ހއ. އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކަކާ ގުޅިގެން ކަމަށް ބުނެ ޔޮޓް ޓުއާސަށް 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުނިން އަލިދޫ ރިސޯޓް ހިންގިއިރު 2014 ވަނަ އަހަރު މޫސުން ގޯސްވެގެން ލިބުނު ގެއްލުންތަކުގެ އިންޝުއަރެންސްގެ ފައިސާގެ ގޮތުގައި 22 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ކުރިން […]
ހުސައިން ހަބީބް
މަނަދޫ ބޮޑު ބައްތެލީގައި މަނަދޫން މާލެއަށް ކުރި ދަތުރެކެވެ. މޫސުން ގޯހެވެ. ކަނޑު ގައެވެ. އެހެންވީމާ ކަންނޭނގެއެވެ. ކައްކާނެ ހަމަ އެކަކު ވެސް ނުވިއެވެ. އެކަކު އަނެކަކަށް ފާކޮށްކޮށް ތިބީއެވެ. މެންދުރުން އަބުރާ ދިޔައިރު ވެސް ކައްކަން އުޅޭނެ މީހަކު ނުވިއެވެ. އޭރު ޢީސަބޭގެ އާދަމްބެ އިނީ ކުނބުކަފި ބުޑުގައި އިށީންދެގެން ކަފީގައި ލައްގަނެލައިގެންނެވެ. ކައްކަން އުޅޭނެ އެއްވެސް މީހަކު ނުވުމުން އާދަމްބެ ބުންޏެވެ. “އަހަރެންނަށް ކައްކަން ކެރިދާނެއެވެ. ކެއްކުމަކީ އަހަރެންނަށް ބޮޑު ކަމެއް ނޫނެވެ.” އެހެން […]
ޢަބްދުﷲ ސަޢީދު
ހދ.ހަނިމާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިގައިވާ “ހަނިމާދޫ ކައުންސިލް ޤުރުއާން މުބާރާތް 1443” ގައި ބައިވެރި ވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގައި ދިރިއުޅޭ ކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނާއި މެދު ޝައުޤު އުފެއްދުމާއި ލޯބި އިތުރުކޮށް ކިޔެވުމުގެ ރޫޙު އާލާކުރުމާއި، ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތި ރާގުގައި ޤުރްއާން ކިޔަވާ ދިވެހި ދަރިންތަކެއް އުފެއްދުމާއި އަދި އެކަމަށް...
އިބްރާހިމް ޚަލީލް
ދެވަނަ ފަހަރަށް ހުޅުވާލާ ބީލަމުގައި ބުނާ ހަމަތަކާއެއްގޮތަށް ކަންކަން ދާނަމަ ހއ. ދިއްދޫގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ 25 ޓަނުގެ އައިސްޕްލާންޓްގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފެށޭނީ 2023 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި ކަމަށް ލަފާކުރެއްވޭ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެވެ. މިނިސްޓަރު ހުސެއިން މިހެން ވިދާޅުވީ، އެކަމާއިގުޅޭގޮތުން ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު (ވައްޑޭ) ލިޔުމުން ޖަވާބު ހޯދަން […]
ޙުސައިން ޝަހުދީ
ހދ. މަކުނުދޫގައި ވައްކަމާއި ފޭރުން ފަދަ ކުށްތައް އިތުރުވެ، ރައްޔިތުންގެ މުދަލަށް ރައްކާތެރިކަން ގެއްލިފައިވާކަމަށާއި، މިވަގުތު މަކުނުދޫގައި އަމާންވެއްޓެއް ޤާއިމް ވެފައި ނެތްކަމަށް މަކުނުދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ކައުންސިލުން މިހެން ވިދާޅުވީ، މަކުނުދޫގައި ވައްކަން އިތުރުވެފަވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް މަކުދޫ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ. އެ ނޫސް ބަޔާނުގައި މަކުނުދޫ ކައުންސިލުން ވިދާޅުވީ، މަކުނުދޫގައި ވައްކަމާއި ފޭރުން ފަދަ ކުށްތައް އިތުރުވެ ރައްޔިތުންގެ މުދަލަށް ރ...
އަލީ އާދިލް
ގދ. ރަތަފަންދޫ ގޮނޑުދޮޑށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލު ކޮށްފިއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އެ މަޝްރޫއުގެ ދަށުން، 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެނ...
އަޙްމަދު ވަހީދު
މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ. ހުސައިން ރަޝީދު ހަސަންގެ ފަރާތުން ލިޔުމުން ޖަވާބު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު (ވައްޑޭ) ސުވާލެއް ފޮނުވާފައި ވަނިކޮށް، “އިދާރީ އޮޅުމަކުން” މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ. މެންބަރު ވައްޑޭ ލިޔުމުން ޖަވާބު ހޯދަން ފޮނުއްވާފައި ވަނީ ސައޫދީ ފަންޑްގެ އެހީގައި ދިއްދޫގައި ގާއިމު ކުރަން ނިންމާފައިވާ 25 ޓަނުގެ އައިސްޕްލާންޓްގެ މަސައްކަތް ނުފެށޭތީ އެކަމާއި ގުޅޭގޮތުންނެވެ. މިނިސ...
އަލީ އާދިލް
ފުވައްމުލަކު ސިޓީގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑު ކޮށްފިއެވެ. އެ ސިޓީގެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ސަފާރީތަކުން ދުވާލަކަށް 500 ޑޮލަރު (7،710ރ.) ނަގަން ނިންމާފައިވާ ކަމަށެވެ. ސަފާރީތަކުން ނަގާ ފީ ބޮޑުކުރަން ނިންމީ، މި އަހަރުގެ ޖެނުއަރީ 12 ގައި ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާގައެވެ. ނަމަވެސް އެ ނިންމުމަށް އަމަލު ކުރަން ފަށާފައިވަނީ މި މަހުން ފެށިގެންނެވެ. ފުވައްމުލަކުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ފީއެއްގެ ގޮތުގައި މިހާތަނަށް ނަގަމުން […]
އަޙްމަދު ވަހީދު
ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނުމެޗުގައި ބެންޗުގައި އިނދެފައި ކުޅެން އަރާ ފަހުވަގުތު ލޫކް ޑި ޖޮން ކާމިޔާބު ކޮށްދިން ގޯލްއިން 3-2 ގެ ނަތީޖާއިން ލެވަންޓޭބަލިކޮށް ބާސެލޯނާ ލީގް ތާވަލްގެ 2 ވަނައަށް ޖެހިލައިފިއެވެ. ލޫކް ޑި ޖޮން މި ގޯލް ކާމިޔާބުކުރީ ޖޯޑިއަލްބާ ނަގައިދިން ހުރަސް ބޮލުން ގޯލް ތެރެއަށް ވަށްދާލައިގެންނެވެ. މެޗުގައި ލެވަންޓޭގެ 2 ގޯލްވެސް ކާމިޔާބުކުރީ ޕެނަލްޓީއިންނެވެ. 3 ޕެނަލްޓީ ލެވަންޓޭއަށް ލިބުނު މިމެޗުގައި 52 ވަނަ މިނެޓްގައި ހޯޒޭ ލުއިސް […]
އަލީ ރިޔާޟް
އުރީދޫ މޯލްޑިވްސްގެ އެނުއަލް ރޯދަ ވީއްލުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނާއި ނައިބުރައީސް ބައިވެރިވެވަޑައިގެންފި އެވެ. އެ ރޯދަ ވީއްލުމުގައި ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އުރީދޫއިން ކޮންމެ ރޯދަ މަހަކު ގިނަ އަދަދެއްގެ ހާއްސަ ހަރަކާތްތައް ބާއްވައެވެ. President @ibusolih and the First Lady join @OoredooMaldives' annual Iftar pic.twitter.com/os4C6sa03Q — The President's Office (@presiden...
އަޙްމަދު ވަހީދު
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗަށް ސިޓީއާއި ލިވަޕޫލް ނުކުތްއިރު، ދެ ޓީމުން މިފަހަރުގެ ލީގު ކާމިޔާބު ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް މި މެޗުގެ ނަތީޖާގެ މުހިންމުކަން އޮތީ ބޮޑުވެފައެވެ. ދެވަނާގައި އޮތް ލިވަޕޫލަށް މެޗު ކާމިޔާބު ކޮށްގެން އެއްވަނައަށް ޖެހިލެވެން އޮތްއިރު، ސިޓީއަށް މެޗު […]
އިބްރާހިމް ޚަލީލް
“ސެލްމޮނެއްލާ” ޖަރާސީމުން ތަޣައްޔަރުވެފައިވާ ބައެއް އުފެއްދުންތައް ރާއްޖޭގައި ވިއްކައި، ބޭނުންކުރަމުންދާތީ އެކަމަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްއެފްޑީއޭ) އިން އެދިއްޖެއެވެ. އެފްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ސެލްމޮނެއްލާއިން ތަޣައްޔަރުވެފައިވާ އުފެއްދުމެއް ކަމަށްވާ “ވޭސްޓެޖަން ސްޕައިސެސް އެންޑް ސޯސެސް ބީވީ” ބްރޭންޑުގެ “ހާބަލް މިކްސް” ރާއްޖެއަށް އެތެރެވެފައިވާކަން އެ އޮތޯރިޓީއަށް ޔޫރަޕިއަން ޔޫނިއަންގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެ...
އިބްރާހިމް އަސްވާޤް
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން މިވަގުތު ކުލި ނުދައްކައި މަޑުކޮށްގެން ތިބުމަށް ހިޔާ ޔޫނިއަނުން ގޮވާލާފައިވަނިކޮން، އެއްބަސްވުމުގައިވާ ގޮތުގެމަތިން މަހުން މަހަށް ދައްކަވަންޖެހޭ ފައިސާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިތުރު ލުޔެއް ދެވެން ނެތް ކަމުގައި ބުނެފި އެވެ. ހިޔާ މަޝްރޫޢުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކަށް އެކޯޕަރޭޝަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމާ ގުޅޭގޮތުން މިރޭ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ހިޔާ މަޝްރޫޢުގެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ދައްކަންޖ...
އިބްރާހިމް އަސްވާޤް
ހދ. ނޭކުރެންދޫގައި 400 ކިލޯވޯރޓް ގެ އައު އިންޖީނެއް ބަހައްޓައި މިއަދު ހިދުމަތް ދޭން ފަށައިފިއެވެ. މިއަދު ހިދުމަތްދޭންފެށި ޖަނަރޭޓަރ ނޭކުރެންދޫއަށް ގެންގޮސްފައިވަނީ މިދިޔަ ފެބްރުއަރީ މަހު 10 ވަނަ ދުވަހު އެވެ. ޖަނަރޭޓަރ ބަހެއްޓުމަށް ގިނަ ދުވަސްތަކެއް ވެގެން ދިޔައީ އިންޖީނުގޭގައި އިންޖީނު ވެއްދުމަށް ކަނޑާފައިހުރި ޖާގަ ކުޑަވުމުން އެތަން ބޮޑުކުރަން ޖެހުމާއި، ކުރިން އިންޖީނު ބަހައްޓަން ހަދާފައިހުރި ބެޑް ބޮޑުކުރަން ޖެހުމުންނާއި ޖަނަރޭޓަރ ބަހައްޓަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހުމުންކަމަށް އެރަށު ފ...
އަލީ ރިޔާޟް
ހދ. ހިރިމަރަދޫ ކައުންސިލްގެ ފަރާތުން ބާއްވާ، “ހިރިމަރަދޫ ކައުންސިލް ޤުރުއާން މުބާރާތް 2022” އަންނަ ޖޫން މަހު ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. ހިރިމަރަދޫ ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، އެ ކައުންސިލުން މި އަހަރު ބާއްވާ ޤުރުއާން މުބާރާތް މިއަހަރުގެ ޖޫން 24 އަދި 25 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މިމުބާރާތް ހުޅުވާލާފައި ވަނީ ހިރިމަރަދޫ ރައްޔިތުންގެ ޤުރުއާން ކްލާހުގެ ދަރިވަރުންނަށެވެ. އެހެންކަމުން މި މުބާރާތުގައި ބައިވެރިކުރައްވަން ބޭނުންވާ އެ ޤުރ...
ޔުމްނާ ޢަލީ
މިއީ ގޮތް ނޭނގޭ ބަލިމަޑުކަމެއް ތަހަންމަލް ކުރަމުން އަންނަ އުމުރުން އެންމެ ވިހި އަހަރުގެ ހަނާ އުމަރާއި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ހަނާގެ މަންމަ ހުސްނާ މުހައްމަދުގެ ވާހަކައެވެ. މިއީ ހދ. ކުޅުދުއްފުށި ސިޓީގެ އާއިލާއެކެވެ. ހަނާއަކީ އޭނާގެ އުމުރުން އެގާރަ އަހަރާ ހިސާބަށް ފޯރި އިރުވެސް ސިއްހީ ސީރިއަސް މައްސަލައެއް ފާހަގަ ކުރެވިފައިވާ ކުއްޖެއް ނޫނެވެ. ނަމަވެސް އުމުރުން އެގާރަ އަހަރުގައި ނޭފަތުން ކުޑަކޮށް ލޭއައުމުގެ މައްސަލައެއް ފާހަގަ ކުރެވުމުން ޑޮކްޓަރަށް ދައްކައި ފަރުވާ […]
އިބްރާހިމް ޚަލީލް
ހއ. މަޑުލުން ޤަވާޢިދާ ޚިލާފަށް ވެލިނަގާ މައްސަލާގައި ފިޔަވަޅު އަޅައި، އެރަށް ވަރުވާއަށް ދޫކޮށްފައިވާ ފަރާތުގެ އަތުން ރަށް ވަކިކުރުމަށް ހއ. އަތޮޅު ކައުންސިލުން ގޮވައިލައިފިއެވެ. ހއ. އަތޮޅު ކައުންސިލުން މިއަދު އާންމު ކުރެއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ދަނޑުވެރިކަންކުރުމަށް ދިގުމުއްދަތަކަށް ދޫކޮށްފައިވާ، އެ އަތޮޅު މަޑުލުން ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް، ޒަމާނީ އާލާތްތައްބޭނުންކޮށްގެން ރަށުގެ ގޮނޑުދޮށުން ވެލި ނ...
ޔުމްނާ ޢަލީ
ދުވަސްގަނޑެއް ފަހެވެ. ފަސްމާމުލުންގެ ފަސްވަގުގެ ނޭފަތް ކެނޑިތަންތަން ފަސޭހަވެ، ކުރަމަގާލި ވެސް ނެއްޓިއްޖެއެވެ. މިފަހަރު ކަޅުކުރުބެއަށް ވަރުގަދަ ލަނޑެއް ދޭންވާނެޔޭ ކިޔާ ސައްލާކޮށްފައި ކަޅުކުރުބެ ހޯދަން ފަސްމާމުލުންގެ ފަސްވަގު ދިޔައެވެ. އެސޮރުމެން އެ ގޭދޮށަށް ދިޔައިރު ކަޅުކުރުބެ އުޅެނީ ވަރަށް އަވަދި ނެތިއެވެ. އެސޮރުމެން އަހައިފިއެވެ. ކަޅުކުރުބޭ ކޮން ވަޑާމެއް ހެއްޔެވެ. ކަޅުކުރުބެ ބުންޏެވެ. މިއުޅެނީ މަގޭ އަނބި ދޮންމަރިޔަނބު މަށަށް ނުބައިވެގެންނެވެ. އަބަދު އޮތީ ޝަކުވާކުރުމާއި ޒުވާބު ކުރުމެވެ. އެހެންވ...
ޢަބްދުﷲ ސަޢީދު