ކ. މާފުށީ އަލަށް އިތުރުކުރެވުނު ބިމާއި ޕިކްނިކް އައިލެންޑް އެ ރަށު ކައުންސިލާ ހަވާލުކޮށްފިއެވެ. މި ދެ ތަން ކައުންސިލާ ހަވާލު ކުރީ އިއްޔެ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ކ. މާފުށީ ފަޅުގައި އަލަށް ހިއްކި ޕިކްނިކް އައިލެންޑުގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާއި، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަ...
އަޙްމަދު ވަހީދު
ހއ. ހޯރަފުށީ ފުޓުބޯޅަދަނޑުގައި ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ. މިގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހޯރަފުށީ ފުޓުބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ފުރުޞަޠު ހުޅުވާލާފައިވާ ކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅަންޖެހޭ ތާރީޚަކީ މިފެށޭ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ 10:30 އެވ...
އައިޝަތު ނަސާޔާ
އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)ގެ އެއް ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނައީމް އެ ޕާޓީން ވަކިވާން ހުށަހަޅުއްވައިފިއެވެ. އަދާލަތު ޕާޓީގައި އިސްކޮށް މަސައްކަތްކުރެއްވި މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޑރ. އަނާރާ ވަނީ އޭނާ އަދާލަތު ޕާޓީން ވަކިވާން ހުށަހަޅުއްވާފައިވާކަމަށް މިއަދު ވިދާޅުވެފައެވެ. އަދާލަތުން ވަކިވާން ހުށަހެޅުއްވިކަން ހާމަކުރަށްވާ، އެކަމަށް އެދި ހުށަހެޅުއްވި ސިޓީގައި ޑރ. އަނާރާ ވަނީ ވޭތުވި ދުވަސްތ...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ލެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލުކުރި މެޗު ލެސްޓާއިން ކާމިޔާބު ކޮށްފިއެވެ. ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ލިވަޕޫލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެ ޓީމްގެ އިތުބާރު ފޯވާޑް މުޙައްމަދު ޞަލާހް ފޮނުވާލި ޕެނަލްޓީ ލެސްޓާގެ ކީޕަރ ޝްމައިކަލް ވަނީ މަތަކޮށްފައެވެ. ޝްމައިކަލްގެ […]
އިބްރާހިމް ޚަލީލް
ގައުމީ އެއާލައިން، މޯލްޑިވިއަންއާ ގައުމީ ޔުނިވާސިޓީ ގުޅިގެން އުފެއްދި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ ހުޅުވައިފިއެވެ. މި ފްލަައިން ސްކޫލް ހުޅުއްވައިދެއްވީ މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ. އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާއި ގައުމީ ޔުނިވާސިޓީގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ނައިބު ރައީސް ފައިސަލް ނަސީމު ވ...
އަޙްމަދު ވަހީދު
ހެލްތް ޕްރޮފެޝަންގެ ފަންނީ ވަޒީފާތަކުގެ ކުރިއެރުން ލިބޭނެ ގޮތެއް ވެފައިނުވަނީ، ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ނެތުމުގެ ސަބަބުންކަމަށްވާތީ، ސިވިލް ކޯޓަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ. ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓަރާއި، މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ އޮނިގަނޑެއް ހަދާ ތަންފީޒު ކުރަމުން ނުގެންދާތީ ޞިއްޙީ ދާއިރާގެ މުވައްޒަފުންނަށް އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ޙައްޤ...
ޔުމްނާ ޢަލީ
ކ. މާފުށީގައި އަލަށް ހިއްކި ބިމުގެ ކަނެކްޝަން ބުރިޖު އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މާފުށީ ކައިރީގައި އަލަށް ހެދި ޕިކްނިކް އައިލެންޑުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މާފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރީވެސް އެމްޓީސީސީންނެވެ. އެ ކުންފުނިން ވަނީ 25 ހެ...
އަޙްމަދު ވަހީދު
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީން ބުނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 21:00 ގައިކަމަށެވެ. އެކަން ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ އިންތިޚާބާބެހޭ ޤައުމީ...
ޔުމްނާ ޢަލީ
އެމްޕީއެލްގެ ޕޯޓު ސޭފްޓީވީކްގެ ތެރެއިން ފުރަތަމަ ކުރިޔަށް ގެންދިޔަ “ސޭފްޓީ ކަލްޗަރ އަވެއަރނެސް ވޯރކްޝޮޕް” ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ވޯރކްޝޮޕް 36 ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ. އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު މަހުޖޫބުއެވެ. ހަފްތާއެއްގެ މުއްދަތަށް ކުރިޔަށް ގެންދާ ސޭފްޓީވީކްގެ ފުރަތަމަ ވޯރކްޝޮޕް ނިމިފައިވާއިރު، ހުރިހާ ބައިވެރިންނަށް ވެ...
އަޙްމަދު ވަހީދު
ދުނިޔޭގެ އެންމެ ރީތި ގުދުރަތީ އަޖައިބުތަކުގެ ތެރޭގައި މީރު އައިލެންޑް ރިސޯޓު ހިމެނިއްޖެއެވެ. މީރު އައިލެންޑް ހިމެނުނީ މި ލިސްޓުގެ ދެވަނައިގައެވެ. މިއީ މި ލިސްޓުގައި ހިމެނުނު ރާއްޖޭގެ ހަމައެކަނި ރިސޯޓެވެ. ރާއްޖޭގެ ހުރިހާ ރިސޯޓަކީވެސް ގިނަ ބައެއްގެ މަގުބޫލު ކަން ހޯދާފައިވާ ރިސޯޓުތަކެވެ. އެކި ރިސޯޓުތައް ދުނިޔޭގެ ތަފާތު ލިސްޓުތަކުން އަބަދުވެސް ޖާގަ ހޯދައެވެ. މީރު އައިލެންޑް ރިސޯޓަކީ މާލެ އަތޮޅުގައި ތަރައްގީ ކޮށްފައިވާ 284 ވިލާ ހުންނަ ރިސޯޓެކެވެ. މީގެ ތެރޭގައި ޖަކޫޒީ ވޯޓާ […]
އަޙްމަދު ވަހީދު
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަށް ދިވެހި ރައްޔިތުންނަށް އެއްވެސް އުންމީދެއް ނުދެވުނު ކަމަށާއި، އެ މަނިކުފާނުގެ ވައުދަކީ ވެސް އަދި މެނިފެސްޓޯ އަކީ ވެސް ބަދަލުހިފުމުގެ ރޫހާއި ނަފުރަތުން ފުރިގެންވާ “އިންޑިއާ އައުޓް” އެޖެންޑާކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނެފިއެވެ. އެމްޓީޑީން މިއަދު އާންމުކުރި ބަޔާނެއްގައި ވަނީ ރާއްޖެއާއި އިންޑިއާއި އޮތް ޒަމާންވީ ގުޅުންތަކުގެ މައްޗަށާއި، އެކަމުން އޮތް ފައިދާތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. އަދި އިދިކޮޅުން މިހާރު އިންޑިއާ މިލ...
އަލީ އާދިލް
އެމެރިކާގައި ކޯވިޑް-19 ޖެހޭ މީހުން ކަރަންޓީން ކުރާ މުއްދަތު ދަށް ކޮށްފިއެވެ. ސެންޓަފޯ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބޭރުގެ މީޑިއާތަކަށް ބުނީ އެމެރިކާގައި ކޯވިޑް ޖެހިގެން ކަރަންޓީން ވާ މުއްދަތު 5 ދުވަހަށް ދަށްކޮށްފައިވާ ކަމަށެވެ. އަދި ކޮންޓެކްޓްވާ މީހުންވެސް ކަރަންޓީން ވާން ޖެހޭ މުއްދަތު ދަށް ކުރަން ނިންމާފައިވާ ކަމަށް ސީޑީސީން ބުންޏެވެ. ސީޑީސީގެ އޮފިޝަލު ބުނީ މި ބަދަލު ގެނައީ ކޯވިޑް ފެތުރެނީ އަލާމާތްތައް ފެންނަތާ ދެތިން ދުވަހުގެ ތެރޭގައި […]
އަޙްމަދު ވަހީދު
ރާއްޖޭގެ އަމިއްލަ އެއާލައިނެއްކަމަށްވާ މަންތާ އެއާގެ، އެޕްރެންޓިސްޝިޕް ޕްރޮގްރާމް “މަންތާ ވިންގްސް” އިފްތިތާޙްކޮށްފިއެވެ. މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން އެމަނިކުފާނު ވަނީ “މަންތާ ވިންގްސް” ގެ ބައިވެރިނަންނަށް ލިޔުން ޙަވާލުކޮށްދެއްވާފައެވެ. މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ވައިގެ ދަތުރު ފަތުރުގެ ސިނާޢަތުގައި ހިމެނޭ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށާއި، ޒުވާނުން...
ޔުމްނާ ޢަލީ
މާލޭގެ ރައްޔިތުންގެ ހައްގުގައި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) މިހާރު އުވާލަންޖެހިފައިވާކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެޗްޑީސީއިން އިއްޔެ ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން ޢިއުލާންކޮށްފައެވެ. އެކަމާ ސިޓީ ކައުންސިލާއި މޭޔަރު ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މޭޔަރު ޑރ. މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ ރައްޔިތުންގެ ހައްގުގައި އެޗްޑީސީ މިހާރު އުވާލަންޖެހިފާ ވާކަމަށެވެ. އަދި މާލޭގެ ރައްޔިތުންގެ ހައްގުތަކަށް އޮ...
އަލީ އާދިލް
ތިލަފުށީގައި ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މަރުވީ ހަދަމުން ދިޔަ އިމާރާތެއްގެ ތިރީހަކަށް ފޫޓު މަތީގައި ހުރި ޖުންގެއްގެ މަތިން ތިރީ ފްލޯއަށް އެ މީހާ ފުންމާލުމުންނެވެ. އެމީހާ ތިރިއަށް ފުންމާލި ވަގުތު ސިމެންތި ފިލާ ފަޅައިގެންގޮސް ބިންމައްޗަށް ޖެހުނުކަމަށް މަންޒަރުދުއްމީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފަ ވެއެވެ. ފުލުހުންގެ ޚިދުމަތުން ބައެއް މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި ތިލަފުށީގައި އިމާރާތްކުރަމުން ދިޔަ...
އައިޝަތު ނަސާޔާ
ޕާލޭ ފޯ ދަ އޯޝަންސް އިން ރާއްޖޭގެ ހުރިހާ ސްކޫލް ތަކަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ޕާލޭ އެއާ ޗެލެންޖް އެކްޓިވިޓީ” ގައި ހދ. ނޮޅިވަރަންފަރު ސްކޫލަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަންފަރު ސްކޫލް ޕްރިންސިޕަލް އަލީ އަހްމަދު ވިދާޅުވީ ޕާލޭ އިން ކުރިއަަށް ގެންދާ މި ހަރަކާތުގައި ޓާގެޓްއެއްގެ ގޮތުގައި 3 މައިލް ސްޓޯންއެއް ކަނޑައަޅާފައިވާއިރު މުޅި ރާއްޖެއިން ވެސް 2 މައިލްސްޓޯން ހާސިލްވި 3 ސްކޫލްގެ ތެރެއިން އެއް […]
އައިޝަތު ނަސާޔާ
ދިވެހިންގެ ބޭންކް، ބީއެމްއެލް އަނެއްކާވެސް ޑައުންވެއްޖެއެވެ. މިދިޔަ މަހު އަޕްޑޭޓުތަކެއްގައި މައްސަލަ ދިމާވެ ގިނަ ފަހަރުމަތިން ވަނީ ހިދުމަތްތައް މެދުކެނޑިފައެވެ. މީގެ ސަބަބުން ގިނަ ބައެއްގެ ފާޑިކިޔުންވެސް ބޭންކަށް އަމާޒުވިއެވެ. ގިނަ ބަޔަކު ފާޑު ކިޔުމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ މައްސަލަ ހައްލުކޮށް މޮނިޓާ ކުރަމުން އަންނަ ކަމަށެވެ. ދެން ހިދުމަތެއް މެދުކެނޑޭނީ މެއިންޓެނެންސްގެ ކަމެއް ކުރާނަމަ ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތަށް މެދުކެނޑޭނަމަ ކުރިން އަންގާނެ ކަމަށްވެސ...
އަޙްމަދު ވަހީދު
އެސްޓީއޯ އިން ވިއްކާ ޕީޕަލްސް ޗޮއިސްގެ ބްރޭންޑުތައް ރާއްޖޭގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއަދު ހުޅުވާލި މި ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލާފައިވާއިރު އެސްޓީއޯއިން އަބަދުވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ވަރަށް މުހިންމު އިސްކަމެއް ދެއެވެ. އެސްޓީއޯއިން ބުނި ގޮތުގައި އެ ކުންފުނިން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފަސޭހަކަމާއެކީގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުން ކަމ...
އަޙްމަދު ވަހީދު