ގަލްފުގެ ސަރަހައްދީ މަސްލަހަތު ނުހަނު ބޮޑަށް ގޯސްވެފައިވާ މިދަނޑިވަޅުގައި، އެމެރިކާގެ އަސްކަރިއްޔާއަށް އެއްވެސް ބާވަތެއްގެ އެއްބާރުލުމެއް ނުވަތަ ލޮޖިސްޓިކް އެހީތެރިކަމެއް ފޯރުކޮށްދޭ ގައުމުތަކަކީ އީރާނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރާ ގައުމުތަކެއްގެ ގޮތުގައި ބަލާނެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ. އީރާނުގެ އަސްކަރިއްޔާގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާާސްގެ ތަރުޖަމާނު ކާނަލް އިބްރާހީމް ޒުލްފަގާރީ މިއަދު ވިދާޅުވީ، ސަރަހައްދީ ގައުމުތަކުގެ ވެރިންނަށް ދޭ އިންޒާރަކީ އެމެރިކާގ...
އަޙްމަދު ވަހީދު
ހދ. ހަނިމާދޫ ކުރީގެ ބަނދަރުގެ އެއްގަމު ތޮއްޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުުލްޣަފޫރު މޫސާ ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހަނިމާދޫ...
އަލީ އާދިލް
ހދ. މަކުނުދޫ އެއާޕޯޓްގެ ބިން ހިއްކުމަށްފަހު ކުރިއަށްގެންދާ ޝޯ ޕްރޮޓެކްޝަން މަސައްކަތުގެ ތެރެއިން އުފެދޭ ވައިބްރޭޝަންގެ ސަބަބުން ރަށުގެ ބައެއް ގެތަކަށް ގެއްލުންވާކަމުގެ ޝަކުވާ ލިބެމުންދާތީ، އެކަން ބެލުމަށްޓަކައި އެ މަސައްކަތް ވަގުތީގޮތުން މަޑުޖައްސާލައިފައިވާކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤް، މަކުނުދޫ އެއާޕޯޓުގެ މަސައ...
އަލީ އާދިލް
ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން މޫދަށް އެރުމަށާއި ހިތްއުފާކޮށްލުމަށް ތަރައްޤީކޮށްފައިވާ ބޯޒިޔާރަތް ބީޗުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ޖަހާފައިވާ ޖިއޯ ބޭގްތަކަށް ބަޔަކު ގަސްދުގައި ގެއްލުންދީފިއެވެ. މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޯޒިޔާރަތް ބީޗްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ޖަހާފައިވާ ޖިއޯ ބޭގްތަކަށް ތޫނު އެއްޗެހި ބޭނުންކޮށްގެންނާއި، ބޭގުތަކުގެ މަތީގައި ސައިކަލް ދުއްވައިގެން ގެއްލުންދީފައިވާ ކ...
ޝިއުނާ އާދަމް
ކ. ހުރާގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މުހިންމު މަސައްކަތްތަކެއް ފަށައިފިއެވެ. ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި، ހުރާގައި ބަހައްޓާފައިވާ އާރު.އޯ ޕްލާންޓްތަކުގެ ތެރެއިން އެއް ޕްލާންޓުގެ ހަލާކުވެފައިވާ ހައިޕްރެޝަރ ޕަންޕާއި މޯޓަރު ބަދަލުކޮށް، އައު ޕަންޕެއް އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން، އެ ރަށުގައި މައްސަލަޖެހި ނުހިންގާތާ 8 މަސް ދުވަސް ވެ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ސީދާ ރައީސަށް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ފަށްޓަވާ “ރައްޔިތުންގެ އަޑު” ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރައްވައި، ރައްޔިތުންގެ އަޑު އައްސަވައިގެން ސަރ...
ޔުމްނާ ޢަލީ
ސައުދީ އަރަބިއްޔާ އިސްވެ އޮންނަ ކޯލިޝަން ފައުޖުތަކުން މިއަދު ޔަމަނުގެ ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަންޢާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މިއާއެކު 2022 ވަނަ އަހަރުން ފެށިގެން ދެ ފަރާތުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ ނުވަތަ މަސްލަހަތު ހިފެހެއްޓުމުގެ މަރުހަލާ މިވަނީ ރަސްމީކޮށް ނިމުމަކަށް އައިސްފައެވެ. ސައޫދީ ކޯލިޝަނުން ދިން މި ހަމަލާތައް އަމާޒުކޮށްފައިވަނީ ސަންޢާ އެއާޕޯޓުގެ ސަރަހައްދުގައި ހުރި ހޫޘީންގެ އަސްކަރީ މަރުކަޒުތަކަށެވެ. ރިޕޯޓްތައް ބުނާގޮތުގައ...
ނާޒިމާ އަލީ
އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ސ. މަރަދޫގައި ހުރި ގެއެއް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، ކޯޓު އަމުރުގެ ދަށުން ބަންދުކުރުމަށް ނިންމާފައިވަނީ ސ. މަރަދޫ / ބޯޅަދަނޑުގެ އެވެ. މި އަމުރު ނެރެފައިވަނީ 2026 ޖުލައި 12 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެ...
ޔުމްނާ ޢަލީ
ހއ. ބާރަށުގެ މަގުތަކާއި ގޯޅިތަކަށް އުނދަގޫވާ ގޮތަށް ހުރި ތަކެތި ނަގައި، މަގުތައް ސާފުކުރުމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ. ބާރަށު ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އެ ރަށުން މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާއި، އެ ގޯތިތައް ހިމެނޭ މަގުތަކާއި ގޯޅިތަކަށް އުނދަގޫވާ ގޮތަށް ހުރި ތަކެތި ނެގުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި މަގުތަކުގައި ޖަހާފައިވާ މަގުބައްތިތަކާއި، އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި، މަގުމަތިން ހިނގާބިގާވެ އުޅޭ މީހުންނަށް އުނދަގޫވާ ގޮތަށް ހުރި ވެ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޤަޠަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އިއްޔެ އަވަހާރަވުމާ ގުޅިގެން، އެ ޢާއިލާއަށް ތައުޒިޔާ ދެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ޤަޠަރުގެ މިހާރުގެ އަމީރު ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއަށާއި ޝާހީ ޢާއިލާއަށް ބައްދަލުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ރަ...
ޔުމްނާ ޢަލީ
އެމެރިކާއާއި އީރާނާ ދެމެދު އޮތް މަސްރަހު ނުތަނަވަސްވެ، ދެގައުމުގެ ދެމެދުގައި މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ގާއިމުކުރި ސުލްހައިގެ އެއްބަސްވުން މުގުރާލައި، އެމެރިކާއިން އީރާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ދިން މި ހަމަލާތަކަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީދާ އަމުރަށް ދީފައިވާ ހަމަލާތަކެކެވެ. މި ހަމަލާތަކުގައި އީރާނުގެ ހޫޒެސްތާން ޕްރޮވިންސްގެ މަހްޝަހްރު ކައުންޓީގައި ހުންނަ، ދަނޑ...
ނާޒިމާ އަލީ
8 ޖުލައިގެ އަދަދާއި ގުޅޭ: އަތުގައި އަޅުވާފައި އޮތް ރަބަރުން އޭނާ އަވަށް އަވަހަށް ބޯ އައްސާލިއެވެ. އަދި ސިއްރުސިއްރުން އާއިޒްއަށް ބަލައިލިއެވެ. އަނދިރީގެ ތެރެއިން އޭނާއަށް އެ މޫނުމަތިން އެެއްވެސް އެއްޗެއް ނުފެނުނެވެ. އެހެންކަމުން މާޔާގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނެވެ. ނަމަވެސް އާއިޒާ އެހާ ގާތުގައި އިންނަން ޖެހުމުން އޭނާއަށް އާދަޔާ ޚިލާފް އަސަރުތަކެއް ކުރާކަން ޚުދު އޭނާއަށް ވެސް އެނގެއެވެ. މަޑު ދުވެއްޔެއްގައި ލޯންޗް ކަނޑަށް ނިކުމެއްޖެއެވެ. އާއިލީ ހަމަނުޖެހުމުގެ ސަބަބުން […]
ސަލާމާ ޢަބްދުލް ޢަލީމް
ވޭތުވެދިޔަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިހާނުތަކުން މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި “މަތީ އަރުތަވެރިންގެ އިނާމު 2025” ގެ ފަސްވަނަ ދަންފަޅި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ހުޅުމާލޭ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) ގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން އޮނަރ ގާޑެއް ވަނީ އަރުވާފައެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގެ ތެރެއިން ދަރިވަރ...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ހިދުމަތް ދިނުމާ ގުޅޭގޮތުން އެރަށު ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ފެނަކަ ކޯޕަރޭޝަނުން އިންކާރުކުރި މައްސަލާގައި ސިޓީ ކައުންސިލުން ސިވިލް ކޯޓުގައި ކުރި ދައުވާ ނާކާމިޔާބުވެއްޖެ އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދައުވާކުރީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުޅުދުއްފުށީ ސިޓީގައި ކަރަންޓުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ކައުންސިލާއެކު އެއްބަސްވުމެއް ހެދުމަށް ފެނަކައިން އިންކާރުކޮށްފައިވާތީ އެވެ...
ހުސައިން ހަބީބް
1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ހިނގި ހާދިސާއަކާ ގުޅިގެން ފުޓްބޯޅައިގެ ގަވާއިދުތަކަށް ބޮޑު ބަދަލެއް ގެނައުމަށް މެދުވެރިވި އާޖެންޓީނާގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އެންޓޯނިއޯ ރަޓިން، އުމުރުން 89 އަހަރުގައި މަރުވެއްޖެއެވެ. އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގައުމީ ޓީމާއި ބޮކާ ޖޫނިއާސްގެ ތާރީޚީ ރަމްޒެއް ކަމަށްވާ ރަޓިން މަރުވީ އާޖެންޓީނާގެ ވެރިރަށް ބިއުނޯސް އައިރެސްގައި ކަމަށެވެ. އޭނާ މަރުވުމާ ގުޅިގެން އެ އެސޯސިއޭޝަނުން ވ...
އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީގެ އޮޑިހަރުގެއަކާއި ގުދަނަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ފުލުހުން ހޯދައިފިއެވެ. ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ވައްކަން ހިންގާފައިވަނީ މި ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައާ ގުޅިގެން ޖުލައި 9 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ދެ މީހުންނެވެ. އެއީ އެ ރަށު ތަންބީގެ، ޙަސީބު އާދަމް (27އ) އާއި ވައިޓްހާރޑް، […]
ޔުމްނާ ޢަލީ
މާލޭގެ ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލޮރީއެއްގެ ދަށުވެ ފިރިހެނަކު ނިޔާވެއްޖެއެވެ. ފުލުހުންގެ އިދާރާއަށް މި ހާދިސާ ރިޕޯޓްކޮށްފައިވަނީ 2026 ޖުލައި 12 ވަނަ ދުވަހުގެ ހަވީރު 15:57 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ މާލެ، ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް)، އިބްރާހީމް ނާޞިޙު (39އ) އެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައެވެ. ފުލުހުން ބުނިގޮތުގައި މިހާތަނަށް ބެލިބެލުމުން...
ޔުމްނާ ޢަލީ
މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމަށް ހައްލެއް ހޯދައި، ދަތުރުފަތުރުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށްޓަކައި “ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް” ގެ ނަމުގައި އައު އިދާރާއެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާނެ ތަނެކެވެ....
ޔުމްނާ ޢަލީ