މާލޭގެ ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލޮރީއެއްގެ ދަށުވެ ފިރިހެނަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ އިދާރާއަށް މި ހާދިސާ ރިޕޯޓްކޮށްފައިވަނީ 2026 ޖުލައި 12 ވަނަ ދުވަހުގެ ހަވީރު 15:57 އެހައިކަންހާއިރުއެވެ.

Ad
rt

މި ހާދިސާގައި ނިޔާވެފައިވަނީ މާލެ، ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް)، އިބްރާހީމް ނާޞިޙު (39އ) އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައެވެ.

ފުލުހުން ބުނިގޮތުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި ނާޞިޙު ނިޔާވެފައިވަނީ ޓްރެއިލަރ ލޮރީއެއްގެ ދަށުވެގެންނެވެ. ނަމަވެސް، އޭނާ އުޅަނދުގެ ދަށުވާން މެދުވެރިވީ ސީދާ އުޅަނދުގައި ޖެހި އެކްސިޑެންޓް ވެގެން ކަމަށް މިހާތަނަށް ބެލިބެލުމުން ނުބެލެވޭ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.