ހއ. އަތޮޅަށް ހުޅުުވާލައިގެން ކުރިއަށް ގެންދިޔަ ލައިފް ގާޑުން ތަމްރީން ކުރުމުގެ ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކްޓާއި ހަނދާނީ ފިލާ އަދި ލައިފްގާޑް ކާޑް ހަވާލުކޮށްފިއެވެ. މިކޯހުން އެއްވަނަ ހާސިލްކޮށްފައި ވަނީ، އަޙްމަދު ލައްމާހް އިބްރާހިމް، ހއ. ދިއްދޫ/ހަވީރީފިނި އެވެ. ދެވަނަ ހާސިލްކޮށްފައި ވަނީ އާސިމް ރަޝީދު ، ސަމިޓް/ހއ. ދިއްދޫ އެވެ. އަދި 3 ވަނަ ލިބިފައި ވަނީ ހުސެއިން ޒިމްޔާން ، ބޯށިހިޔާ/ހއ. ދިއްދޫ އަށެވެ. މި މާރޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން […]
އައިޝަތު ނަސާޔާ
ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓް ޕްލޭން ފިނޭންސް މިނިސްޓްރީން އާންމުކުރަން ފަށައިފިއެވެ. މި ޕްލޭންތައް އެ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރަން ފަށާފައިވާއިރު މިއީ ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓް މަސައްކަތް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. ފިނޭންސް މިނިސްޓްރީން އާންމުކުރާ ލިސްޓުގައި އެއިދާރާއަކަށް އެއަހަރު ހޯދަން ބޭނުންވާ މުދަލާއި، އިދާރާގައި ކުރަން ޖެހޭ މަސައްކަތްތަކާއި، ކޮންސަލްޓެންސީ އަދި ކޮންސަލްޓެނ...
އަޙްމަދު ވަހީދު
އިނގިރޭސި އެފްއޭކަޕްގެ ސެމީ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި ހޮނިހިރު ދުވަހުގެ ރޭ ޗެލްސީއާއި މިޑްލްސްބަރާ ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގައި ފެނިގެންދިޔަ ދެ ލަނޑު ވެސް ފެނިފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 15 ވަނަ މިނެޓުގައި މޭސަން މައުންޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލުކަކޫއެވެ. ދެވަނަ ލަނޑު […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާއި އާސެނަލް ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހު ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އާސެނަލަށް ކުޅެމުން އަންނަ އިނގިރޭސި ޒުވާން ފޯވާޑް ބުކަޔޯ ސަކާއެވެ. ސަކާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ވިލާގެ އޭރިއާ ބޭރުގައިހުރެ ފޮނުވާލި […]
އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ސިޓީގައި ފަތުރުވެރިކަމަށް ހުރި ފުރުސަތުތަކާއި އެކަމަށް ހާއްސަ ކުރެވިފައިވާ ބިންތަކުގެ މައުލޫމާތު އިންޑިޔާގެ މުމްބާއީގައި ކުރިއަށްދިޔަ “މޯލްޑިވްސް ޓޫރިޒަމް އިންވެސްޓްމަންޓް އެންޑް ކަނެކްޓިވިޓީ ފޯރަމް”ގައި ބައިވެރިވި އިންވެސްޓަރުންނަށް ފޯރުކޮށްދީފިއެވެ. އެ ފޯރަމްގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން އެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޢަލީ އަޙްމަދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ފޯރަމުގައި ކުޅުދުއްފުށީ ސިޓީގައި ހުރި ފަތުރުވެރިކަމުގެ ފުރުޞަޠުތައް އިންވެސްޓަރުންނަށް އަންގައިދިނުމަށް...
ޔުމްނާ ޢަލީ
2004 ވަނައަހަރެވެ. 13 ނަމްބަރު ޖާރޒީލައިގެން ޓީމާއެކީ ދަނޑަށް ނުކުތީ އުއްމީދުތަކެއް ހުރުމުންނެވެ. އުއްމީދަކީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުމެއްނޫނެވެ. އުންމީދު ގުޅިފައި އޮތީ ލިބިފައި ހުރި ތަޖުރިބާގެ ބޭނުން ޓީމުގައި ތިބި ޒުވާން ކުޅުންތެރިންލައްވާ ހެޔޮގޮތުގައި ހިފުމަށެވެ. އެ ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ ކާމިޔާބު މޮޅުބަޔަކަށް ހެދުމެވެ. އެ އުއްމީދުގައި ނިކުމެ ޒުވާން ޓީމާއެކު އަތޮޅު ޗެމްޕިއަންކަން ހޯދީ އެވެ. މި ދަންނަވާލީ ހދ. ނޭކުރެންދޫއަށް އުފަން ހަސަން ދާއޫދު އާއްމު ނަމުންނަމަ ހަސަންބެގެ [...
އަލީ ރިޔާޟް
ހެލްތު މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އިތުރު އެމްބިއުލާންސްތަކެއް ރާއްޖެ ގެެނެސްފިއެވެ. މިއީ އެމްބިއުލާންސް ބޭނުންވާ ރަށްތަކަށް ފޮނުވަން ހާއްސަކޮށްގެން ގެނައި އެމްބިއުލާންސްތަކެކެވެ. އެގޮތުން 21 އެމްބިއުލާންސް މިއަދު ވަނީ މާލެ ގެނެސްފައެވެ. މިއީ އެ ކުންފުނިންގެ ގެނައި އެމްބިއުލާންސްގެ ހަތަރުވަނަ ޝިޕްމަންޓެވެ. އެ އެމްބިއުލާންސްވެސް ފޮނުވަން ޖެހޭ ރަށްތަކަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަތޮޅުތަކުގައި އެމްބިއުލާންސްގެ ހިދުމަތް ނުދެވޭ 96 ރަށެއް...
އަޙްމަދު ވަހީދު
އުތުރުގެ އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އިންވެސްޓަރުންނާއިއެކު ނެޓްވާރކިން ޕްލެޓްފޯމެއް ޤާއިމް ކުރެވިއްޖެ ކަމަށް ހދ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމުން ފަތުރުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާއެކު 2022 މާރިޗު 15 ގައި އިންޑިޔާގެ މުމްބާއީގައި ބޭއްވި “ޓޫރިޒަމް އިންވެސްޓްމަންޓް އެންޑް ކަނެކްޓިވިޓީ ފޯރަމް”ގައި ހދ. އަތޮޅު ކައުންސިލްގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. ހދ. އަތޮޅު ކައުންސިލުން ވިދާޅުވީ، މި ފޯރަމްގައި ރާއްޖޭގެ، ޚާއްޞަކޮށް އުތުރުގެ އަތޮޅުތ...
އައިޝަތު ނަސާޔާ
ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވެ ށ. އަތޮޅުން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މި މުބާރާތުގެ ވަނަތައް ޙާސިލްކުރި ފަރާތްތަކަށް އިނާމް ދިނުން އޮތީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ވެރިރަށް މާލެގައި އޮތް ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އިންތިޒާމުކޮށް ބޭއްވި މި މުބާރާތުގައި ށ. އަތޮޅު ބައިވެރިވި ދަރިވަރުންގެ ތެރެއިން ށ. އަތޮޅުގެ ސްކޫލްތަކުން 4 ދަރިވަރަކު ވަނީ […]
އައިޝަތު ނަސާޔާ
ރާއްޖޭގެ ގޭމް ކުޅޭ މީހުންނަށް އެހީވުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ގޭމް ރޫމާ ގުޅިއްޖެއެވެ. ގިނަ އަދަދެއްގެ ގޭމް ކުޅެވޭ ގޮތަށް ހުންނަ ގޭމް ރޫމަކީ އީ ސްޕޯޓްސް ސެންޓަރެކެވެ. އެތަމުގައި ތަފާތު ގޭންތައް ކުޅެވުމުގެ އިތުރުން ބައިވެރިންނަށް އިނާމްތައް ލިބޭ ލީގުތަކާއި މުބާރާތްތައް ވެސް ކުރިއަށް ގެންދެއެވެ. އުރީދޫން ބުނީ އެ ކުންފުނިން ގޭމް ރޫމާ ގުޅުނީ ރާއްޖޭގައި އީ ގޭމިންއަށް ޝައުގުވެރިވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން ކަމަށެވެ. އަދި އެ […]
އަޙްމަދު ވަހީދު
އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުވުމަށް ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެމްއެންޑީއެފްއިން ކުރިއަށްގެންދާ “ފަޔަރ ޕްރިވެންޝަން ވީކް 2022” ފަށަން ތައްޔާރުވެއްޖެއެވެ. މި ހަރަކާތަކީ، އަލިފާނުގެ ނުރައްކަލުން އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖުތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ކޮންމެ އަހަރަކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެމްއެންޑީއެފްއިން ވިދާޅުވީ،...
ޔުމްނާ ޢަލީ
ހދ. ނާވައިދޫ ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިއުލާން ކޮށްފިއެވެ. އެމިނިސްޓްރީއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާކަމަށެވެ. އެގޮތުން މިމަސައްކަތާއި ގުޅިގެން މައުލޫމާތު ސާފުކުރުން އޮންނާނީ މި މަހުގެ 27 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ޔޫތު މިނިސްޓްރީ (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައި...
އައިޝަތު ނަސާޔާ
ހދ. ހިރިމަރަދޫގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ނުކެނޑުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އެކަން ހާމަކޮށް ހިރިމަރަދޫ ކައުންސިލުން އިއްޔެ އާންމު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ބައެއް ފަރާތްތަކުން ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތަކަށް ގެއްލުންދީ، ކަނޑައި ހަދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ކެނޑުމާއި، އެންދުމާއި، ގެއްލުން ދިނުމުގެ އިތުރުން ހޭޅިފަށް ހިމެނޭ ސަރަޙައްދުން ތަންތަނ...
އިބްރާހިމް ޚަލީލް
ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ބާސެލޯނާއާއި ގަލަޓަސަރާއީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ބާސާ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ދެވަނަ ބުރުގައި މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ބާސާގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ދެވަނަ ލެގުގެ މެޗު ރޭ ގަލަޓަސަރާއީގެ ދަނޑުގައި ކުޅުނުއިރު، މި މެޗު ބާސާ ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ […]
އިބްރާހިމް ޚަލީލް
ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ކުރި އިޢުލާނާއި ގުޅިގެން 6 ފަރާތަކުން ބީލަން ހުށަހަޅައިފިއެވެ. މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް 6 ފަރާތަކުން ބީލަން ހުށަހަޅާފައިވާ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. މިއަހަރުތެރޭ ކޯސްތައް އިއުލާންކޮށް 2023 ވަނަ އަހަރު ފެށޭއިރު ދިއްދޫ ޖޫނިއާ ކޮލެޖްގައި ކޯސްތައް ހިނގަމުންދާތަން އާންމުންނަށް ފެނިގެން ދ...
ޔުމްނާ ޢަލީ
މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ކަމާގުޅޭ ޕްރޮގްރާމްތަކެއް ރާވައި ހިންގުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފިއެވެ. އޭޖީ އޮފީހުން މި މަސައްކަތް ކުރިއަށްގެންދަން ނިންމާފައި ވަނީ، ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އެހީތެރިކަމާއެކުގައެވެ. “މަދަނީ އިޖުރާއަތުގެ ބިލު”، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވީ 16 ޑިސެންބަރު 2021 ގައެވެ. އެ ތާރީޚުން ފެށިގެން 6 މ...
އަލީ އާދިލް
ކުޅުދުއްފުށީ ސިޓީ ގައި ކެންސަރަށް ސްކްރީން ކުރުމުގެ ކޭމްޕެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. މިއީ އެ ހޮސްޕިޓަލާއި، މޯލްޑިވްސް ކެންސަރ ސޮސައިޓީ އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޭމްޕެކެވެ. އަންނަ ހޮނިހިރު ދުވަހު ކުރިއަށްގެންދަން ނިންމާފައިވާ މި މިކޭމްޕުގައި އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރު އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީން ކުރުން ކުރިއަށް ދާނެކަމަށް ކޭއާރުއެޗުން ވަނީ ވިދާޅުވެފައެވެ. މިކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމާރޗް މަހުގެ 19 ވަނަ...
އައިޝަތު ނަސާޔާ
ހއ. ބާރަށުގައި އައުޓްޑޯ ޖިމެއް ޤާއިމު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި މަސައްކަތް ކުރަން ޖެހޭނީ އެކައުންސިލުން ދޭ ކޮންސެޕްޓާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. އެގޮތުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 މާރިޗް 2022 ވަނަ ދުވަހުގެ 11.00 ގެ...
އައިޝަތު ނަސާޔާ