ތިލަފުށީގައި ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މަރުވީ ހަދަމުން ދިޔަ އިމާރާތެއްގެ ތިރީހަކަށް ފޫޓު މަތީގައި ހުރި ޖުންގެއްގެ މަތިން ތިރީ ފްލޯއަށް އެ މީހާ ފުންމާލުމުންނެވެ.
އެމީހާ ތިރިއަށް ފުންމާލި ވަގުތު ސިމެންތި ފިލާ ފަޅައިގެންގޮސް ބިންމައްޗަށް ޖެހުނުކަމަށް މަންޒަރުދުއްމީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފަ ވެއެވެ.
ފުލުހުންގެ ޚިދުމަތުން ބައެއް މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި ތިލަފުށީގައި އިމާރާތްކުރަމުން ދިޔަ ތަނަކުން ވެއްޓި މަރުވީ ބަންގްލަދޭޝްއަށް ނިސްބަތްވާ 38 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ ހާދިސާގެ ރިޕޯޓް ހެނދުނު 9:30 ގައި ލިބުނު ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އައިޖީއެމްއެޗުން ބުނެފައިވާ ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!