މިއަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެެރިން އަތުވެއްޖެއެވެ. 1.3 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައީ މިއަދު ހަވީރުއެވެ. އެއީ ރޯމޭނިއާގެ ރައްޔުތެއް ކަމަށްވާ ކޮންސްޓަންޓިން ސްޓެލިއަން އެމިލްއެވެ. ކޮންސްޓަންޓިންއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި ޓޫރިޒަމް މިނިސްޓްރީ އަދު، އިމިގްރޭޝަނާއި އެމްއޭސީއެލްގެ އޮފިޝަލުން ބައިވެރިވެވަޑައި...
އަޙްމަދު ވަހީދު
ހދ.ވައިކަރަދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ، ވައިކަރަދޫ ޔޫތު ކުލަބުން އިސް ނަގައިގެން “ވީވައިސީ ސްޕޯޓްސް އެކަޑަމީ” ގެ ނަމުގައި އެކަޑަމީއެއް 01 ޖަނަވަރީ 2022 ވާ ހޮނިހިރު ދުވަހު ފެށުމަށް ތައްޔާރު ވެއްޖެއެވެ. ވައިކަރަދޫގައި އެކި ކުޅިވަރުތަކުން މޮޅެތި ކުޅުންތެރިން އުފެއްދުމުގެ މަޤުޞަދުގައި ފަށާ މި އެކަޑަމީގައި ތިން ކުޅިވަރެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ފުޓްބޯޅައާއި ވޮލީބޯޅައިގެ އިތުރުން ހޭންޑްބޯޅައެވެ. މިވަގުތު ފުޓްބޯޅައާއި ވޮލީބޯޅަ ހާއްސަ ކޮށްފައ...
އިބްރާހިމް ޚަލީލް
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގުޅިގެން އުފައްދާ ފްލައިން ސްކޫލް މާދަމާ ހުޅުވަން ތައްޔާރުވެއްޖެއެވެ. މި ފްލައިން ސްކޫލަކީ ގައުމީ ޔުނިވާސިޓީއިން ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) ހަރަދު ކޮށްގެން އުފައްދާ ސްކޫލެކެވެ. މިއީ ގައުމީ ޔުނިވާސިޓީން ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކުރާ ޕްރޮޖެކްޓެކެވެ. ގައުމީ ޔުނިވާސިޓީމް ބުނެފައިވާ ގޮތުގައި އިންވެސްޓް ކުރާއިރު ރިސްކު އެސެސްމަންޓެއް ހަދާނެއެވެ. އަދި ރިކަވަރީ ފުރަތަމަ ކޮޅުގައި އުނދަގޫވި ނަމަވެ...
އަޙްމަދު ވަހީދު
ށ. އަތޮޅު ކައުންސިލުގެ ރުހުން ނެތް މީހެއް އެކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަނުކުރުމަށް، ސިވިލްސާވިސް ކޮމިޝަންއިން މަސައްކަތްކުރަމުންދާކަމަށް ބުނެ އެކަން ހައްލުކޮށްދިނުމަށް އެދި ށ. އަތޮޅު ކައުންސިލްގެ ގަރާރެއް ފާސްކޮށްފިއެވެ. މި ގަރާރު ފާސްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު އެ ކައުންސިލްގެ ބައްދަލުވުމުގައި، 11 މެންބަރުންގެ ވޯޓުންނެވެ. މި ގަރާރު ފާސްކުރަން ވަކިގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ. އެކައުންސިލުގައި ތިއްބަވަނީ 15 މެންބަރުންނެވެ. އެ ގަރާރ...
އަލީ އާދިލް
ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ 59 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް މިހާރުވަނީ ފަށައިފައެވެ. މި މަޝްރޫއުގެ ދަށުން 37,222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 209 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 286 މީޓަރުގެ އެއްގަމު ތޮއްޓެއް ލާނެއެވެ. އަދި 152މީޓަރުގ...
އަޙްމަދު ވަހީދު
އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ) ގެ ހުރިހާ މެމްބަރުން އުސްތިއުފާ ދެއްވައިފިއެވެ. މި ބޭފުޅުން އިސްތިއުފާ ދެއްވާފައި ވާކަން އޭސީސީއާއި ރައީސް އޮފީހުން ވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ. އޭސީސީގެ 5 މެމްބަރުންގެ ތެރެއިން 2 ބޭފުޅަކު ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންތައް ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ބެހޭ ކޮމިޓީން ފެށުމުން ކުރިން އިސްތިއުފާދެއްވާފައެވެ. އަދި ބާކީ ތިއްބެވި 3 ބޭފުޅުން ވަނީ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މި […]
އައިޝަތު ނަސާޔާ
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައުލީމު އުނގަންނައިދެމުން އަންނަ އަމިއްލަ ކޮލެޖެއްކަމަށްވާ އެވިޑް ކޮލެޖުން އެ ކޮލެޖުގެ 2020-2021 ވަނަ އަހަރުގެ ދަސްވެނިމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ދެ ދަންފަޅިއަކަށް ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު އޮތީ އިއްޔެ ހުޅުމާލޭގެ ހުރަވީ ސްކޫލްގައެވެ. ފުރަތަމަ ދަންފަޅި ޝަރަފްވެރިކޮށް ދެއްވާފައި ވަނީ ޑރ. ރަޝީދާ މުޙައްމަދު ދީދީއެވެ. ދެވަނަ ދަންފަޅި ކުރިއަށް ގެންގޮސްފައި ވަނީ ރޭގަނޑުއެވެ. މި ދަންފަޅީގެ ޝަރަފްވެރި މެޚްމާނަކީ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް...
ޝިއުނާ އާދަމް
އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީ އިން އަހަރީ ބަންދާ ގުޅިގެން “އިޔާ އެންޑް ސޭލް” އެއް ފަށައިފިއެވެ. މޫލީގެ މި ސޭލްގެ ދަށުން އެ ޕްލެޓްފޯމުގައި ވިއްކާ ޕްރޮޑަކްޓުތަކުން 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މޫލީ އިޔާ އެންޑް ސޭލް އަށް ޚާއްޞަ ސެކްޝަންއެއް އުރީދޫ އެޕް އަދި މޫލީ ވެބްސައިޓްގައި ފެންނާނެއެވެ. ސްމާޓް ފޯން އާއި ޑިޖިޓަލް އެހެނިހެން ގެޖެޓްސް މޫލީ އިޔާ އެންޑް ސޭލުން ލިބޭނެއެވެ. އުރީދޫ އެޕް މެދުވެރިކޮށް މޫލީ އިން […]
އަޙްމަދު ވަހީދު
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ވާދަ ނުކުރަން ނިންމައިފިއެވެ. އެމްޓީޑީން ބުނީ މިއަދު ބޭއްވުނު އެޕާޓީގެ ކައުންސިލު ބައްދަލުވުމުގައި، އެ ޕާޓީން މިވަގުތު އިންތިހާބެއްގައި ބައިވެރިވުމަށް ނުފެންނަ ކަމަށް ވަނީ ނިންމާފަކަމަށެވެ. އެ ޕާޓީން ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އެ ޕާޓީ އިން ހުޅުވާލުމުން، އެ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ކުރިމަތިލި އެ ޕާޓީގެ މެންބަރުންނަށް ޝުކުރު ދަންނަވާފައެވެ. އެމްޓީޑީއަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އިސ...
އަލީ އާދިލް
މިއީ ޤައުމީ މަޞްލަޙަތު އިސްކޮށް، އެންމެން އެއް ޢަޒުމެއްގައި، އެއް ވާނެއްގައި މަސައްކަތް ކުރަންވީ ވަގުތުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިފަދައިން ވިދާޅުވެފައިވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޞާލިޙް ވިދާޅުވީ، މިހާރު ތަޙައްމަލު ކުރަމުން މިދަނީ، ޤުދުރަތީ ބޮޑު ކާރިސާއެއް ނޫނަސް، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ. މިގޮތުން ކޯވ...
ޝިއުނާ އާދަމް
ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމު އިތުރު 106 ބޭފުޅަކަށް ދެއްވައިފިއެވެ. ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި އިތުރު 106 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ. މި އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައި...
އަލީ އާދިލް
ސިޔާސީ ދަހިވެތިކަމުގައި އަވައްޓެރި ޤައުމުތަކާއިމެދު ނަފުރަތު އުފައްދައި އެ ޤައުމުތަކާއި އެކު އޮތް ގުޅުން ހީނަރުވާފަދަ ނޭއްގާނީ އަމަލުތައް ނުކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)އިން ގޮވާލައިފިއެވެ. އެ ޕާޓީން މިހެން ގޮވައިލީ އިއްޔެ ފާހަގަކުރި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެން އާންމުކުރި ބަޔާނެއްގައެވެ. ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަމުންދަނީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގައިދިޔަ ވަރަށް ހިތާމަވެރި އަދި ބިރުވެރި ހާދިސާއެއް ކަމަށްވާ ސުނާމީ ކާރިސާއާ ގުޅި...
އަލީ އާދިލް
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ޢަބްދުލް ޙަންނާން އިދުރީސްގެ ކެނޑިޑެންސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ. ހަންނާނަކީ މި އިންތިޚާބުގައި ވާދަކުރުމަށް އީސީއަށް ފުރަތަމަ ފޯމް ހުށަހެޅި ފަރާތެވެ. އޭނާއަށް އެމްއެންޕީގެ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފައި ވަނީ އިއްޔެ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. ކޮމަންޑޫއަށް އުފަން، މިހާރު ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރައްވަމުން އަންނަ ހައްނާނަކީ ތައުލީމީ ދާއިރ...
ޔުމްނާ ޢަލީ
ކ. ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން އެއްގަމުތޮށި ލާން ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސްޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫއުގެ ދަށުން، އާ ހާބަ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 38 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 248 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 172 މީޓަރުގެ އެއްގަމުތޮށި ލުމާއި، ނެރު ބ...
އަޙްމަދު ވަހީދު
ހއ.ހޯރަފުށީ ކުލަބް ޖީއެސްގެ ވޮލީބޯލް ޓޯނަމެންޓް 2021 ގެ ޗެމްޕިއަންކަން ހޯރަފުށީ ޕޮލިސްޓޭޝަނުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވަނީ 26 ޑިސެމްބަރ 2021 ވީ އާދީއްތަ ދުވަހުގެ ރޭ ހޯރަފުށީ ސްޕޯޓްސް އެރީނާ ވޮލީ ކޯޓުގައެވެ. ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ހޯރަފުށީ ޕޮލިސްޓޭޝަންއާއި ހޯރަފުށީ ފެނަކަ ބްރާންޗްގެ ޓީމެވެ. މި މެޗު 3 ސެޓް 2 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ތަށި ހޯރަފުށީ ޕޮލިސް ޓީމުން ވަނީ އުފުލާލާފައެވެ. މެޗުގެ ސެޓްތައް […]
އިބްރާހިމް ޚަލީލް
ހިޔާގެ ފްލެޓްތަކުން ކުލި ދެއްކުން އިތުރު ތިން މަސް ދުވަހަށް ފަސްކޮށްދީފައިވާކަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ. މިކަން ޢިއުލާންކުރެއްވީ، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ސަރުކާރުން ބާއްވަމުން ގެންދާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ. ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ކަށަވަރުވި ގިނަ ބަޔަކު މިހާރު އެތަންތަނަށް ބަދަލުވުމުގެ މަސައްކަތް ފަށާފައިވާއިރު ގިނަ ޢާއިލާތަކުން ވަނީ އެތަންތަނަށް ބަދަލުވެސް ވެފައެވެ. އެ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ކުރުމ...
ޔުމްނާ ޢަލީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ޝޯޓުލިސްޓްކޮށްފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއަދު މި ފުރުސަތު ހުޅުވާލީ އިކޮނޮމިކް މިނިސްޓްރީންނެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރާނެއެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމ...
އަޙްމަދު ވަހީދު
ވެސްޓްޕާކު ބަސް ރޫޓު ވަގުތީ ގޮތުން 11 ދުވަސް ވަންދެން ބަދަލު ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި ބަދަލު ގެނައީ މި މަހުގެ 25ން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ވެސްޓްޕާކުން ފެށިގެން ރަސްފަންނާ ހަމައަށް ބޮޑުތަކުރުފާނު މަގު ބަންދު ވާނެތީ ކަމަށެވެ. މި މުއްދަތުގައި މަގު ބަންދު ކުރަނީ މިއަހަރު ބާއްވާ އެންމެ ބޮޑު ނައިޓްމާކެޓް ބޭއްވުމަށެވެ. މަގު ބަންދުކޮށްފައިވާ މުއްދަތުގައި، ވެސްޓްޕާކު/ހުޅުމާލެ […]
އަޙްމަދު ވަހީދު