެރެއިން 123 ބޯޓު ބޭނުން ކުރަނީ އެމިރޭޓްސް އެއާއިންނެވެ.
މި މަރުކާގެ ބޯޓުތަކަކީ އެއްފަހަރާ 500 މީހުންނަށް ދަތުރު ކުރެވޭ ބޯޓުތަކެވެ. އެއާލައިންތަކުން މި ބޯޓުތައް ބޭނުން ކުރަނީ ދުރު ރާސްތާ ދަތުރުތަކަށެވެ. ނަމަވެސް ހަރަދު ބޮޑުވުމުން ގިނަ އެއާލައިންތަކުން ބޭނުންވަނީ މެދު ފަންތީގެ ބޯޓުތަކެވެ.
އެއާބަސް އިންވެސް މިހާރު ޕްލޭން ކުރަނީ މެދު ފަންތީގެ ބޯޓު އުފެއްދުމަަށެވެ. މިކަމަށް ވަރަށް ބޮޑު ހަރަދެއް ދާނެއެވެ. އެއީ އޭ380 އުފައްދަން ހެދި އެސެމްބްލީ ޕްލާންޓްތައް ހުއްޓާލަން ޖެހުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!