މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,430 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1475 ވަނަ ޞަފްޙާ

ކޮމަންވެލްތު ގޭމްސްގެ ދަންމަރާއެކު ދިއްދޫއަށް އީދެއް

ކޮމަންވެލްތު ގޭމްސްގެ ދަންމަރާއެކު ދިއްދޫއަށް އީދެއް

ބަރމިންގހަމް ކޮމަންވެލްތް ގޭމްސްގައި ބޭނުންކުރާ ދަންމަރު (ބަރމިންގހަމް 2022- ކްއީންސް ބެޓްން) މިއަދު ހއ. ދިއްދޫއަށް ގެންދިޔުމާއެކު އެރަށުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. މި ދަންމަރަށް މަރުޙަބާ ކިޔުމަށް ދިއްދޫ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ދިއްދޫއަކީ މި ދަންމަރު ގެންދިޔަ ތިން ވަނަ ރަށެވެ. އިއްޔެ ހދ. ގެ ދެރަށް ކަމަށްވާ ނޮޅިވަރަންފަރު އަދި ނޮޅިވަރަމަށް ވެސް ވަނީ ދަންމަރު ގެންގޮސްފައެވެ. ރާއްޖެއަށް މި ދަންމަރު ގެނެސް، ރަސްމީކޮށް މަރުޙަބާ ކިޔާފައިވަނީ މިދިޔަ ޑިސެމްބަރު 29 ވަނަ […]

ޙުސައިން ޝަހުދީ
ބޭރަށް ފުރާ މީހުން އަތުން ޑިޕާޗާ ޓެކްސް ނަގަން ފަށައިފި

ބޭރަށް ފުރާ މީހުން އަތުން ޑިޕާޗާ ޓެކްސް ނަގަން ފަށައިފި

ރާއްޖޭން ބޭރަށް ދާ މީހުންގެ އަތުން އިއްޔެއިން ފެށިގެން ޑިޕާޗާ ޓެކްސް ނަގަން ފަށައިފިއެވެ. ޑިޕާޗާ ޓެކްސް އަކީ ކުރިން ނަގަމުން އައި އެއާޕޯޓް ސާވިސް ޓެކްސް ނެގުން ހުއްޓާލައި އޭގެ ބަދަލުގައި ނަގަން ފެށި ޓެކުހެކެވެ. މި ޓެކްސް ނެގުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ ޖުލައި މަހުގައެވެ. މި ޓެކްސް ގާނޫނުގައި ބުނެފައިވާގޮތުގައި އެއާޕޯޓް ސާވިސް ޗާޖު ނެގުން ހުއްޓާލާނީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އަދި ޑިޕާޗާ […]

އަޙްމަދު ވަހީދު
މަރޮށި ސިއްހީ މަރުކަޒުގެ ހިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި

މަރޮށި ސިއްހީ މަރުކަޒުގެ ހިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި

ށ. މަރޮށި ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފިއެވެ. މަރޮށި ސިއްހީ މަރުކަޒުން ވިދާޅުވީ، އެ މަރުކަޒުގައިގެ ދަރަޖަ 2 ސެޕްޓެމްބަރ 2021 ގައި 1 ވަނަ ދަރަޖައިން 2 ވަނަ ދަރަޖައަށް ބަދަލުވެފައިވާ ކަމަށެވެ. އެހެންކަމުން 01 ޖެނުއަރީ 2022 ން ފެށިގެން އެ މަރުކަޒު ވަނީ 16 ގަޑިއިރަށް ޚިދުމަތް ބަދަލު ކުރެވިފައިކަމަށް މަރޮށި ސިއްހީ މަރުކަޒުން ވިދާޅުވެއެވެ. މި ބަދަލާއެކު އެ މަރުކަޒުގެ ޑޮކްޓަރުންގެ ޑިއުޓީ ހަމަޖެހިފައި ވަނީ ހެނދުނު 8:00 […]

ޔުމްނާ ޢަލީ
ހުޅުމާލޭން ވިއްކަން ނިންމި ބިންތައް ގަނެވޭނީ ހަމައެކަނި މާލޭ ރަށްވެހިންނަށް: އެޗްޑީސީ

ހުޅުމާލޭން ވިއްކަން ނިންމި ބިންތައް ގަނެވޭނީ ހަމައެކަނި މާލޭ ރަށްވެހިންނަށް: އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ކަނޑައެޅި 60 ބިން ހަމައެކަނި މާލޭގެ ރައްވެހިންނަށް ގަނެވޭގޮތަށް އުސޫލަށް ބަދަލުގެނެސް އާންމުކޮށްފިއެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކުރިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން 18 އަހަރުން މަތީ ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްވެއްސަކަށް ވެސް ބިން ގަނެވެއެވެ. ނަމަވެސް އެޗްޑީސީން ވަނީ އެ އުސޫލަށް ބަދަލުގެނެސް މިހާރު އެ ބިންތައް ގަނެވޭނީ ހަމައެކަނި މާލޭ ރައްވެހިންނަށް ކަމަށް ކަނޑައަޅާފައެވެ. މި ބިންތައް ގަތުމުގެ ޝަރުޠުތައް: މާލޭގައި ރަޖިސްޓްރީވެ...

ޔުމްނާ ޢަލީ
ފޯކައިދޫގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ފޯކައިދޫގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ފޯކައިދޫގައި ވޭސްޓްމެނޭޖްމަންޓް ސެންޓަރެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު 02 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުން ފެށިގެން 9 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓްރީ ވުމާއި ފީ ބަލައިގަތުން ކުރިއަށް ދަނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 […]

އައިޝަތު ނަސާޔާ
ފަހުވަގުތު އާސެނަލް ބަލިކޮށް ސިޓީން ހިންދެމިލައިފި

ފަހުވަގުތު އާސެނަލް ބަލިކޮށް ސިޓީން ހިންދެމިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އާސެނަލްއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު، ސިޓީން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއް ވަނާގައި ފަރަގު ބޮޑު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ އާސެނަލުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. މެޗު ފަށައިގެން ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ ސިޓީންނެވެ. ސިޓީގެ ޑި ބްރޭނާ އާސެނަލްގެ އޭރިއާ ތެރެއަށް ހުރަސް […]

އިބްރާހިމް ޚަލީލް
ކޮމަންވެލްތު ގޭމްސްގެ ދަންމަރު ނޮޅިވަރަމަށް

ކޮމަންވެލްތު ގޭމްސްގެ ދަންމަރު ނޮޅިވަރަމަށް

ބަރމިންގހަމް ކޮމަންވެލްތް ގޭމްސްގައި ބޭނުންކުރާ ދަންމަރު (ބަރމިންގހަމް 2022- ކްއީންސް ބެޓްން) މިއަދު ހދ. ނޮޅިވަރަމަށް ވެސް ގެންގޮސްފިއެވެ. ފުރަތަމަ މި ދަންމަރު ގެންދިޔައީ ނޮޅިވަރަންފަރަށެވެ. އެއަށްފަހު މިއަދު ހަވީރު ހަތަރެއް ޖަހާކަށްހާއިރު މި ދަންމަރު ވަނީ ނޮޅިވަރަމަށް ގެންގޮސްފައެވެ. ކޮމަންވެލްތު ގޭމްސްގެ ދަންމަރު ހިފައިގެން އެރަށުގައި ކުރިއަށް ގެންދިޔަ ދުވުން ފެށީ އެ ރަށުގެ ބަނދަރުންނެވެ. އެ ދުވުން ނިންމާލީ އެރަށުގެ ސިއްހީ މަރުކަޒު ކައިރިއަށެވެ. ދަންމަރު ހިފައިގެން ދަތުރުކުރާ މޯލްޑިވްސް އޮލިމް...

ޙުސައިން ޝަހުދީ
ހޯމްސްޓޭ ޓޫރިޒަމް ފަށައި ފުރަތަމަ ފަތުރުވެރިންނަށް މަރުހަބާ ކިޔައިފި

ހޯމްސްޓޭ ޓޫރިޒަމް ފަށައި ފުރަތަމަ ފަތުރުވެރިންނަށް މަރުހަބާ ކިޔައިފި

ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް ފަށައި ފުރަތަަމަ ފަތުރުވެރިންނަށް މަރުހަބާ ކިޔައިފިއެވެ. އާ އަހަރާއެކު ހޯމް ސްޓޭ ޓޫރިޒަމް ފެށީ މިއަދުއެވެ. މި ކޮންސެޕްޓް އެންމެ ފުރަތަމަ ފެށީ މ. ދިއްގަރުގައެވެ. ދިއްގަރަށް މިއަދު ދިޔަ ފަތުރުވެރިންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ. މި ފަތުރުވެރިންގެ ގްރޫޕުގައި ބޭރުގެ ދެމަފިރިއަކާއި އދ. އިން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު ކެތެރިން ހިމެނިވަޑައިގަންނަވައެވެ. މިއަދުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ގެސްޓްހައުސް...

އަޙްމަދު ވަހީދު
އާ އަހަރާއެކު މުރައިދޫ ރައްޔިތުންނަށް އުފާވެރިކަން، ބަނދަރު ހަދާ ސާމާނު ރަށަށް!

އާ އަހަރާއެކު މުރައިދޫ ރައްޔިތުންނަށް އުފާވެރިކަން، ބަނދަރު ހަދާ ސާމާނު ރަށަށް!

ހއ. މުރައިދޫ ބަނދަރުގެ ބޮޑުކޮށް، އަޕްގްރޭޑް ކުރުމުގެ މަސައްކަތަކީ ގިނަ ދުވަސްތަކެއް ވަންދެން އެ ރަށުގެ ރައްޔިތުން ބޭނުންވެފައި އޮތް މަޝްރޫއެކެވެ. މި އިންތިޒާރަށް ނިމުން ގެނެސް މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިވަނީ މިއަދު ބަނދަރު ހަދަން ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފައެވެ. އާ އަހަރުގެ ފުރަތަމަ ދުވަހު މި މަސައްކަތް ފެށުމުގެ ޔަގީންކަން ލިބިގެންދިއުމަކީ މުޅި ރަށަށް ވެސް ލިބުނު ވަރަށް ބޮޑު ހަދިޔާއެކެވެ. މުރައިދޫ […]

އަޙްމަދު ވަހީދު
މޮނިޓަރިންގައި އޮތް އިހަވަންދޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

މޮނިޓަރިންގައި އޮތް އިހަވަންދޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

ކޯވިޑް-19ގެ ސަބަބުން ހއ. އިހަވަންދޫ މޮނިޓަރިން ހާލަތުގައި އޮތްއިރު، އެ އެރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅު އިތުރަށް ވަރުގަދަކޮށްފިއެވެ. އިހަަވަންދޫ މޮނިޓަރިން ހާލަތަށް އިއްޔެ ގެނެސްފައި މިވަނީ އެރަށުގެ ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ ކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ފިޔަވަޅުތައް އެޅުމަށް އީއޯސީ އިން ނިންމާފައިވާ ކަމަށްވެސް އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ. އެގޮތުން ރައ...

އައިޝަތު ނަސާޔާ
ކޮމަންވެލްތު ގޭމްސްގެ ދަންމަރަށް ނޮޅިވަރަންފަރުން ހޫނު މަރުޙަބާއެއް

ކޮމަންވެލްތު ގޭމްސްގެ ދަންމަރަށް ނޮޅިވަރަންފަރުން ހޫނު މަރުޙަބާއެއް

ބަރމިންގހަމް ކޮމަންވެލްތް ގޭމްސްގައި ބޭނުންކުރާ ދަންމަރު (ބަރމިންގހަމް 2022- ކްއީންސް ބެޓްން) މިއަދު ހދ. ނޮޅިވަރަންފަރަށް ގެންދެވިފައިވާއިރު އެރަށުން ހޫނު މަރުޙަބާއެއްކިޔައިފިއެވެ. ނޮޅިވަރަންފަރަކީ މި ދަންމަރު ގެންދެވުމުގެ ޝަރަފްލިބުނު އަތޮޅުތަކުގެ ފުރަތަމަ ރަށެވެ. ރާއްޖެއަށް މި ދަންމަރު ގެނެސް، ރަސްމީކޮށް މަރުޙަބާ ކިޔާފައިވަނީ މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހުއެވެ. ކޮމަންވެލްތު ގޭމްސްގެ ދަންމަރު ނޮޅިވަރަންފަރަށް ގެންދިޔައީ މިއަދު ހެނދުނު 10 ޖަހާކަށްހާއިރުއެވެ. އެ ހަރަކާތަށް ނޮޅިވަރަންފަރު ރައްޔި...

ޙުސައިން ޝަހުދީ
މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުޚަބާއެއް

މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުޚަބާއެއް

މިއަހަރު ދިވެހި ރާއްޖެއަށް ޒިޔާރަތްކުރި އެންމެ ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އިން ހޫނު މަރުޚަބާއެއް ކިޔައިފިއެވެ. މޯލްޑިވްސް މާރކެޓިން އެންޑް ޕީއާރު ކޯޕޮރޭޝަން އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ފުރުސަތު ލިބިވަޑައިގެންނެވި ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ގެ ޖޯޖީނާ ކެނިންގއެވެ. ޖޯޖީނާ ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނު 06:10 ގައެވެ. މިފަރާތަށް މަރުޚަބާ ދެންނެވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއ...

އައިޝަތު ނަސާޔާ
މިއަހަރު މާލޭގައި އެއް ލައްކަ ގަސް އިންދަން ޕްރޮގްރާމެއް ފަށައިފި

މިއަހަރު މާލޭގައި އެއް ލައްކަ ގަސް އިންދަން ޕްރޮގްރާމެއް ފަށައިފި

މިފެށުނު އަހަރުގެ ތެރޭގައި އެއް ލައްކަ ގަސް މާލޭގައި އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ، މި ޕްރޮގްރާމަކީ މާލެ ސިޓީ ފެހި ކުރުމުގެ ގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިސްނަންގަވައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މުއިއްޒު ވަނީ މިދިޔަ އަހަރު މޭ މަހުގެ ތެރޭގައި ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކައުންސިލްގެ އަމާޒަކީ ހަ މަސް ދުވަސް ތެރޭ ގަސް އިންދުމަށް ވާންޖެހޭ ތައްޔާރީތައް ނިންމުމަށް ފަހު، […]

އައިޝަތު ނަސާޔާ
ޓްރަމްޕް ތުޙުމަތު ކުރީ މަރުވެފައިވާ 5000 މީހުންގެ ނަމުގައި ވޯޓުލީކަމަށް، ސާބިތުވީ ހަތަރެއް

ޓްރަމްޕް ތުޙުމަތު ކުރީ މަރުވެފައިވާ 5000 މީހުންގެ ނަމުގައި ވޯޓުލީކަމަށް، ސާބިތުވީ ހަތަރެއް

އެމެރިކާގެ އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގައި މަރުވެފައިވާ 5000 މީހުންގެ ނަމުގައި ވޯޓުލާފައިވާކަމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރަމުން އައި ތުޙުމަތުތަކަށް ޖަވާބެއް ލިބިއްޖެ އެވެ. މަރުވެފައިވާ އެތައްބައެއްގެ ނަމުގައި 2020 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާފައިވާކަމަށް ބުނެ ޓްރަންޕުގެ ސަޕޯޓަރުން ކެނޑި ނޭޅި ހުށައަޅަމުން އަންނަ މައްސަލަތައް، އޭ.ޖީ އޮފީހުން ކުރި ތަހުގީގުތަކުން މަރުވެފައިވާ 4 މީހެއްގެ ނަމުގައި ވޯޓުލާފައިވާކަން ވަނީ ހާމަވެފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީމަހު...

އަޒްފާ ރަޝީދު
"ކޮމިއުނިޓީ އޮންލައިން ޝޮޕް"އަކީ ރާއްޖޭގެ ހުރިހާ އުފެއްދުންތެރިންގެ ކޮމިއުނިޓީ އޮންލައިން ފިހާރަ: ޝަފީޤް

"ކޮމިއުނިޓީ އޮންލައިން ޝޮޕް"އަކީ ރާއްޖޭގެ ހުރިހާ އުފެއްދުންތެރިންގެ ކޮމިއުނިޓީ އޮންލައިން ފިހާރަ: ޝަފީޤް

މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ޕްލެޓްފޯމްގައި ގާއިމުކުރެވިފައިވާ “ކޮމިއުނިޓީ އޮންލަައިން ޝޮޕް”އަކީ ރާއްޖޭގެ ހުރިހާ އުފެއްދުންތެރިންގެ ކޮމިއުނިޓީ އޮންލައިން ފިހާރަކަމަށް މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަފީޤް މުޙައްމަދު ވިދާޅުވެއްޖެ އެވެ. ޝަފީޤް މިހެން ވިދާޅުވީ، ދިވެހިންގެ އުފެއްދުންތަައް ވިއްކުމަށް ޕްލެޓްފޯމެއް ގާއިމް ކުރުމަށް މޯލްޑިވްސް ޕޯސްޓުން ގާއިމުކުރި އޮންލައިން ފިހާރަ އިފްތިތާޙް ކުރުމަށް ބުރާސްފަތި ދުވަހު ކުޅުދުއްފުށީ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވ...

ޙުސައިން ޝަހުދީ
"އާ އަހަރުގެ ޢަޒުމަކަށް ހަދަންވީ، އެމީހެއްގެ ފެންވަރުން ޤައުމުގެ ތަރައްޤީގައި ޢަމަލީގޮތުން ބައިވެރިވުން"

"އާ އަހަރުގެ ޢަޒުމަކަށް ހަދަންވީ، އެމީހެއްގެ ފެންވަރުން ޤައުމުގެ ތަރައްޤީގައި ޢަމަލީގޮތުން ބައިވެރިވުން"

މިފެށުނު 2022 ވަނަ އަހަރުގެ ޢަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް، އެމީހެއްގެ ފެންވަރުން ޤައުމުގެ ތަރައްޤީގައި ޢަމަލީގޮތުން ބައިވެރިވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިފަދައިން ވިދާޅުވެފައި ވަނީ 2022 ވަނަ އަހަރު ފެށުމާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ދެއްވެވި ތަޙުނިޔާގެ ޚިޠާބުގައެވެ. ރައީސް ޚިޠާބުގައި ވިދާޅުވީ، އަހަރަކަށް އަލްވަދާޢު ކިޔައި، އައު އަހަރަކަށް މަރުޙަބާ ކިޔާއިރު، ކޮންމެ މީހަކުމެ ކުރާ އުންމީދުތަކަކާއި، ދެކޭ ހުވެފެންތަކެއް...

ޝިއުނާ އާދަމް
ފޯކައިދޫގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ފޯކައިދޫގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ފޯކައިދޫގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި ކަމާއި ގުޅިގެން 30 ޑިސެމްބަރ 2021 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި މަސައްކަތަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށް ކަމަށެވެ. މި މަސައްކަތް ކޮށްދިނުމަށް އެދި ބީލަން ހުށަހަޅާ ފަރާތްތަކުން ނަން-ރިފަންޑަބަލް ފީއެއްގެ ގޮތުގައި 500 (ފަސްސަތޭކަ ރުފިޔާ) ގެ ދައްކަ...

އިބްރާހިމް ޚަލީލް
އުތީމު އަންހެނުން ކޮމެޓީގެ އާ އަހަރުގެ ހަދިޔާ، ކޮންމެ ގޭބިސީއަކަށް ކަލަންޑަރެއް

އުތީމު އަންހެނުން ކޮމެޓީގެ އާ އަހަރުގެ ހަދިޔާ، ކޮންމެ ގޭބިސީއަކަށް ކަލަންޑަރެއް

ހއ. އުތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީން، މި ފެށުނު އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގައި އުތީމުގެ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް އާ އަހަރުގެ ކަލަންޑަރެއް ހަދިޔާކޮށްފިއެވެ. މިގޮތުން އިއްޔެ ހަވީރު އެ ކޮމެޓީން ވަނީ އެރަށުގެ މީހުން ދިރިއުޅޭ 128 ގޭބިސީއަކަށް އާ އަހަރުގެ ކަލަންޑަރު ހަދިޔާ ކޮށްފައެވެ. މީގެއިތުރުން އެރަށުގެ ހަތަރު މިސްކިތަށާއި، ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އެރަށުގައި ހިންގަމުންދާ ޤުރުއާން ކިލާހަށް ވެސް އެ ކޮމެޓީން ވަނީ ކަލަންޑަރު ހަދިޔާކޮށްފައެވެ. އުތީމު […]

ޙުސައިން ޝަހުދީ