ހދ. އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރަކަށް، ކައުންސިލް މެންބަރު، އަދި ކުރިނބީ ކައުންސިލްގެ ރައީސް ޢަބުދު ﷲ އަސްލަމް ހަމަޖައްސަވައިފިއެވެ.

ހދ. އަތޮޅު ކައުންސިލުން ވިދާޅުވި ގޮތުގައި، އަސްލަމް އެ މަޤާމަށް ހަމަޖައްސަވާފައިވަނީ މިމަހު 10 ވަނަ ދުވަހު ބޭއްވި ހދ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 38 ވަނަ ޢާންމު ބައްދަލުވުމުގައެވެ.

Ad
rt

މިބައްދަލުވުމުގައި މީޑިޔާ ކޯޑިނޭޓަރަކަށް، އަސްލަމް ހަމަޖައްސަވާފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 12 މެންބަރުންގެ އިއްތިފާޤުންނެވެ.

ހދ. އަތޮޅު ކައުންސިލަށް މީޑިޔާ ކޯޑިނޭޓަރެއް ހަމަޖެއްސުމުން އެކައުންސިލުންހިންގާ އެކިއެކި ހަރަކާތްތަކާއި، މަޝްރޫޢުތަކާއި މިނޫން ވެސް ކަންކަމަށް މައުލޫމާތު ހޯދާލިބިގަތުމުގައި މީޑިއާތަކަށް ފަސޭހަކަން ލިބިގެންދާނެއެވެ.