ހއ.ކެލާގައި ބަނދަރު ހެދުމުގެ ކުރިން ހަދާފައިވާ ސިމެންތި ޖެޓީ ގިނަދުވަސްވެ ހަލާކުވަމުންދާތީ އެތަން ބޭނުން ނުކުރުމަށް ކެލާ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

މިކަން ހާމަކޮށް 15 ފެބްރުއަރީ 2022 ވީ އަންގާރަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގައި ބޭނުން ކުރަމުން އަންނަ ސިމެންތި ޖެޓީއަށް ގިނަ ދުވަސް ވުމުގެ ސަބަބުން ވީރާނާވެ، ހަލާކުވަމުން ދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

Ad
rt

މިކަމަކީ އޭގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިދާނެ ކަމަކަށް ވާތީވެ ޖެޓީ ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވުމަށާއި ވެހިކަލް ދުއްވާފަރާތްތަކުން ޖެޓީ މައްޗަށް އެރުމާއި، މޫދަށް އެރޭ ފަރާތަކުން ޖެޓީދަށައް ވަނުމަކީ މަނާ ކަމެއްކަމަށެވެ.

މީގެއިތުރުން ޖެޓީއަށް އެރުމަކީ އެއްވެސް ގޮތަކަށް ރައްކާތެރި ކަމެއްކަމުގައި ނުވާތީވެ ސިމެންތި ޖެޓީ ބޭނުން ނުކުރުމަށް ކައުންސިލުން އިލްތިމާސް ކުރާކަމަށެވެ.