ތިލަދުންމަތީގެ ދެ ރަށެއް ހިމެނޭހެން 12 ރަށެއްގައި ފާމަސީ އަޅައޮދޭނެ ބަޔަކު ހޯދަން އެސްޓީއޯއިން އިއުލާން ކޮށްފިއެވެ.
އެ ކުންފުނިން ކުރި އިއުލާނުގައި ބުނެފައިވާގޮތުގައި މި ރަށްތަކުގެ ތެރޭގައި ހއ. ތުރާކުނާއި ހއ. ހޯރަފުށި ހިމެނެއެވެ.
މި ޕްރޮޖެކްޓުތަކަށް އެދެވޭނީ އެ ރަށެއްގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ކުންފުނިތަކަށެވެ. އަދި ފާއިތުވި ފަސް އަހަރު ތެރޭ ެ ލައްކަ ރުފިޔާއަށްވުރެ ކުޑަ ނޫން އިމާރާތެއް އިމާރާތް ކޮށްފައިވެސް ހުންނަން ޖެހޭނެއެވެ.
މި މަސައްކަތަށް އެދި ހުށަހަޅާ ކުންފުނިތަކުގެ ތަޖުރިބާ ހުރިކަމަށް ބެލެވޭނީ މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ (ޕޮސިޓިވް ރިފަރެންސް) ހުށަހެޅުމުން ކަމަށް އެސްޓީއޯއިން ބުންޏެވެ. އެސްޓީއޯއިން ބޭނުންވެއްޖެ ހިނދެއްގައި ކޮށްފައިވާ މަސައްކަތްތައް ވެރިފައި ކުރުމަށް އިތުރު މައުލޫމާތު ހޯދިދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ލިސްޓުގައި ހިމެނޭ އެހެން ރަށްތައް
1. ޅ. ހިންނަވަރު
2. މ. މަޑުއްވަރި
3. އދ. ދިގުރަށް
4. ތ. ތިމަރަފުށި
5. ތ. ބުރުނީ
6. މ. ކޮޅުފުށި
7. ކ. ދިއްފުށި
8. ތ. އޮމަދޫ
9. ގއ. ކޮލަމާފުށި
10. ނ. ލަންދޫ
ރަޖިސްޓަރީ ކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހު 11:00 ގެ ކުރިން، އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ މާޗު އެއް ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!