ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ފުޅާ ކުރުމުގެ މަޝްރޫއުގެ ދަށުން ޖެޓީ ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން އާ ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 62 އިންސައްތަ ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ބޭރުތޮށި ލުމާއި، 58 މީޓަރުގެ ގްރޮއިންސް ޖެހުމާއި، 185 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 326 މީޓަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
އަދި، 4،320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، 02 ކޮންކްރީޓް ޕްލެޓްފޯމް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއިގެ ތެރޭގައި ހިމެނެއެވެ.
މިއީ 69.8 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!