ކުރިއަށް އޮތް ރޯދަ މަހުގެ ހަނދު ބެލުމާއި ހަނދު ސާބިތު ކުރަން ހެކިބަސް ދިނުން 29 ޝަޢުބާން 1443 ( 01 އެޕްރީލް 2022 ) ވާ ހުކުރު ދުވަހު ބާއްވާ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ.

މާލޭގައި ރަމަޟާންމަހުގެމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރަން ހަމަޖައްސާފައިވަނީ މާލޭގެ ކޯޓެއްގެ ގާޒީ އެއްގެ ކުރިމަތީގަ އެވެ. އަތޮޅުތަކުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރިމަތީގަ އެވެ. ޑީޖޭއޭ އިން ބުނީ ހެކިބަސް ދޭ ވަގުތު އެ ރަށެއްގައި މެޖިސްޓްރޭޓަކު ނެތްނަމަ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިމަތީގައި ހެކިބަސް ދެވޭނެ ކަމަށެވެ.

Ad
rt

ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭއިރު ހަނދުހުރި އުސް މިނާއި، މިސްރާބާއި އެނޫންވެސް އެފަދަ މުހިއްމު މައުލޫމާތު ދޭންޖެހެ އެވެ.

ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 29 ޝަޢުބާން 1443 ( 01 އެޕްރީލް 2022 ) ވާ ހުކުރު ދުވަހުގެ ހަވީރު 5.30 ން ފެށިގެން މި ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެއެވެ.

ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ޚަރަދު ޑީޖޭއޭ ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ހަނދާއިބެހޭގޮތުން ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް ވާނަމަ އެ ޑިޕާޓްމަންޓުގެ ނަންބަރު 3340831 3340846 ފޯނަށް ގުޅުއްވުން އެދެ އެވެ.