ކ. މާފުށީގައި އަލަށް ހިއްކި ބިމުގެ ކަނެކްޝަން ބުރިޖު އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މާފުށީ ކައިރީގައި އަލަށް ހެދި ޕިކްނިކް އައިލެންޑުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
މާފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރީވެސް އެމްޓީސީސީންނެވެ. އެ ކުންފުނިން ވަނީ 25 ހެކްޓަރުގެ ބިން ހިއްކައި, 1100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކޮށްފައެވެ. މި މަސައްކަތް ނިންމާލީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން 147 މީޓަރު (450 ފޫޓު)ގެ ބުރިޖެއް އަޅާނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 35 މިލިއަން ރުފިޔާއަށެވެ.
މާފުށި ޕިކްނިކް އައިލެންޑް ވެސް މިއަދު ވަނީ އެ ރަށު ކައުންސިލާ ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!