މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,430 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1473 ވަނަ ޞަފްޙާ

ލަންދޫ ބަނދަރު ރަސްމީކޮށް ހުޅުވައިފި

ލަންދޫ ބަނދަރު ރަސްމީކޮށް ހުޅުވައިފި

ނ. ލަންދޫ ބަނދަރު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. ލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. މި ރަސްމިއްޔާތުގައު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ލަންދޫ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި ލަންދޫ ބަނދަރުގެ މަސައްކަތް ނިމިފައިވަނީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން 227 މީޓަރުގެ...

އަޙްމަދު ވަހީދު
ބާރަށުން 3000 އަކަފޫޓުގެ 100 ބަންޑާރަގޯތި ދޫރަނީ

ބާރަށުން 3000 އަކަފޫޓުގެ 100 ބަންޑާރަގޯތި ދޫރަނީ

ހއ. ބާރަށުން 3000 އަކަފޫޓުގެ 100 ބަންޑާރަގޯތި ދޫކުރަން ނިންމައި، ޝަރުޠު ހަމަވާ ފަރާތްތަކަށް ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. ބާރަށު ކައުންސިލުން ވިދާޅުވީ، އެ ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 31 ޖެނުއަރީ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެ ކައުންސިލް އިދާރާއަށް ފޯމު ހުށަހެޅުމަށް ފުރުޞަޠު ހުޅުވާލާފައިވާ ކަމަށެވެ. ފޯމް ހުށަހަޅާފަރާތްތަކަށް އީ-މެއިލް info@baarah.gov.mv ގެ ޒަރީއާއިން ނުވަތަ gov.mv...

ޝިއުނާ އާދަމް
ނައިފަރުގައި ސަރުކާރުން ހެދި 100 ހައުސިންގ ޔުނިޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި

ނައިފަރުގައި ސަރުކާރުން ހެދި 100 ހައުސިންގ ޔުނިޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ނައިފަރުގައި ސަރުކާއުން އިމާރާތްކުރި 100 ހައުސިންގ ޔުނިޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި އެވެ. ނައިފަރު ކައުންސިލުން މިއަދު މި ލިސްޓް އާއްމު ކޮށްފައި ވާއިރު 800 އެއްހާ މީހުން ވަނީ މި ހައުސިންގ ޔުނިޓްތައް ހޯދުމަށް ފޯމު ހުށައަޅާފައެވެ. އެގޮތުން އެ ލިސްޓްގައި އެ ހުރިހާ ބޭފުޅުންގެ ނަމާއި އެޑްރެހާއި އައިޑީކާޑްގެ މައުލޫމާތާއި އެފަރާތަކަށް ލިބިފައިވާ ޖުމްލަ ޕޮއިންޓްގެ އިތުރުން އެފަރާތްތަކާއި ގުޅޭ އެހެނިހެން މައުލޫމާތުތައް ވެސް މި ލިސްޓްގައި […]

އައިޝަތު ނަސާޔާ
އަޑިއަށްދިޔަ ދޯނީގެ ބައިތަކެއް އޮޔާދަނިކޮށް ފެނިއްޖެ، މީހުންގެ ހަބަރެއް ނުވޭ!

އަޑިއަށްދިޔަ ދޯނީގެ ބައިތަކެއް އޮޔާދަނިކޮށް ފެނިއްޖެ، މީހުންގެ ހަބަރެއް ނުވޭ!

އަޑިއަށްދިޔަ ދޯނީގެ ބައިތަކެއް އޮޔާދަނިކޮށް ފެނިފައިވާކަމަށާއި އެދޯނިން ދަތުރުކުރި މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. ފ. ފީއަލިން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް ގެއްލިގެން ހޯދަމުންދާ “އަލަމާ 5” ނަމަކަށްކިޔާ ދޯނިން ކަނޑަށްދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފެނިފައިވަނީ ފ. އަތޮޅުގެ އުތުރުން 1 ނޯޓިކަލް މޭލު ބޭރުންނެވެ. މިތަކެތި ފެނިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑަށެވެ. އެމްއެންޑީއެފްއިން މީގެ ކުރިން އާންމުކޮށްފައިވާ އެދޯނީގެ ފޮޓޯ ގައި ހުރި ސާމާނުތ...

އިބްރާހިމް އަސްވާޤް
ލަންދޫ ބަނދަރުގެ މަސައްކަތް ނިމިއްޖެ

ލަންދޫ ބަނދަރުގެ މަސައްކަތް ނިމިއްޖެ

ނ. ލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ނިމިފައިވަނީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން 227 މީޓަރުގެ އެއްގަމު ތޮއްޓަކާއި387 މީޓަރުގެ ބޭރު ތޮއްޓަކާއި 73 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ވަނީ ޖަހައިފައެވެ. އަދި 80 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހައި 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހަދައި ރޭމްޕެއް ހަދައި މަގުބައްތި ވަނީ ހަރުކޮށްފައެވެ. މިއީ...

އަޙްމަދު ވަހީދު
ވުލްވްސް އަތުން ޔުނައިޓެޑް ބަލިވެއްޖެ

ވުލްވްސް އަތުން ޔުނައިޓެޑް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރި މެޗު ވުލްވްސްއިން ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑް ބަލިވެފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ފާއިތުވި އަހަރުގެ ނޮވެމްބަރ މަހު ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވި ރަންގްނިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރެވެ. މިއީ ޔުނައިޓެޑްގެ ދަނޑުގައި ފާއިތުވި 42 އަހަރުގެ ތެރޭގައި ވުލްވްސްއަށް މޮޅެއް ހޯދުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން […]

އިބްރާހިމް ޚަލީލް
މިނޫން ދުވަހެއް އެބައޮތް، ތާއީދުކުރާ ޕާޓީގެ ފިކުރު ކުރިއަރުވަން ސިޔާސީ ދޮގު ހެދުމުގައި ވަގުތުތައް ނަގާނުލާ: އިބްރާޙީމް ރަޝީދު

މިނޫން ދުވަހެއް އެބައޮތް، ތާއީދުކުރާ ޕާޓީގެ ފިކުރު ކުރިއަރުވަން ސިޔާސީ ދޮގު ހެދުމުގައި ވަގުތުތައް ނަގާނުލާ: އިބްރާޙީމް ރަޝީދު

އެމީހަކު ތާއީދުކުރާ ސިޔާސީ ޕާޓީގެ ފިކުރު ކުރިއަރުވަން ސިޔާސީ ދޮގު ހަދައި، މީހުންގެ އަބުރު ކަތިލުމުގައި ވަގުތުތައް ނަގާނުލުމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ނަޞޭޙަތްތެރިވެ ވަޑައިގަންނަވައިފިއެވެ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ސެއިޚްގެ ޕޯސްޓްގައި ވަނީ، އެމީހަކު ތާއީދުކުރާ ޕާޓީގެ ވިސްނުމާއި ފިކުރު ކުރިއެރުވުމަށް، ސ...

ހުސައިން ހަބީބް
ވަށުގިރީގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރުމުން ޖޫރިމަނާ

ވަށުގިރީގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރުމުން ޖޫރިމަނާ

ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުން އަންނަ ވ. ވަށުގިރީގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރުމާއި ގުޅިގެން އެތަނުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި ޖޫރިމަނާ ކޮށްފިއެވެ. އެންވަޔަރމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ވަށުގިރި ރިސޯޓް ހަދަމުންދާ ކުންފުނި ކަމަށްވާ ވަށުގިރި ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކޮށްފައިވަނީ މަސައްކަތްތައް ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއި ގަވާއިދާ ޚިލާފަށް ކޮށްފައިވާތީ ދިވެހިރާއްޖޭގެ ތިމާވ...

އައިޝަތު ނަސާޔާ
އެމްފައިސާއިން މިހާރު ސޮލަރެލް އިންޝުއަރެންސަށްވެސް ފައިސާ ދެއްކޭނެ

އެމްފައިސާއިން މިހާރު ސޮލަރެލް އިންޝުއަރެންސަށްވެސް ފައިސާ ދެއްކޭނެ

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، އެމްފައިސާ މެދުވެރިކޮށް ސޮލަރެލް އިންޝުއަރެންސަށް ފައިސާ ދެއްކޭގޮތް ހަދައިފިއެވެ. އުރީދޫ އިން ވަނީ މިކަން އިއުލާނުކޮށް އެ ކުންފުންޏާއެކު މިއަދު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީޕް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒުއެވެ. ސޮލަރެލްއަކީ ގިނަ ބާވަތްތަކުގެ އިންޝުއަރެންސް ފޯރުކޮށްދޭ ކުންފުންޏެކެވެ. މީގެ ތެރޭގައި ހެލްތާއި މެރިން އާއި ފަޔާ އާއި ޕްރޮޕަޓީ އާއި މޮޓޯ ފަދަ މުހިންމު އިންޝުއަރެން...

އަޙްމަދު ވަހީދު
12 މިލިއަނަށްވުރެ ގިނަ އެކެޑެމިކް ޖާނަލް އާޓިކަލްތަކާއި ފޮތްތައް ކިޔުމުގެ ފުރުސަތު ލިބޭ އީ ލައިބްރަރީއެއް

12 މިލިއަނަށްވުރެ ގިނަ އެކެޑެމިކް ޖާނަލް އާޓިކަލްތަކާއި ފޮތްތައް ކިޔުމުގެ ފުރުސަތު ލިބޭ އީ ލައިބްރަރީއެއް

ދިވެހިރާއްޖޭގެ ކޮލެޖް އަދި ޔުނިވާސިޓީގެ ދަރިވަރުންނަށް އެކި ޑިސިޕްލިންތަކުން 12 މިލިއަނަށްވުރެ ގިނަ އެކެޑެމިކް ޖާނަލް އާޓިކަލްތަކާއި ފޮތްތައް ކިޔުމުގެ ފުރުސަތު ލިބޭ އީ ލައިބްރާރީގެ ޚިދުމަތް ދޭން ފަށައިފިއެވެ. ޔޫއެންޑީޕީ އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ގުޅިގެން މި ޚިދުމަތް ފޯރުކޮށްދިނުން ރަސްމީކޮށް އިފްތިތާހް ކޮށްފައިވަނީ އިއްޔެއެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަންއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އިބްރާހިމް...

އައިޝަތު ނަސާޔާ
ނެއްލައިދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

ނެއްލައިދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

ހދ. ނެއްލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ނިމިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 398 މީޓަރުގެ ބޭރުތޮއްޓެއް ލައި، 103 މީޓަރުގެ ގްރޮއިންސް ޖަހައި، 204 މީޓަރުގެ އެއްގަމުތޮއްޓެއް ވަނީ ލައިފައެވެ. އަދި، 1812 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ […]

އަޙްމަދު ވަހީދު
ރަށްވެހިވެފައިވާ ރަށުގައި ނޫޅޭނަމަވެސް ގެދޮރުވެރިޔާ ލޯނު ލިބޭ ގޮތް ހަދައިފި

ރަށްވެހިވެފައިވާ ރަށުގައި ނޫޅޭނަމަވެސް ގެދޮރުވެރިޔާ ލޯނު ލިބޭ ގޮތް ހަދައިފި

ރަށްރަށުގައި ގެދޮރު ބިނާކުރުމަށާއި ގެދޮރު މަރާމާތުކުރުމަށް ސަރުކާރުން ހުޅުވާލާފައިވާ “ގެދޮރުވެރިޔާ ލޯނު ސްކީމް”އަށް ރަށްވެހިވެފައިވާ ރަށުގައި ނޫޅުނަމަވެސް އެދެވޭނެ ކަމަށް ނިންމައިފިއެވެ. އެޗްޑީއެފްސީ ކުރިން އިއުލާން ކުރި ގޮތުގައި ލޯނަށް އެދޭ މީހަކު ރަށްވެހިވެފައިވާ ރަށުގައި ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ވާން ޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު އެ ޝަރުތު އުނިކޮށްފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މި ޝަރުތު އުނި ކުރުމާއެކު މިހާތަނަށް އެ ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުން ލޯނު ރިޖެކްޓް ކުރި...

އަޙްމަދު ވަހީދު
އެސްޓީއޯއިން ޔޫތު މިނިސްޓްރީ އާއި ގުޅިގެން 6 ދާއިރާއަކުން މީހުން ތަމްރީނުކުރަނީ

އެސްޓީއޯއިން ޔޫތު މިނިސްޓްރީ އާއި ގުޅިގެން 6 ދާއިރާއަކުން މީހުން ތަމްރީނުކުރަނީ

ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި އެސްޓީއޯ އިން ބައިވެރިވެއްޖެއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕީޕަލްސް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ އޮފް ޔޫތް މުހައްމަދު ނާސިހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ މަސައ...

އަޙްމަދު ވަހީދު
ރައީސް, ނ އަތޮޅުގެ ފަސް ރަށަކަށްކުރައްވާ ދަތުރުފުޅު ފައްޓަވައިފި

ރައީސް, ނ އަތޮޅުގެ ފަސް ރަށަކަށްކުރައްވާ ދަތުރުފުޅު ފައްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނ އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅު މިއަދު ހެނދުނު ފައްޓަވައިފިއެވެ. މި ދަތުރުފުޅުގައި ރައީސް ޞާލިޙް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ނ. ގެ ވެރިރަށް މަނަދޫގެ އިތުރުން އެ އަތޮޅު މާފަރަށާއި، ލަންދޫއަށާއި، މަގުދޫ އަދި ހޮޅުދޫއަށެވެ. މި ރަށްތަކަށް ކުރައްވާ ޒިޔާރަތުގައި ރައީސް، ނ. އަތޮޅު ކައުންސިލާއި، ވަކި ވަކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއ...

ޔުމްނާ ޢަލީ
ސިޙްރުވެރިޔާގެ އަނިޔާވެރިކަން!

ސިޙްރުވެރިޔާގެ އަނިޔާވެރިކަން!

ސިޙްރުވެރިޔާ އޭނާގެ ސިޙުރުން އެތައްވައްތަރެއްގެ އަނިޔާވެރިކަމަކާއި ޙައްދުފަހަނަ އެޅުމުގެތެރެއަށް ވަދެއެވެ. ފަހެ، ސިޙްރުވެރިޔާ ކިތައް އިންސާނުން ޝިރުކުގެ ތެރެއަށް ވައްޓާލާހެއްޔެވެ؟! ފަހެ، އޭނާ ﷲ ނޫންފަރާތްތަކަށް ކަތިލުމަށް އަމުރުކުރެއެވެ. ނުވަތަ ތަވީދު އެޅުމަށް އޭނާ އަމުރުކުރެއެވެ. ނުވަތަ ﷲ ފިޔަވައި އެހެންފަރާތަކަށް އެނގިގެންނުވާ ޣައިބުގެ ޚަބަރުތައް ތެދުކުރުމަށް އޭނާ އަމުރުކުރެއެވެ. އަދި ބައެއް ސިޙްރުވެރިން އެބައިމީހުންގެ ކައިރިއަށް އަންނަ މީހުންނާއެކުގައި ފާޙިޝް ޢަމަލުތައް ހިންގައެވެ. ޚާއްޞަކޮށް...

ތިލަދުން
ވ އަތޮޅު ފުއްސަރު ކައިރިން ދޯންޏެއް އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވަނީ

ވ އަތޮޅު ފުއްސަރު ކައިރިން ދޯންޏެއް އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވަނީ

ވ. ފުއްސަރު ކައިރިން ދޯންޏެއް އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ދޯންޏަކީ، ފ. ފީއަލިކައިރިން ފުރައިގެން މާލެ ދަތުރުކުރި “އަލަމާ-05” ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އެ ދޯނި ވ. ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލުން ދިޔަވެ އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަކަށް އެ އިދާރާއިން ވިދާޅުވެއެވެ. މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ޖަނަވަރީ 3 ވަނަދުވަހުގެރޭ 23...

ތިލަދުން
ރައީސް ޞާލިޙް، ނ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވަނީ

ރައީސް ޞާލިޙް، ނ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ނ އަތޮޅުގެ ހަ ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު މިރޭ ވިދާޅުވީ ނ އަތޮޅުގެ ހަ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޞާލިޙް މާދަމާ ފުރާ ވަޑައިގަންނަވާނެ ކަމަށެވެ. މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ އެ އަތޮޅުގެ ވެރިރަށް މަނަދޫގެ އިތުރުން މާފަރު، ލަންދޫ، މާއުނގޫދޫ އަދި ހޮޅުދޫ އަށެވެ. ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކ...

ޝިއުނާ އާދަމް
ވަޤްފް ފަންޑަށް އޭޕްރިލްގެ ނިޔަލަށް ނަގުދު ފައިސާ ބަލައިގަންނާނެ

ވަޤްފް ފަންޑަށް އޭޕްރިލްގެ ނިޔަލަށް ނަގުދު ފައިސާ ބަލައިގަންނާނެ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޓްރަސްޓް ފަންޑުތަކުގެ ތެރޭގައި ހިމެނޭ މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑާއި ދީނީ ކަންކަމަށް އެހީވާ ވަޤްފް ފަންޑަށް މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ނަގުދު ފައިސާ ބަލައިގަންނަ ގޮތަށް ހަމަޖައްސައިފިއެވެ. އިސްލާމިކް މިނިސްޓްރީއިން މިއަދު ވިދާޅުވީ، އެ މިނިސްޓްރީގެ ޓްރަސްޓް ފަންޑުތަކުގެ ތެރޭގައި ހިމެނޭ މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑާއި ދީނީ ކަންކަމަށް އެހީވާ ވަޤްފް ފަންޑަށް 30 އޭޕްރީލް 2022 ގެ ނިޔަލަށް ނަގުދު ފައިސާ ބަލައިގަތުމަށް ހަމަޖައްސާފައިވާ ކަމަށެވެ...

އައިޝަތު ނަސާޔާ