ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އިހުމާލުން، ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓްތައް ކަމާ ނުބެހޭ މީހަކަށް ދީފިއެވެ.
ސްކައުޓް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ނަޒީފު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓުތައް އިންޓަނެޓް ބޭންކިން އަށް ދާދި ފަހަކުން ރަޖިސްޓްރީކުރި ނަމަވެސް، އެ އެސޯސިއޭޝަންގެ އެއްވެސް މީހަކަށް އެ އެކައުންޓްތަކަށް ނުވަދޭ ކަމަށެވެ. ނަމަވެސް ކަމާ ނުބެހޭ މީހަކަށް ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓުތަކަށް ވަދެވޭ ގޮތް ބޭންކުން ހަދައިދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމީހާއަށް އެކްސެސް ދިނުމުން އެ ކައުންޓުން ފައިސާގެ މުއާމަލާތްވެސް ކުރެވޭކަމަށެވެ.
ކަމާ ނުބެހޭ މީހަކަށް އެތަނުގެ އެކައުންޓްތަކަށް ވަދެވޭގޮތް ހަދައިފައި ހުރިކަން އެނގުނީ ވައިބަރ ގްރޫޕަކަށް އެ މީހާ ފޮނުވި މެސެޖަކުންނެވެ. އެމީހާ ވަނީ އޮޅިގެން ސްކައުޓް އެސޯސިއޭޝަމްގެ އެކައުންޓުން ފައިސާ ފޮނުވުމުން އެ ފައިސާ އަލުން ޖަމާ ކޮށްދީ އެކަން އަންގާފައެވެ.
Hello @bankofmaldives
We registered internet banking for Scout Association.
While we, who are authorised, are unable to access the accounts, you provided total access of all the accounts of Scout Association to someone totally unrelated.— Nazeef (@mnazeef) March 11, 2022
އޮޅިގެން ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓުން ފައިސާ ފޮނުވުނުކަން އެނގި، އެކަން ސަމާލުކަމަށް ގެނައި މީހާއަށް ނަޒީފު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
މިކަމް އެނގުމުން ބޭންކުގެ ސަމާލުކަމަށް ގެނައި ނަމަވެސް އެކަން ހައްލު ނުކުރާ ކަމަށްވެޒް ނަޒީފުގެ ޓްވީޓުގައި ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!