ކުޑަ ކުއްޖަކު އޭނާގެ މަންމަ އާއި އެކު ސުކޫލަށްދެއެވެ. މަންމަގެ އެއްލޯ ނުހުރެއެވެ. މިކަމާހެދީ މަންމަ އާއިއެކީ ސުކޫލަށްދާން ދަރިފުޅު ވަރަށް ލަދުގަނެއެވެ. އެއީ އެހެންކުދިންގެ މަންމަގެ ދެލޯ ހަމައަށް ހުންނައިރު އޭނަގެ މަންމަގެ ދެލޯ ހަމައަށް ނުހުންނާތީއެވެ. އެކަމާ އޭނަ މަންމަ އަށް ވަރަށް ނަފްރަތު ކުރެއެވެ. އޭނަ ނަފްރަތުކުރާކަން އޭނަގެ މަންމަ އަށް އެގެއެވެ. އެހެންނަމަވެސް މަންމަގެ ވާޖިބު މަންމަ އަދާކުރަމުން ގެންދިއައެވެ. އެ ދަރިފުޅު މަތީ ތަޢުލީމް ހާސިލް ކުރުމަށްޓަކައި ބޭރު ޤަޢުމަކަށް […]
އަލީ ރިޔާޟް
އިނގިރޭސި ޕްރިމިއަރލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން 3-1 ގެ ނަތީޖާއިން ނޯވިޗް ސިޓީ މައްޗަށް ޗެލްސީ ކުރިހޯދައިފިއެވެ. މި މެޗުން ބަލިވުމުން ތާވަލްގެ އެންމެ ފުލުގައި އޮތް ނޯވިޗް ސިޓީ ރެލިގޭޝަންއިން ސަލާމަތް ވުމަށް ވަނީ އިތުރު ހުރަސްތަކާ ކުރިމަތިވެފައެވެ. މެޗް ފަށައިގެން 3ވަނަ މިނިޓްގައި ޗަލަބާ ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ. މައުންޓް ނަގައިދިން ކޯނާ ޗަލަބާ ގޯލަށް ވައްދާލީ ބޮލުންންނެވެ. ދެވަނަ ގޯލް މޭސަން މައުންޓް ޖަހައިފައިވަނީ ކައިހަވާޓްސް ގެ އެހީތެރިކަމާއެކީ މެޗްގެ […]
އަލީ ރިޔާޟް
ރާއްޖޭގައި މީހުން އަތުން ފައިސާ އަތުލައިގެން ބޮޑު ފްރޯޑެއް ހިންގާތީ ސަމާލުވާން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިއްޖެއެވެ. އެމްއެމްއޭއިން ބުނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށްބުނެ ބޮޑު ފްރޯޑް ސްކީމެއް ރާއްޖޭގައި ހިންގަމުންދާ ކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އެ ފްރޯޑް ހިންގަނީ ފޭސްބުކް އަދި ޓެލްގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް އަނބުރާ ދޭނެ ކަމަށް ބުނި ނަމަވެސް […]
އަޙްމަދު ވަހީދު
ޤައުމީ އިނާމާބެހޭ ކޮމިޓީގެ މުއްދަތު ހަމަވުމާގުޅިގެން އެ ކޮމިޓީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަލުން އެކުލަވައިލައްވައިފި އެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަނަކަށް ހަމަޖެއްސެވީ، ކުރިންވެސް އެ މަގާމުގައި ހުންނެވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދެވެ. އެ ކޮމިޓީއަށް އަލަށް ޢައްޔަނު ކުރެއްވި ބޭފުޅުންނަކީ، މައްޗަންގޮޅީ މާފުނަ މުޙައްމަދު އިސްމާޢީލްފުޅާއި، މައްޗަންގޮޅީ ކަޝްމީރުވާދީ އިބްރާހީމް ޙުސައިން މަނިކާއި، މާފަންނު ދިޖުލަތު ކޯރު ޙަފީޡާ އިބްރާހީމާއި، މާފަންނު އަލި...
އިބްރާހިމް އަސްވާޤް
ށ. ފުނަދޫގައި އެއާ މޮނިޓަރިންގ ސެންސަރއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ފުނަދޫ ކައުންސިލާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ މިއެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ކަމަށެވެ. މިރަސްމިއްޔާތުގައި އެމިނިސްޓްރީގެ ފަރާތުންވެސް ބައެއް ބޭފުޅުން ބައިވެރިވެފައިވެ އެވެ. އެގޮތުން 3 ދުވަސްތެރޭ...
އައިޝަތު ނަސާޔާ
ވިހި ރުފިޔާގެ އާ ނޫޓޫތަކެއް ބޭނުން ކުރަން ފަށައިފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ އާ ނޫޓުތަކެއް ޗާޕު ކުރަން ނިންމީ މިހާރު ހުރި 20ރ. ގެ ނޫޓުގެ ހުސްވާން ކައިރިވުމުން ކަމަށެވެ. މި ނޫޓުތަކަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު13 ވަނަ ދުވަހު ޗާޕުކޮށް، ރާއްޖެ ގެނައި ސްޓޮކެކެވެ. އަލަށް ޗާޕުކޮށްގެން ނެރުނު 20ރ. ގެ ނޫޓުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމެވެ. އެ ނޫޓުގެ ތާރީހަކީ 01 ޖުލައި […]
އަޙްމަދު ވަހީދު
ށ. ފޭދޫ ވޮލީކޯޓުގައި ލައިޓް ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިބީލަމުގެ ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް އެއިދާރާއިން ދޫކުރާ “ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް” ފުރިހަމަކުރެއްވުމަށްފަހު 15 މާރިޗު 2022 ވާ އަންގާރަދުވަހުގެ 11:00 ގެ ކުރިން އެއިދާރާއަށް ނުވަތަ...
އައިޝަތު ނަސާޔާ
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، މި އަހަރުގެ މާރިޗު 7 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ޤާނޫނަށް ގެނައި އިޞްލާޙްތަކުގެ ތެރޭގައި ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ޗުއްޓީ ދިނުމަށް ކަނޑައަޅާ މާއްދާއެއް އެ ޤާނޫނުގެ 64 ވަނަ މާއްދާގެ ފަހަތަށް […]
އިބްރާހިމް އަސްވާޤް
ދަރުބާރުގެ ކައިރީގައި މީގެ ހަތް އަހަރު ކުރިން މަރާލި ހ. ހަންޑްރެޑްފްލާވާސް ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ ދައުވާލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ، މިއަދު ސަލާމަތްވެއްޖެ އެވެ. 2015 ވަނަ އަހަރު ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ ޖައިލަމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ އިސްމާއިލް އަނީގް އަދި ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާން އަދި ގއ. ވިލިނގިލި ފިޔަޖަހާގެ މުހައްމަދު ހުމައިދުގެ […]
ހުސައިން ހަބީބް
ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން އަދި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން މިހާރު ހިއްކާފައިވާ ސަރަހައްދު ވަގުތީ ގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއު ސަރުކާރުން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެ ކުންފުނިން ބުނީ މިހާރު ހިއްކާ ސަރަހައްދު ހިމާޔަތް ކުރަނީ އެ ސަރަހައްދު ގިރައިގެންދިޔަ ނުދޭން ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމ...
އަޙްމަދު ވަހީދު
ހއ. އަތޮޅަށް ހުޅުުވާލައިގެން ހިންގާ ލައިފް ގާޑުން ތަމްރީން ކުރުމުގެ ކޯސް މިއަދު އެ އަތޮޅު ވެރިރަށް ދިއްދޫގައި ފަށައިފިއެވެ. މިކޯހަކީ ހއ. އަތޮޅު ކައުންސިލާއި މޯލްޑިވްސް ސްވިމިންގް އެންޑް ލައިފް ސޭވިންގް ސްކިލްސް ޓްރެއިނިންގެ ސްކޫލާއި ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. 25 ބައިވެރިންނާއި ފެށުމަށް ހަމަޖެހިފައިވާ މިކޯހުގައި ދިއްދޫގެ ބައެއް ޒުވާނުންގެ އިތުރުން ސްކޫލްގެ ބައެއް ދަރިވަރުންވެސް ހިމެނެއެވެ. މިކޯސް ތަޢާރަފް ކުރުމުގެ ގޮތުން މިއަދު ހެނދުނު ދިއްދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވ...
އައިޝަތު ނަސާޔާ
އަންހެނުންގެ ދުވަހާއި ގުޅިގެން ށ . ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ކުރިއަށް ގެންދާ “ދަންދާނަ ބާޒާރު” ސިލްސިލާގެ ތިން ވަނަ ބާޒާރު، “ދަންދާނަ 3” އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ. މިފަހަރުގެ ބާޒާރު ކުރިއަށް ގެންދަން ނިންމާފައިވަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެއްގެ ގޮތުގައެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެރަށު އަންހެނުންގެ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ، މިފަހަރުގެ ދަންދާނަ ޕްރޮގްރާމް ކުރިއަ...
އައިޝަތު ނަސާޔާ
ހއ. އަތޮޅުގައި ހިންގާ ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އާ ގުޅިގެން ކަމަށް ބުނެ ވަކިކުރި 29 މީހުންގެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަތައް އަލުން ބަލަން ހައި ކޯޓުން އަމުރުކޮށްފި އެވެ. މަނަފަރު ރިސޯޓުން 2020 ވަނަ އަހަރު ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑް-19 އާ ގުޅިގެން ކަމަށް ބުނެ ވަކިކުރުމުގެ ކުރިން އެ މީހުންގެ މުސާރައިން ވެސް އެ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އޮތީ 75 ޕަސެންޓް […]
ހުސައިން ހަބީބް
ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ހަރަކާތްތެރިވާނެ ގޮތް ވަޒަން ކުރުމަށް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ބާއްވައިފިއެވެ. މި އެކްސަސައިޒް ބާއްވާފައިވަނީ 09 މާޗް 2022 ވީ ބުދަ ދުވަހުގެ ރެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރާއްޖޭގައި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ރޭގަނޑު ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. ހަނިމާދޫ އެއަރޕޯޓުގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ކަމާބެހޭ ފަރާތްތައް ހަރަކާތްތެރިވާން ޖެހޭ ގޮތް ބަޔާންކޮށްފައިވާ ”އެއާޕޯޓް އިމަޖެ...
އިބްރާހިމް ޚަލީލް
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ސިރީލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށަން ފްލައިޓު ތާވަލު ކޮށްފިއެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން މިއަދު ބުނީ ރަތުމަލާނަ އިންޓަނޭޝަނަލް އެއާޕޯޓް ސައުތު އޭޝިއާގެ ގައުމުތަކަށް ހުޅުވާލުމާއެކު އެ އެއާޕޯޓަށް ދަތުރު ފެށުމުގެ މަޝްވަރާތައް ކޮށްފައިިވާ ކަމަށެވެ. އެގޮތުން ދަތުރުތައް ފަށާނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށް އެ އެއާލައިނުން ބުންޏެވެ. މި މަހުގެ 27ގެ އިތުރުން 29 އަދި 31 […]
އަޙްމަދު ވަހީދު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑާއި ޕީއެސްޖީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ރެއާލް ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ބައްދަލުކުރި ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ޕީއެސްޖީގެ ދަނޑުގައެވެ. އެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ޕީއެސްޖީއެވެ. ރޭ ރެއާލްގެ ދަނޑުގައި މި ދެ ޓީމް ވާދަކުރި ދެވަނަ ލެގުގެ މެޗުގައި، ޕީއެސްޖީގެ މައްޗަށް ރެއާލް ކުރި ހޯދާފައި ވަނީ ޕީއެސްޖީން ލަނޑެއް […]
އިބްރާހިމް ޚަލީލް
ޗައިލްޑްހުޑް އެންޒައިޓީ، އޮބްސެސިވް ކޮމްޕައިލް ޑިސްއޯޑާ (އޯސީޑީ)، އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި ދަތުރުގެ މައްޗަށް ބިނާކޮށް ނޫސްވެރިޔާއަހުމަދު ސާއިލް އަލީ ލިޔެފައިވާ ފޮތް، “އެދުވަސް ގެނެވޭނެ” މޫލީ މެދުވެރިކޮށް އޯޑަތު ކުރެވޭ ގޮތް ހަދައިފިއެވެ. ދިވެހި ބަހުން ލިޔެފައިވާ މި ފޮތަކީ މެޑިކަލް ރިސާޗްތަކާއި ހަގީގީ ދިރިއުޅުމުގެ ތަޖުރިބާތަކުގެ އަލީގައި ސާއިލް ލިޔެފައިވާ ފޮތެކެވެ. އެ ފޮތުގައި އޭނާ ވަނީ ނަފްސާނީ ބަލިތަކުން ދިމާވާާ ގޮންޖެހުންތަކ...
އަޙްމަދު ވަހީދު
އެމްޕީއެލްގެ މުވައްޒަފުންނަށް ހާއްސަ ޑޭކެއާ ސެންޓަރެއް ހަދަން ނިންމައިފިއެވެ. މި ޑޭކެއާ ސެންޓަރު ހަދަން ނިންމާފައިވަނީ އެމްޕީއެލްގެ ބޯޑުންނެވެ. އެމްޕީއެލްއިން ބުނީ އަމާޒަކީ ، މުވައްޒަފުންނަށް ވަޒީފާއަށް ނިކުންނަން ޖެހޭ ގަޑިތަކުގައި (ޑިއުޓީ ގަޑިތަކުގައި) ދަރިން ޑޭ ކެއާ ސެންޓަރަށް ގެންދެވި މިހާރު އުފުލަމުންދާ ތަކުލީފުތަކަށް ފަސޭހަކޮށްދިނުން ކަމަށެވެ. އަދި ހުރިހާ މުވައްޒަފުންނަށްވެސް ފަސޭހަ ގޮތްތަކެއް ފަހިކޮށްދޭން މަސައްކަތް ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި ޑޭކެއާ ސެންޓަރުގައި މަސައްކަތ...
އަޙްމަދު ވަހީދު