އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެށްޓަކީ ދުޅަހެޔޮ ވެށްޓަކަށް ވެގެން މެނުވީ ހަޤީގީ ދުޅަހެޔޮކަން ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އެންމެ ބޮޑުއެއް ނިޢުމަތްކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައިއެ...
ޔުމްނާ ޢަލީ
4 އަހަރު ކުރިން
މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން ބަލްކް ކެރިއަރ ބޯޓެއް ގަތުމަށް ނިންމާފައިވާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ މިއީ ރާއްޖެއަށް ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުމަށް ގެންނަ ބޯޓެއްކަމަށެވެ. ސައީދު ވިދާޅުވީ މި ބޯޓު ވެގެންދާނީ ދިވެހި ކުންފުންޏަކުން ގަންނަ އެންމެ ބޮޑު ބޯޓު ކަމަށާއި މިއީ 190 މީޓަރުގެ ބޮޑު ބޯޓެއް ކަމަށެވެ. އެމ...
އަލީ އާދިލް
4 އަހަރު ކުރިން
އަހަރެމެންގެ ނަބިއްޔާގެ އަރިހުން އަނަސް ރަޟިޔަﷲޢަންހު ރިވާކުރައްވާފައިވާ ޙަދިޘްފުޅެއްގައިވެއެވެ. ((كَانَ رَسُولُ اللَّهِ -صلى الله عليه وسلم- يُفْطِرُ عَلَى رُطَبَاتٍ قَبْلَ أَنْ يُصَلِّىَ فَإِنْ لَمْ تَكُنْ رُطَبَاتٌ فَعَلَى تَمَرَاتٍ فَإِنْ لَمْ تَكُنْ حَسَا حَسَوَاتٍ مِنْ مَاءٍ )) رواه أبو داود و قال العلامة الألباني حسن صحيح و انظر صحيح سنن أبي داود 2/449. މާނައީ: ”(މަޣްރިބު) ނަމާދުގެ ކުރިން ރަސޫލުﷲ […]
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
4 އަހަރު ކުރިން
ރަމަޟާން މަހުގެ އިޙްޔާ ފޯރަމް ބާއްވަން ފެށިފަހުން މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ އިޙްޔާ ފޯރަމް ކުޅުދުއްފުށީ ސިޓީގައި ބާއްވައިފި އެވެ. މި އިޙްޔާ ފޯރަމް ބާއްވާފައިވަނީ ރޭ ކުޅުދުއްފުށީގެ ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ރޭ 21:30އިން 22:30އަށް ކުރިއަށްދިޔަ މި ފޯރަމްގައި ތަޤުރީރުކުރެއްވީ ޑރ.ސަޢުދުﷲ ޢަލީ އަދި އައްޝައިޚް ޢަބްދުލް ޢަޒީޒު ޙުސައިނެވެ. މިބޭފުޅުން ވާހަކަފުޅު ދެއްކެވި މައުޟޫއުއަކީ “ދީނުގެ ޝިޢާރުތަކަށް ޙުރުމަތްތެރިކޮށް ހިތުން” މި މައުޟޫއެވެ. މިފޯރަމްގައި ކުޅުދުއްފުށި ސިޓީގެ އިދާރާތަކުގެ...
އިބްރާހިމް އަސްވާޤް
4 އަހަރު ކުރިން
ލެފްޓިނަންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދަކީ ދިވެހި އަސްކަރިއްޔާގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު 50 އަހަރާއި 24 ދުވަހުގެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ. 1959 ވަނަ އަހަރު ޖުލައިި މަހުގެ 7 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ލެފްޓިނެންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދުގެ ސަރވިސް ނަންބަރަކީ 62 އެވެ. ލެފްޓިނެންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދާއެކު އަޅުގަނޑަށް ސިފައިންގޭގައި އެއް ޔުނިޓެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނެވެ. އެއީ މިހާރުގެ އިލެކް...
ޢަބްދުﷲ ސަޢީދު
4 އަހަރު ކުރިން
މިއީ، ގޭގައި ފަސޭހަކަމާއެކު ކުޑަ ހަރަދަކުން ބަޓަރ ޗިކަން އަވަހަށް ތަޔާރު ކޮށްލެވިދާނެ ގޮތެކެވެ. ފަރާޓަރ ނުވަތަ ރޮއްޓާއި އެކީ ރޯދަވީއްލާ ގަޑި އާއި ހާރު ގަޑިއަށްވެސް އިންސާފުކޮށްލުމަށް ކަމުދާނެ އެވެ. ބޭނުންވާ ތަކެތި 500 ގުރާމް ބޯންލެސް ކުކުޅު 1 ސައި ސަމްސާ މުގުރި އަސޭމިރުސް 1 ސައި ސަމްސާ ޖިންޖަރ ގާލިކް ޕޭސްޓް 1/2 ސައި ސަމްސާ މުގުރި ދިރި 1/2 ލުންބޮލުގެ ހުތް 1 ތަށި ޕްލެއިން ޔޯގަޓް ރަހަލާވަރަށް ލޮނު މި ހުރިހާ އެއްޗެހި […]
ޝިއުނާ އާދަމް
4 އަހަރު ކުރިން
މިދުވަސްވަރު ކަރަންޓު އިޤްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް، ސްޓެލްކޯއިން އިލްތިމާސްކޮށްފި އެވެ. ދައުލަތުގެ ކަރަންޓު ކުންފުނި ސްޓެލްކޯއިން މިއަދު ބުނެފައިވަނީ، މިއީ ރާޢްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު، އަދި މިދުވަސްވަރާއި ރޯދަ މަހާއި ދިމާވެފައިވާ އިރު، ކަރަންޓު އިޤްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ. މިގޮތުން އެންމެ ގިނައިން ކަރަންޓު ބޭނުން ކުރާ ކަމަށް ބެލެވޭ، އޭސީ ފަދަ ވަސީލަތްތައް ބޭނުން ކުރުމުގައި އިތުރަށް...
އިބްރާހިމް އަސްވާޤް
4 އަހަރު ކުރިން
އިޙްޔާ ފޯރަމްތަކުގައި ދޫކުރާ ނަންބަރުތައް ފޮރުވާފައި ބެހެއްޓުމަށް މިނިސްޓަރ އޮފް އޮސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރޭގެ އިޙްޔާ ފޯރަމް ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މާލެއާއި އަތޮޅުތަކުގައި އިޙްޔާ ފޯރަމްތައް ކުރިއަށްދާއިރު ކޮންމެ ރެއަކު، ގުރުވަތުން ހޮވޭ ފަރާތްތަކަށް އިނާމު ދެވޭނެކަމަށާއި އިޙްޔާ ފޯރަމްތަކުގައި އެރެއަކު ދޫކުރައްވާ ނަންބަރުކޮޅުތައް ފޮރުވާފައި ބޭއްވުން ވަރަށް މުހިއްމުކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރ...
އަލީ އާދިލް
4 އަހަރު ކުރިން
ރިސޯޓެއްގެ ޕެޓްރޯލް ޓޭންކް ކައިރީ މަސައްކަތު އުޅުނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދ. އަތޮޅުގައި އޮންނަ ރިސޯޓެއްގެ ޕެޓްރޯލް ޓޭންކެއްކައިރީ މަސައްކަތު އުޅުނު މީހެއް ނިޔާވެގެން ބިންމައްޗަށް ވެއްޓިފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެ މީހާ ނިޔާވެގެން ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހަށް ހުށަހަޅާފައި ވަނީ މިއަދު 6:54 ހާއިރުއެވެ. ނިޔާވެފައި އޮއްވާ ފެނިފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން […]
ތިލަދުން
4 އަހަރު ކުރިން
ހޯރަފުށީ ކައުންސިލުން ދިނުމަށް ނިންމާފައިވާ އެއްގަމު އުޅަނދު ޑްރައިވިން ލައިސެންސް ކާރޑުގެ ޙިދުމަތް 10 އޭޕްރިލް 2022 ވާ އާދީއްތަ ދުވަހުން ފެށިގެން، ދޭން ފެށުމަށް އެ ކައުންސިލުން ނިންމައިފިއެވެ. މިކަން ހާމަކޮށް އިއްޔެ އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ ލައިސެންސް ކާރޑުގެ ޙިދުމަތް އަލަށް ހޯއްދަވާ ފަރާތްތަކަށާއި ލައިސެންސް ކާރޑުގެ ކެޓަގަރީ އިތުރުކުރުމުގެ ޙިދުމަތް ހޯއްދަވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު އެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ދިހަ ފަރާތަށް ކަމަށެވެ. ލައިސެންސް […]
އިބްރާހިމް ޚަލީލް
4 އަހަރު ކުރިން
ގްރޭޓާ މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު ގެސްޓް ހައުސް ކަމަށްވާ “ދިމްޔާތު ސްޓޭ” އިން ރޯދަ ވީއްލަން ޚާއްޞަ ޕެކޭޖެއް ތައާރަފްކޮށްފިއެވެ. މިގޮތުން އެ ގެސްޓް ހައުސްއިން ވަނީ އިއްޔެއިން ފެށިގެން ރޯދަ ވީއްލަން ޚާއްޞަ މި ޕެކޭޖެއް ތަޢާރަފްކޮށްފައެވެ. މި ޕެކޭޖް ނަގައިގެން ރޯދަ ވީއްލުމަށް ގެސްޓް ހައުސްގެ ޓެރަސްގެ އައުޓް ޑޯ ނުވަތަ ޓެރަސްގެ އިންޑޯ ވެސް ބުކް ކުރެވިދާނެއެވެ. ނޫނީ ގެސްޓް ހައުސްގެ 7 ވަނަ ފްލޯގެ އިންޑޯ ވެސް ބުކް ކުރެވިދާނެއެވެ. […]
ޝިއުނާ އާދަމް
4 އަހަރު ކުރިން
އެއް ސަހަރެއްގައި އެތަކާއި ރާމާމަކުނަކާއި ކާޅެއް އުޅުނެވެ. އެ ސޮރުމެންގެ ގެއަކީ ވަލުތެރޭގައި ހުރި ދުވަސްވީ ބޮޑު ބަނބުކެޔޮ ގަހެކެވެ. ކާޅު އުޅެނީ ގަހުގައެވެ. އެތާއި ރާމާމަކުނު އުޅެނީ ގަސްދޮށުގައެވެ. ދޭތެރެއަކުން ފޫހިފިލުވާލަން މަކުނު ގަހަށްއަރައި އުޅެއެވެ. މި ތިން އެކުވެރިންގެ ތެރެއިން ވެރިއަކު ހޮވަން ނިންމި ހިސާބުން އެކަކު އަނެއްކަކާ ދެބަސްވެ އަބަދުވެސް އުޅެނީ ކޮންމެ ވެސް އަރާރުމެއްގައެވެ. މައިގަނޑު ޒުވާބަކީ އެކަކަށްވުރެ އަނެކަކުގެ މޮޅު ވާހަކައާއި މަޤާމަށް އެކަށޭނަ ވާހަކައެވެ. އެތައް ދުވަހަކު ޒުވ...
ޢަބްދުﷲ ސަޢީދު
4 އަހަރު ކުރިން
އެމެރިކާގެ ހޮސްޕިޓަލިޓީ ކުންފުނި “ހަޔާޓް” އިން ރ. ކޮތައިފަރުގައި ހެދި ރިސޯޓް އަންނަ ބުރާސްފަތި ދުވަހު ހުޅުވަން ނިންމައިފިއެވެ. “އަލީލާ ކޮތައިފަރު މޯލްޑިވްސް”ގެ ނަމުގައި ތަރައްގީ ކުރި އެ ރިސޯޓުން މިހާރު ވަނީ ބުކިން ހެއްދުމުގެ ފުރަސަތު ޓޫރިސްޓުންނަށް ހުޅުވާލައިފައެވެ. އެއީ މަތީފަންތީގެ ޓޫރިސްޓުންނަށް ހާއްސަ ރިސޯޓެކެވެެ. އެ ރިސޯޓުން މި ވަގުތު ބުކިން އަށް ހުޅުވާލައިފައިވަނީ ބީޗް ވިލާތައް އެކަންޏެވެ. ވޯޓާ ވިލާތައް ހުޅުވަން ނިންމާފައިވަނީ އަންނަ އޮގަސްޓް މަހުގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގާ...
އަޙްމަދު ވަހީދު
4 އަހަރު ކުރިން
ހއ. ދިއްދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ ގަދަ 10 ބައިވެރިންނަށް ހަދިޔާ ޕެކް ދީފިއެވެ. މިގޮތުން ގަދަ 10 އަށް ހޮވުނު ކޮންމެ ބައިވެރިއަކަށް އެ ކޮމެޓީން ހަދިޔާ ޕެކެއް ދީފައިވާއިރު، އެ ކޮމެޓީން ވަނީ އެ ބައިވެރިންނަށް ކާމިޔާބަށް އެދޭކަމަށް ބުނެފައެވެ. މިއީ އެ ބައިވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން އެ ކޮމެޓީން ދީފައިވާ ހަދިޔާ ޕެކް ތަކެކެވެ. މުބާރާތުގެ ދެވަނަ […]
ޙުސައިން ޝަހުދީ
4 އަހަރު ކުރިން
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ “ފެނަކަ އާއިލީ ޤުރުއާން މުބާރާތް 1443” ޒޯން 1ގެ ކިޔެވުން ފަށައިފިއެވެ. ފެނަކަ ރެކްރިއޭޝަން ކްލަބުން އިތިޒާމުކޮށްގެން ބާއްވާ އެ މުބާރާތުގެ ޒޯން 1ގައި ހިމެނެނީ ށ. އަތޮޅާއި ނ. އަތޮޅެވެ. މިއީ ފެނަކައިން މި މުބާރާތް ބާއްވާ 5 ވަނަ އަހަރެވެ. 2019 ވަނަ އަހަރުވެސް އެ މުބާރާތް 4 ސަރަހައްދެއްގައި ބާއްވާފައިވާއިރު، ކޮވިޑަށް އެ މުބާރާތް މެދުކަނޑާލަން ޖެހުނެވެ. އަދި މިއީ ކޮވިޑަށް ފަހު […]
އަޙްމަދު ވަހީދު
4 އަހަރު ކުރިން
ޗެކް ބޭނުންކުރުން މަދު ކުރުމަށްޓަކައި ޗެކުން ފައިސާ ނެގޭ އެންމެ މަތީ އަގެއް ކަނޑައަޅަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ. ޗެކް ބޭނުންކުރުން މަދުކުރުމާ ގުޅޭ އެކްޝަން ޕްލޭން އިއުލާންކޮށް، އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑައިރެކްޓާ ހައްވާ ލަތީފު ވިދާޅުވީ، ޗެކް ބޭނުންކުރުން މަދުކުރުމަށް 2024 ވަނަ އަހަރާ ހަމައަށް ފިޔަވަޅުތަކެއް އެޅުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޗެކުން ފައިސާ ނެގޭ ވަރު 50،000ރ. އަށް، ޑޮލަރުން ނަމަ 3،000 ޑޮލަރަށް ލިމިޓް […]
އަޙްމަދު ވަހީދު
4 އަހަރު ކުރިން
ރަމަޟާން މަހުގެ ދުވަސް ޖަމާޢަތުގައި ކުރާ ފަތިސް ނަމާދުން ފަށާށެވެ. އަދި ފަތިސްނަމާދަށް ބަންގި ގޮވުމާ ގާތް ކޮށްފައި ހާރު ކާށެވެ. ހާރުކެއުން ފަސްކުރުން ސުންނަތްވެގެންވެއެވެ. ހާރު ކެއުމަށްފަހު، ގެއިން ވުޟޫކޮށްގެން ބަންގި ގޮވުމުގެ ކުރިން މިސްކިތަށް ދިއުމަށް ނުކުންނާށެވެ. މިސްކިތަށް ގޮސް، މިސްކިތު ސުންނަތް ދެރަކުޢަތް ކުރުމަށްފަހު ޤުރްއާން ކިޔަވަން ނުވަތަ ޒިކުރު ކުރަން އިންނާށެވެ. ފަތިސްނަމާދުގެ ބަންގީގެ އަޑު އިވުމާއެކު އެބަންގިއަށް އިޖާބަދީފައި ފަތިސް ނަމާދުގެ ސުންނަށް ދެރަކުޢަތް ކުރުމަށްފަހު ގަމަތް...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
4 އަހަރު ކުރިން
މަސްވެރިންގެ ޝަކުވާއަށް ހައްލު ހޯދަން “ގޭދޮށު މަސް ޕްލާންޓް” ގެ ވަޢުދު ފުއްދުން އަވަސްކުރަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވާލައިފި އެވެ. ރައީސް ނަޝީދު މިފަދައިން ގޮވާލެއްވީ “ކެޔޮޅު މީ އަހަރުމެން ބުނިގޮތެއްނޫން” މިސުރުހީގެ ދަށުން މީސްމީޑިޔާގައި އާންމުކުރި ލިއުމެއްގަ އެވެ. މަސްވެރިންގެ އަތުން މަސް ގަތުން ކޮންޓްރޯލް ކުރުމާ ގުޅިގެން އެ މަނިކުފާނަށް ވަރަށް ގިނަ މަސްވެރިން ގުޅައި އެ ކަމުގެ ޝަކުވާ އުފުލި ކަމަށް އެލިއުން ފަށަމުން ވިދާޅުވެފައިވެއެވެ. “އަހަރު ދެކ...
އަލީ އާދިލް
4 އަހަރު ކުރިން