މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޕޯޓް ސޭފްޓީ ވީކުގެ ދަށުން ކުރިއަށްގެންދިޔަ ‘ޕޯޓް ސޭފްޓީ ރަން’ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މިއީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ކުރިޔަށް ގެންދިޔަ ސޭފްޓީވީކްގެ އެންމެ ފަހު ހަރަކާތެވެ. މިއަދު ހެނދުނު ހުޅުމާލެ އިންޓަނޭޝަނަލް ޕޯޓުން ފެށި މި މި ދުވުމުގައު 100އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. މި ދުވުމުގައި އަންހެން ކެޓެގަރީ އަދި ފިރިހެން ކެޓަގެރީން އެއްވަނަ ދެވަނަ އަދި ތިންވަނަޔަށް […]
އަޙްމަދު ވަހީދު
ހދ.ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ޓީމްގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ “ބަދަހި ހިރަފުސް ކަޕް 2021” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވައިލްޓް ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައި ވަނީ 29 ޑިސެމްބަރ 2021 ވީ ބުދަ ދުވަހު ހަވީރު ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ދަނޑުގައެވެ. ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ވައިލެޓާއި ފެމެލީ ބޭކަރީއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމް އޮތީ […]
އިބްރާހިމް ޚަލީލް
މާދަމާ ފެށޭ 2022 ވަނަ އަހަރުގެ ތެރޭގައި ހދ. މަކުނުދޫ އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައިވާކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ހދ. މަކުނުދޫއަކީ އަތޮޅުގެ ރަށްތަކާއި ވަކިން ދުރުގައި އޮންނަ ގުދުރަތީގޮތުން ވަރަށް ރީތި ރަށެކެވެ. އަސާސީއެކިއެކި މުހުތާދުތައް ފުއްދުމަށާއި، އެކި ބޭނުންތަކުގައި ދުރު ކަނޑު ދަތުރެއް ކުރަންޖެހިފައިވުމީ ޒަމާނުއްސުރެ އެރަށުގެ ރައްޔިތުން އުފުލަމުން އަންނަ ތަކުލީފެކެވެ. މިކަމުގެ ސަބަބުން މިހާތަނަށް އެރަށުގެ...
ޝިއުނާ އާދަމް
ހއ. މޮޅަދޫ ދެކުނުގައި “ވަދުމަސްކަނދެއް” އިއްޔެ އަޅައިފިއެވެ. މަސްވެރިކަމާބެހޭ ވުޒާރާ، މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވަޒީރު، ޑރ. ހުސައިން ރަޝީދު ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅީ، އަޑިއަށް ފެތުނު ކަނދުގެ ބަދަލުގައި، އައު “ވަދުމަސްކަނދެއް” މޮޅަދޫގެ 1.5 މޭލު ދެކުނު ސަރަހައްދެއްގައި ފިޝަރީޒް މިނިސްޓްރީގެ ކަނދުފަތިޓީމުން އިއްޔެ ހަވީރު އަޅާފައިވާ ކަމަޑެވެ. މިކަނދުގައި ދަތުރުފަތުރު ކުރުމުގެ ސަލާމަތައްޓަކައި ލައިޓެއްވެސް ވަނީ ހަރުކޮށްފައި ކަމަށް މިނިސްޓަރު ޑރ. ހުސެން ވ...
ޔުމްނާ ޢަލީ
ހދ.ނޭކުރެންދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ބީ14 ސްޕޯޓްސް ފެސްޓިވަލް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މި ފެސްޓިވަލްގައި ޖުމްލަ ދެ ކުޅިވަރެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއީ ފިރިހެން ބޭފުޅުންނަށް ކުރިއަށް ގެންދިޔަ ބީ14 ފުޓްސަލް ކަޕުގެ އިތުރުން ކަނބަލުންނަށް ކުރިއަށް ގެންދިޔަ ބީ14 ހޭންޑްބޯލް ޓޯނަމެންޓެވެ. މި ފެސްޓިވަލް ފަށާފައި ވަނީ 24 ޑިސެމްބަރ 2021 ވީ ހުކުރު ދުވަހު ނޭކުރެންދޫ ފުޓްސަލް ދަނޑުގައެވެ. ފުޓްސަލް ކަޕްގެ ފައިނަލް މެޗު ކުޅެފައި ވަނީ […]
އިބްރާހިމް ޚަލީލް
ދިވެހިންގެ އުފެއްދުންތަައް ވިއްކުމަށް ޕްލެޓްފޯމެއް ގާއިމް ކުރުމަށް މޯލްޑިވްސް ޕޯސްޓުން އޮންލައިން ފިހާރައެއް ހުޅުވައިފިއެވެ. ކޮމިއުނިޓީ އޮންލަައިން ޝޮޕުގެ ނަމުގައި ހުޅުވި މި އޮންލައިން ފިހާރަ ހުޅުވީ އިއްޔެ ކުޅުދުއްފުށީ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އޮންލައިން ފިހާރަ ހުޅުއްވަައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝއުނާއެވެ. މި އޮންލައިން ފިހާރައަކީ ރަށްރަށުގައި އުފައްދާ ތަކެތި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްކުމުގެ...
އަޙްމަދު ވަހީދު
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ބާންލީ ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއް ވެސް ފެނިގެން ގޮސްފައި ވަނީ ފުރަތަމަ ހާފުގައެވެ. މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ފުރަތަމަ ލަނޑު އަށް ވަނަ މިނެޓުގައި ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މެކްޓޮމިނޭއެވެ. މެޗުގައި […]
އިބްރާހިމް ޚަލީލް
ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގާ އިންޖީނުގެތައް ހުރި ރަށްތަކުގައި، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ އެކަހެރި ކުރުމުގެ މަސައްކަތުގެ 99 އިންސައްތަ ހާސިލުކުރެވިފައިވާކަމަށް ފެނަކައިން ބުނެފިއެވެ. މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ އެކަހެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ. ފެނަކައިން ބުނީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރ...
އަލީ އާދިލް
ކޮމަންޑޫ ދާއިރާގެ ބައިލެކްޝަނަށް ކުރިމަތިލި ކެންޑިޑޭޓުންގެ މެދުގައި މިރޭ ގުރު ނަގައިފިއެވެ. އިންތިޚާބާބެހޭ މައި މަރުކަޒު، ބާ ޖަމާލުއްދީން ސްކޫލްގައި މިކަމަށް އޮތް ބައްދަލުވުމުގައި ނެގި ގުރުގައި ކެންޑިޑޭޓް ނަމްބަރު 1 ލިބުނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށެވެ. 2 އެއް ލިބުނީ ޕީޕީއެމް ކެންޑިޑޭޓު މޫސާ ފަޠުހީ އާދަމަށެވެ. އަދި 3 ލިބުނީ އެމްއެންޕީގެ ކެންޑިޑޭޓް ޙަންނާން އިދުރީސްއަށެވެ. އީސީން މިހާރު ވަނީ އެ އިންތިޚާބުގެ އޮބްޒާވަރުންނަށާއި، މޮނިޓަރިންނަށް ވުމުގެ ފުރުޞަތު ވެސް ހުޅުވާލައި، އެ […]
އިބްރާހިމް އަސްވާޤް
ހއ. އިހަވަންދޫއިން ކޮވިޑްއަށް ޕޮސިޓިވްވި ހައިރިސްކު މީހަކަށް، އެރަށު މަރުކަޒުގައި ފަރުވާދޭން ފަށައިފި އެވެ. އެރަށު އާމިނޯ ދިޔޯ ސިއްޙީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި އެރަށުން ކޮވިޑްއަށް ޕޮޒިޓިވް ވެފައިވާ މީހަކު ހާލު ގޯސްވުމުގެ ސަބަބުން މިހާރު ވަނީ އެމަރުކަޒުގައި ގާއިމް ކޮށްފައިވާ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާފައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާޙް މިނޫހަށް މަޢުލޫމާތުދެމުން ވިދާޅުވީ ހާލުދެރަވެ ފަރުވާދެމުން ދަނީ 91 އަހަރުގެ އަންހެނަކަށް ކަމަށެވެ. އިހަ...
އައިޝަތު ނަސާޔާ
ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ އަމަލީ މަސައްކަތް ފަށަން ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަސައްކަތް ފަށަން ސައިޓު މޮބިލައިޒް ކުރީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި، ރިވެޓްމަންޓް ޖެހުމާއި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 280 ދުވަހުގެ ތެރޭގައެވެ. މިއީ 18.25 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. މިވަގުތު ރާއްޖޭގެ އެކި ކަންކޮޅު...
އަޙްމަދު ވަހީދު
ހދ. ނޮޅިވަރަންފަރު ޕްރީސްކޫލް ހިންގާނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ. އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އެރަށު ޕްރީސްކޫލް ހިންގާދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ޖަނަވަރީ 04 ވާ އަންގާރަ ދުވަހުގެ 11:00 އަށް އެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފު ކުރުމަށް އެދިލައްވާ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2022 ޖަނަވަރީ 09 ވާ އާދިއްތަ ދުވަހުގ...
އައިޝަތު ނަސާޔާ
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލްމުހައިމިންމަގާމުން ވަކި ކޮށްފިއެވެ. އެ ބޭންކުން ވަނީ މިދިޔަ އޮކްޓޯބަރު މަހު އެހްތެޝާމް ސަސްޕެންޑު ކޮށްފައެވެ. އޭނާ ސަސްޕެންޑް ކުރީ ބޯޑަށް ނާންގާ ފައިސާތަކެއް ނެގުމުން ކަމަށް އަޑު ފެތުރުނު ނަމަވެސް މިކަމާ ގުޅޭގޮތުން އެ ބޭންކުން ވަކި އެއްޗެއް ބުނެފައި ނުވެއެވެ. އެމްއައިބީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިއްޔެ ބޭއްވި ބޯޑު ބައްދަލުވުމުގައު އެހްތެޝާމް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ […]
އަޙްމަދު ވަހީދު
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޕޯޓް ސޭފްޓީ ވީކުގެ ދަށުން ކުރިއަށްގެންދާ ދުވުން މާދަމާ ބާއްވަން ތައްޔާރުވެއްޖެއެވެ. މިއީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ކުރިޔަށް ގެންދާ ސޭފްޓީވީކްގެ އެންމެ ފަހު ހަރަކާތެވެ. މި ހަރަކާތް ކުރިއަށްދާނީ މާދަމާ ހުޅުމާލޭ އިންޓަނޭޝަނަލް ޕޯޓް ޓަމިނަލް ސަރަހައްދުގައެވެ. މާދަމާ ހެނދުނު 6:30ގައި ހުޅުމާލެ ޕޯޓު ސަރަހައްދުގައި ފަށާ މި ދުވުމުގައި މިހާތަނަށް 300ށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. މީގެ […]
އަޙްމަދު ވަހީދު
ހުޅުމާލޭގައި އިމާރާތް ކުރާ ފުލުހުންގެ ފްލެޓުތައް ނިންމަން ޕްލޭނިން މިނިސްޓްރީން ބަޔަކާ ހަވާލު ކޮށްފިއެވެ. އެ މިނިސްޓްރީން މި މަސައްކަތް ހަވާލު ކުރީ އަމީން ކޮންސްޓަރަކްޝަނާއެވެ. އެ ކުންފުންޏާ ހަވާލު ކުރީ ފްލެޓުތަކުގެ ނުނިމި ހުރި މަސައްކަތް ކުރުމަށެވެ. މި މަޝްރޫއު އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކުރީ 274.55 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ. ފުލުހުންގެ ޕޮލްކޯ ފްލެޓުތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސަސްގެ މުވައްޒަފުންނަށް އަމާޒުކޮށް އިމާރާތް ކުރާ ފްލެޓުތަކެކެ...
އަޙްމަދު ވަހީދު
ހއ. ފިއްލަދޫގެ ބޭރުގައި އޮންނަ “ދޮށިމަސްކަނދު” އަލުން އަޅައިފި އެވެ. ހއ އަތޮޅު ކައުންސިލުން ބުނެފައިވާ ގޮތުގައި އެރަށުގައި އަލުން ކަނދުފަތި އަޅާފައި މިވަނީ ރަށުގެ ބޭރުގައި ކުރިން އޮތް ކަނދުފަތި ކަނޑައިގެން ދިއުމުން އޭގެ ބަދަލުގައެވެ. އެގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އެރަށުގައި ކަނދުފަތި ގާއިމް ކޮށްފައި މިވަނީ އެރަށުގެ އިރުން 15 މޭލުގެ ބޭރުގައެވެ. މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން މިއަދު […]
އައިޝަތު ނަސާޔާ
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި 4 ދުވަހުގެ މި ނުރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަބަލުން ފަޒްނާ އަޙްމަދު ވަނީ މިދިޔަ ނޮވެމްބަރ މަހުވެސް ލަންކާއަށް ވަޑައިގެންފައެވެ. އެދަތުރުފުޅަކީ އެގައުމުގެ “ޕް...
އައިޝަތު ނަސާޔާ
ނ. މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ހަވާލުކުރީ ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއެވެ. އަދި ސްޓޯން ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އައްބާސް މުހައްމަދެވެ. މި އެއްބަސްވުމުގައި ސޮއި ކުރުމަށް ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމާއި ރައްޔ...
އަޙްމަދު ވަހީދު