ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވާފައިވާ “5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫ” ގެ ދަށުން، ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ގަސް އިންދުމުގެ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށްގެންގޮސްފިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ދިވެހި ބޭސްވެރިކަމުގެ ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތް ބާއްވާފައިވަނީ ހުޅުމާލޭގެ ހިޔާ ޕާކު ސަރަޙައްދުގައެވެ. މޫސުމީ ބަދަލުތަ...
ޔުމްނާ ޢަލީ
ފީފާ ވޯލްޑް ކަޕް 2026 ގެ ނިންމުމުގެ ރަސްމިއްޔާތުގައި މަޝްހޫރު ފިލްމީ ތަރި ޓޮމް ކްރޫޒް އާއި މަޝްހޫރު ސްޓްރީމަރު އައިޝޯސްޕީޑް ބައިވެރިވާނެކަން ފީފާއިން އިޢުލާންކޮށްފިއެވެ. މިދިޔަ އަންގާރަ ދުވަހު ފީފާއިން ހާމަކުރި ގޮތުގައި، މުބާރާތުގެ ފައިނަލް މެޗުގެ 90 މިނެޓް ކުރިން ބާއްވާ މި ރަސްމިއްޔާތަކީ ތިން ޤައުމެއްގެ 16 ސިޓީއެއްގައި 48 ޓީމަކުން ކުރި ހަނދާންނުނެތޭނެ ދަތުރު ފާހަގަކުރުމަށް ބާއްވާ ހަރަކާތެކެވެ. މި ރަސްމިއްޔާތު އޮންނާނީ އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައެވެ. މި […]
އަޙްމަދު ވަހީދު
ށ. ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން އިންތިޒާމުކޮށްގެން އެ ރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޖުލައި މަހުގެ 4 އިން 12 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި ޖުމްލަ 28 ބައިވެރިން ބައިވެރިވެ، ޕޭސްޓްރީގެ ދާއިރާއިން އައު ހުނަރުތަކެއް ދަސްކޮށްފައިވެއެވެ. “ކްރިއޭޓިވް ޕްރޮޑަކްޓްސް” ގެ ފަރާތުން ފާތިމަތު ނާޝީދާ ކިޔަވައިދެއްވި މި ކޯހުގައި، ތަފާތު 30 ބާވަތެއްގެ ޕޭސްޓްރީ ތައްޔާރުކުރާނެ ގޮތް އަމަލީގޮތ...
ޝިއުނާ އާދަމް
ދެކުނު އެފްރިކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ އުންމީދީ ކުޅުންތެރިޔާ ޖޭޑަން އެޑަމްސް ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން، އެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. އުމުރުން އެންމެ 25 އަހަރުގެ އެޑަމްސްގެ ހަށިގަނޑު ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ހާއިރު، ކޭޕް ޓައުންގެ އަވަށެއް ކަމަށްވާ ޝޮޓްޝޭ ކްލޫފްގެ އިމާރާތެއްގެ ތެރެއިންނެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒުވާން ފިރިހެނެއްގެ ހަށިގަނޑު ފެނުމާ ގުޅިގެން އެ މަރުގެ ހަގީގަތް ހޯދުމަށް ތަހުގީގެއް […]
އަޙްމަދު ވަހީދު
ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސަޢޫދީ ޢަރަބިއްޔާގެ އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ދިން މިސައިލް އަދި ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހިނގާ ޖުލައި މަހުގެ 13 ވީ ހޯމަ ދުވަހު ހޫތީން ދިން މި ހަމަލާތަކަކީ ސަޢޫދީގެ ދެކުނު ހުޅަނގު ސަރަހައްދުގައި އޮންނަ އަބްހާ އިންޓަރނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކެކެވެ. ސަޢޫދީގެ ދިފާއީ ބާރުތަކުން ވަނީ ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް ވައިގެ ތެރޭގ...
ޔުމްނާ ޢަލީ
ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ސްޕޭނާއި ފްރާންސް ބައްދަލުކުރަން އޮތް މެޗުގެ ކުރިން، ފްރާންސްގެ ގައުމީ ޓީމުގައި ފްރާންސްގެ އެއްވެސް ކުޅުންތެރިއަކު ނެތް ކަމަށް ވިދާޅުވެ ސްޕޭނުގެ ކުރީގެ ބޮޑުވަޒީރު މަރިއާނޯ ރަޖޯއީ ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. ސްޕޭނުގެ ކޮންޒަވޭޓިވް ޕޮޕިއުލާ ޕާޓީގެ މެންބަރެއް ކަމަށްވާ ރަޖޯއީ، ސްޕޭނުގެ ނޫހެއް ކަމަށްވާ ‘އެލް ޑެބޭޓް’ ގައި ލިޔުއްވި ކޮލަމެއްގައި ވިދާޅުވީ، ފްރާންސް ޓީމަކީ ވަރުގަދަ ސްކޮޑެއް އޮތް ޓީމެއް ނަމަވެސް، އެ ޓީމުގައި […...
އަޙްމަދު ވަހީދު
ސައުދީ އަރަބިއްޔާއިން 47.2 މިލިއަން އެމެރިކާ ޑޮލަރު ޑްރޯން، ޓައިވާނުން ގަނެފިއެވެ. ޓައިވާނުގެ މިނިސްޓްރީ އޮފް ފައިނޭންސްއިން އެންމެ ފަހުން އާންމުކުރި ވިޔަފާރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖޫން 2026 ގައި ސައުދީ އަރަބިއްޔާއިން ވަނީ 47.2 މިލިއަން އެމެރިކާ ޑޮލަރު (1.52 ބިލިއަން ނިއު ޓައިވާން ޑޮލަރު) ގެ ޑްރޯން ޓައިވާނުން ގަނެފައެވެ. މިއީ ޓައިވާނުގެ ޑްރޯން އުފައްދާ ސިނާއަތުގައި މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ ބޮޑު މުއާމަލާތެވެ. މި މުއާމަލާތަކީ ޖޫން 2023 ގައި […]
އަޙްމަދު ވަހީދު
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ބައްދަލުކުރެއްވުން (ރިސެޕްޝަން) ނުބޭއްވެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި ނިންމެވުމަކީ ދައުލަތުގެ އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް، ބޭކާރު ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާތީ ނިންމެވި ނިންމެވުމެކެވެ. މީގެ ކުރިންވެސް ބައެއް އަހަރުތަކުގައި ޚަރަ...
ޝިއުނާ އާދަމް
މާލޭގެ ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މުހިންމު މަސައްކަތްތަކެއް ނިންމާލައި، މަޝްރޫޢުގެ ބޮޑު ކުރިއެރުމެއް ހޯދައިފިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ވަނީ މަގުގެ ސަބް-ބޭސް މަސައްކަތްތަކާއި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތް 100 އިންސައްތަ ނިންމާލާފައެވެ. ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ،...
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ބާއްވާ “އުރީދޫ މަސްރޭސް 2026” މިއަހަރުވެސް ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ރާއްޖޭގެ އެންމެ މަގުބޫލު އެއް މަސްވެރިކަމުގެ މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 7، 2026 ގައި ކ. މާފުށީގައެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކަށް ރަޖިސްޓްރޭޝަން ހުޅުވާލާނީ 14 ޖުލައި 2026 ގައެވެ. ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 21 ޖުލައި […]
އިބްރާހިމް އަސްވާޤް
މިއަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރިގަދަ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި، ދުނިޔޭގެ ފުޓްބޯޅައިގެ ދެ ބާރު ކަމަށްވާ ފްރާންސާއި ސްޕެއިން ރާއްޖޭ ގަޑިން މިރޭ މެންދަމު 12:00 ގައި ބައްދަލުކުރާނެއެވެ. އެމެރިކާގެ ޑަލަސް ކައުބޯއީސް ސްޓޭޑިއަމްގައި ކުޅޭ މި މެޗުން މޮޅުވާ ބަޔަކަށް މުބާރާތުގެ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ. މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މި ދެ ޓީމުވެސް ބަލިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ފްރާންސަކީ ފީފާ ރޭންކިންގެ އެއްވަނައިގައި އޮވެ […]
އަޙްމަދު ވަހީދު
ބޮޑު ތިލަދުންމަތީގެ އަތޮޅުތަކުގައި ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން އިސްނަގައިގެން “ދަނޑުވެރި މަންފާ” ގްރާންޓް ސްކީމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސިލްސިލާ ސެޝަންތަކެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ. މި ޕްރޮގްރާމަކީ ހއ. އަތޮޅު، ހދ. އަތޮޅު އަދި ށ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ސެޝަންތަކުގައި މަޢުލޫމާތު ދިނުމަށް މެޕް ޕްރޮޖެކްޓްގެ ޓީމުގެ އިތުރުން އެސް.އެމް.އީ ޑިޖިޓަލްގެ ޓީމުންވެސް ބައިވެރިވަމ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ޖަލުތަކުގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ހިންގި ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިންގޮތުގައި، މިދިޔަ ޖޫން މަހުގެ 22 އިން ފެށިގެން މި ޖުލައި މަހުގެ 13 އާ ހަމައަށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ ޖަލުތަކުގެ އަމާންކަން ގާއިމުކުރުމަށް ހިންގުނު ވަރަށް މުހިންމު ހަރަކާތެކެވެ. ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަ...
ޔުމްނާ ޢަލީ
މިރޭ ފަށާ ވޯލްޑް ކަޕް 2026 ސެމީ ފައިނަލް މެޗުތަކަކީ، ފުޓްބޯޅައިގެ ތާރީޚުގެ ތެރެއިން ފެނިގެންދާނެ ފަދަ ފޯރިގަދަ އަދި ވަރުގަދަ ސެމީ ފައިނަލް ކުރިމަތިލުންތަކެކެވެ. މި މަރުހަލާގައި ބައްދަލުކުރަނީ މީގެ ކުރިން ދުނިޔޭގެ ތަށި އުފުލާލާފައިވާ ހަތަރު ޓީމާއި، ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ ހަތަރު ގައުމެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރެއިން ފަސް ކުޅުންތެރިއަކާއި، ފުޓްބޯޅައިގެ ތާރީޚުދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާގެ އިތުރުން، ފުޓްބޯޅައިގެ އެންމެ […]
އަޙްމަދު ވަހީދު
މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ކޯޕަރޭޝަން (މިފްކޯ) އިން ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް އުފައްދާ ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ރަސްމީކޮށް ހުޅުވައިފިއެވެ. ކަނޑުއޮތްގިރީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ ވަސީލަތް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސްގެ އިތުރުން، ފިޝަރީޒް މިނިސްޓްރީއާއި މިފްކޯގެ އިސްވެރިން ބައިވެރިވެވ...
ޔުމްނާ ޢަލީ
ބ. އޭދަފުށީ ބަނދަރު ސަރަހައްދު ފަޅުތެރޭގައި މީހަކު ނިޔާވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި މީހަކު ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2026 ޖުލައި 14 ވާ އާދީއްތަ ދުވަހުގެ ހެނދުނު 7:55 އެހައިކަންހާއިރު ކަމަށެވެ. މޫދުގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ އެ ރަށު ސީސަންގެ، އުމުރުން 82 އަހަރުގެ ޢަލީ ޢަބްދުﷲ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި […]
ޔުމްނާ ޢަލީ
ޤަޠަރުގެ އަމީރު، ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު، ޤަޠަރުގެ ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ، ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ތަޢުޒިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން،...
ޔުމްނާ ޢަލީ
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާޒުގެ އޮފީހުން މިއަދު ހުޅުވައިލައްވައިފިއެވެ. މި މަޤާމަކީ “ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު” ގެ ދަށުން އައްޔަން ކުރަންޖެހޭ މަޤާމެކެވެ. މި ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެހައި ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ އެންމެ އިސްވެރިއަކީ ޗީފް ސްޓެޓިސްޓީޝަނެވެ. މީގެ އިތުރުން، ބިއުރޯއާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހ...
ޔުމްނާ ޢަލީ