ބޭނުންވާ ތަކެތި 1 ކިލޯ ކެރެޓް 500 ގުރާމް ހަކުރު 100 ގުރާމް ކެޝުލް ނަޓް (ކޮށާފަ) 100 ގުރާމް ހިކި މޭބިސްކަދު 1 ތަށި ކިރު ބަޓަރު ކޮޅެއް ކުޑަ ތެޔޮ ފޮދެއް ބައި ސަމްސަލެއްގެ ވެނީލާ އެސެންސް ތައްޔާރު ކުރާނެ ގޮތް ރީއްޗަށް ކެރެޓް ދޮވެލާފަ ހިމުންކޮށް ގާނާލާށެވެ. ރީއްޗަށް ހާކާލެވޭވަރު ތެއްޔެއް ހޫނު ކޮށްލުމަށް ފަހު ބަޓަރ އަޅާފަ ކުޑަ ތެޔޮ ފޮދެއް އަޅާ ބަޓަރ ކޮޅު ވިރުވާލާށެވެ. ގޭނި ކެރެޓް އަޅާފަ މަޑު ގިނީގައި މަތި ޖަހާފަ ބަހައްޓާށެވެ. މިހެން […]
ޝިއުނާ އާދަމް
ޔުއެފާ ޔޫރަޕާލީގްގައި ބުރާސްފަތި ދުވަހުގެ ރޭ ބާސެލޯނާ އަދި ފްރެންކްފާޓް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވެއްޖެއެވެ. ބާސާއިން ގިނަވަގުތު ބޯޅަ ހިފައްޓައިގެން ކުޅުނު މި މެޗުގައި ދެޓީމަށްވެސް ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ 3 ހަމަލާއެވެ. 4 ރީދޫކާޑު އަދި 1 ރަތްކާޑް ފެނުނު މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ފްރެންކްފާޓް އިންނެވެ. މެޗުގެ 48 ވަނަ މިނެޓުގައި މިގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ މި އަހަރު ލޯނު އުސޫލުން […]
އަލީ ރިޔާޟް
އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި އޯޑިއޮލޮޖީ ޔުނިޓެއް ގާއިމުކުރަން ނިންމައިފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި އިތުރު 7 މަޝްރޫޢުއެއް ފަށަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އިންޑިއާ ހައިކޮމިޝަނުން ބުނާ ގޮތުގައި މި މަޝްރޫޢުތަކަކީ، އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ސ. ޖައިޝަންކަރު ރާއްޖެއަށް އެންމެފަހުން ކުރެއްވެވި ދަތުރުފުޅުގައި އިޢުލާންކުރަށްވާފައިވާ މަޝްރޫޢުތަކެކެވެ. އިން...
އަލީ އާދިލް
ށ. ކަނޑިތީމުގެ އެކި ސަރަހައްދުތަކުގައި ކުނި އެންދުން ހުއްޓާލުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް އެ ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ރޯކުރުމުގެ ގިނަ މައްސަލަތަކެއް ހިނގަމުން އަންނަ ކަމުގައި ޝަކުވާ އެ ކައުންސިލަށް ހުށަހެޅެމުން އަންނަ ކަމަށެވެ. މިދުވަސްވަރަކީ އިރުވައި މޫސުމުގެ، ފެންދުރު ދުވަސްވަރަށްވެފައި، އެ ގޮތަށް ރޯކުރާނަމަ އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ރަށުގެ ވެއްޓަށް، ކައިރި މުސްތަޤްބަލެއްގައި އިޔާ...
އިބްރާހިމް ޚަލީލް
މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާތަކާއި ރަސްމީ ޙަފްލާތަކާއި ނޫސްވެރިންގެ ބައްދަލުވުންތައް ލައިވްކުރަން ސިޓީ ކައުންސިލުން ނިންމައިފިއެވެ. މި ގޮތަށް ނިންމައި، ކައުންސިލްގެ ޖަލްސާތަށް ބްރޯޑްކާސްޓް ކުރާނެ ފަރާތެއް ހޯދުމަށް ފާސްކޮށްފައި ވަނީ މާލެ ކައުންސިލްގެ 4 ވަނަ ދައުރުގެ 47 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މިގޮތުން މާލެ ސިޓީ ކައުންސިލުގެ ރަސްމީ ޖަލްސާތަކާއި ރަސްމީ އިވެންޓުތަކާއި ޕްރެސް ކޮންފަރެންސް ފަދަ ރަސްމީ އިވެންޓުތައް ލައިވްކޮށް ބްރޮޑްކާސްޓުކުރެވޭނެ ގޮތް ހަމަޖެހިފައި އޮންނަ އުޞޫލުގެ ތެރެއ...
ޔުމްނާ ޢަލީ
ސަލާމަތީ މަޝްރަޙުގައި ދުނިޔޭގެ ޤައުމުތަކުން ގެންގުޅޭ އާޖުފާޖު ނުވަތަ ހޭޑިފޭޑި އަންނަނީ ބަދަލުވަމުންނެވެ. ދުނިޔޭގެ ޤައުމުތަކުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވުމަށް ނުވަތަ ނުރައްކަލެއް ކަމަށް ޤަބޫލުކުރެވޭ ބައެއްގެ ކިބައިން ރައްކާތެރިވުމަށް ސަލާމަތީ ގޮތުން އިއްޔެ ގެންގުޅު ވައްޓަފާޅި މިއަދު ވަނީބަދަލުވެފައެވެ. ދުނިޔޭގައި ކޮންމެ ޤައުމަކުން އަނެއް ހުރިހާ ޤައުމަކީ ދުޝްމަނުން ކަމަށް ދެކުނު ޒަމާނެއް ދިޔައެވެ. އެއީ އަބަދުވެސް ޤައުމުތަކުގެ ސިފައިން ނުވަތަ ސަލާމަތީ ބާރުތަކުން ތައްޔާ...
ޢަބްދުﷲ ސަޢީދު
ރާއްޖެއަށް ގެނައި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުލަތުން ދައުވާކުރާ އިސް ދެ މީހުން ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރަން ނިންމައިފި އެވެ. 2020 ވަނަ އަހަރު ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ ޑްރަގް އެތެރެކުރުމުގެ އިސް މީހުން ކަމަށް ފުލުހުން ތުހުމަތުކުރާ ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަހުމަދު މޫސާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އިއްޔެ ނިންމީ ބޭސްފަރުވާއަށް ދެ މަސް ދުވަހަށެވެ. އެ މައްސަލަ […]
ހުސައިން ހަބީބް
ށ. މިލަންދޫއާއި އެ އަތޮޅު ފޯކައިދޫއިން އެ ރަށުގެ ކުނި މެނޭޖް ކުރުމުގެ ޚިދުމަތަށް ރައްޔިތުންގެ އަތުން ކޮންމެ މަހަކު ވެސް ނަގަމުން އަންނަ “ކުނި ފީ” ރަމަޞާން މަހު ނުނަގަން އެ ރަށު ކައުންސިލްތަކުން ނިންމައިފިއެވެ. މިގޮތުން މިލަންދޫ ކައުންސިލުން ވިދާޅުވެފައި ވަނީ އެ ރަށުގެ ކުނި މެނޭޖް ކުރުމުގެ ޚިދުމަތަށް ނަގަމުން އަންނަ ކުނީގެ ފީ 1443 ވަނަ އަހަރުގެ ރަމަޟާން މަހު މިލަންދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ދޭ ހާއްސަ އިނާޔަތެއްގެ ގޮތުގައި […]
އިބްރާހިމް ޚަލީލް
1443 ވަނަ އަހަރުގެ ރަމަޟާން މަހު އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިހްޔާ ފޯރަމްގެ، ތިންވަނަ ޕްރޮގްރާމް ހދ. ކުޅުދުއްފުށި ސިޓީގައި ބާއްވަން ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގުޅިގެން ދިނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ދިނީ ޝިޢާރު އަށަގެންނެވުމަށްޓަކައި ކުރިއަށްގެންދާ މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައި ވަނީ 08 އޭޕްރިލް 2022 ވާ ހުކުރު ދުވަހުގެ ރޭ 21:30 ގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒު ހޯލުގައެވެ. “ދީނުގެ ޝިޢާރުތަކަށް ޙުރުމަތްތެރިކޮށް […]
އިބްރާހިމް ޚަލީލް
ރަމަޟާން މަހުގައި ފާފަތައް ކުރުން ހުއްޓާނުލައި ފާފަކުރުން މަތީ ދެމި ހުންނަ މީހާއަކީ މިމަހުގައި ބަނގުރޫޓުވެފައިވާ މީހެކެވެ. އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމްވެސް ޙަދީޘް ކުރައްވާފައި ވެއެވެ. ((مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابه))[16] މާނަ: “ހަޑި ހުތުރު ބަސްބުނުމާ ނުބައި ޢަމަލުތައް ކުރުމުންނާއި ޖާހިލުކަމުން އެއްކިބާ ނުވާމީހަކު، އޭނާ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވެގެން ހުރުމަށް ﷲ ތަޢާލ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ބޭނުންވާނެ ތަކެތި – 1 ޖޯޑުގެ ޗޮކްލެޓް އަލްމޮންޑް ކިރު – 3/4 ޖޯޑުގެ ޗޮކްލެޓް އައިސްކްރީމް – 1 ދޮންކެޔޮ – 1 ޖޯޑު އައިސްކިއުބް – 3 ކަދުރު – ޗޮކްލެޓް ސޯސް – 1 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑަރ ތައްޔާރުކުރާނެ ގޮތް ކަދުރުތައް އޮށްނެގުމަށްފަހު 3 މިނެޓުވަންދެން ހޫނުފެނުގައި ބަހައްޓާށެވެ. އެއަށްފަހު ކަދުރާއި ޗޮކްލެޓް ކިރާއި، އައިސްކްރީމް، ކޮކޯ ޕައުޑަރ، ދޮންކެޔޮ އަދި އައިސްކިއުބް އަޅާ ބްލެންޑަރއިން ސްމޫތްވަންދެން އެއްކޮށްލާށެވެ. ޗޮކްލެޓް […]
ތިލަދުން
ޔުއެފާ ޗެމްޕިއަންސްލީގުގައި ބުދަ ދުވަހުގެރޭ ކުޅުނުމެޗުން ބެންޒެމާ ހެޓްރިކުން އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީގެ މައްޗަށް ރިއާލް މެޑްރިޑް ކުރިހޯދައިފިއެވެ. ޗެލްސީ ދަނޑުގައި ކުޅުނު މެޗުން ރިއާލް މެޑްރިޑް މޮޅުވީ 3-1 ގެ ނަތީޖާއިންނެވެ. މެޗުގައި މޮޅަށް ކުޅުނު ޗެލްސީ ކޮޅަށް ބެންޒެމާ ފުރަތަމަ ދެގޯލްވެސް ޖަހައިފަނީ ބޮލުންނެވެ. ފުރަތަމަ ގޯލް 21 ވަނަ މިނެޓުގައި ވިނިސިއެސް ޖޫނިއާގެ އެހީތެރިކަމާއެކު ކާމިޔާބު ކުރިއިރު، ދެވަނަ ގޯލް 24 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މޮޑްރިޗު ގެ އެހީތެރިކަމާއެކުގައެވެ. […]
އަލީ ރިޔާޟް
ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ސިއްޙީ ޚިދުމަތްދޭ ތަންނުގެ ހުއްދަ ހެލްތު މިނިސްޓްރީން ބާޠިލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވާއިދު އިސްލާހުކޮށް 2021ވަނަ އަހަރު މާރޗްމަހު ޢަމަލުކުރަން ފެށުމާއިއެކު، ޚިދުމަތްދޭ ތަންތަން ޤާނޫނުގެ ދަށުން ރީރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް އަންގާފައިވާކަމަށާއި އަދި ދެފަހަރެއްގެ މަތިން އެންގުމުންވެސް ރީ-ރަޖިސްޓްރީވެ ލައިސަންސް ހޯދުމަށް ހުށަނާޅާ ސިއްޙީ ފަރުވާދޭ ތަންތަން ހިންގަމުންދާކަން ފާ...
އަލީ އާދިލް
އުރީދޫ މޯލްޑިވްސް އިން ރޯދަ މަހަށް ހާއްސަ ކުއިޒެއް ފަށައިފިއެވެ. މިއަދު ފެށި މި ކުއިޒަކީ ކޮންމެ ބުދަ ދުވަހަކު އޮންނަ ކުއިޒެކެވެ. މިއީ ޕީސް ފައުންޑޭޝަނާ ގުޅިގެން އުރީދޫ އިން ހިންގާ ކުއިޒެކެވެ. މި ކުއިޒުގައި ކުރާ ސުވާލަށް ޖަވާބު ދޭން ޖެހޭނީ އެ ކުއިޒާއެކު ދޭ ކުއިޒު ޓޭބަލުގައި ރަނގަޅު ޖަވާބު ފާހަގަކޮށް ބޮޅު އަޅައިގެންނެވެ. މި ކުއިޒު ކުރިއަށްދާނީ އުރީދޫގެ ޓްވިޓާ އާއި ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށެވެ. އުރީދޫން މި ރޯދަ […]
އަޙްމަދު ވަހީދު
މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުގައި ހދ. ކުޅުދުއްފުށި ސިޓީ މީހަކު ހޯދަން ފުލުހުން އިޢުލާން ކޮށްފި އެވެ. ފުލުހުން އާންމުންގެ އެހީއަށްއެދި ހޯދަން ވަނަ ވަރު އާންމުކޮށްފައިވަނީ، ހދ. ކުޅުދުއްފުށި / ރޫބީ، މުޙައްމަދު ޢަލީ (38އ) އެވެ. ފުލުހުން ބުނެފައިވަނީ، ބ. ތުޅާދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން […]
އަލީ އާދިލް
ރާއްޖެ އެތެރެކުރި 130 ކިލޯ ޑްރަގް މައްސަލާގައި ދައުލަތުން ދައުވާކުރާ އިސް ދެ މީހުން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ. 2020 ވަނަ އަހަރުގެ ފަހުކޮޅު ކަންނެލި ދޯންޏެއްގައި އެތެރެކުރި މަސްތުވާތަކެތީގެ މައްސަލާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރާ ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަހުމަދު މޫސާ ބަންދުން ދޫކޮށްލަން އަމުރުކުރީ ބޭސްފަރުވާއަށްޓަކަ އެވެ. ކޯޓުން އެގޮތަށް ނިންމީ ޝަރުތު ކުރުމަށްފަހު އަދި ދެ މަސް ދުވަހަށެވެ. […]
ހުސައިން ހަބީބް
އިދުރީސްބެއާއި ކަނބުރުބޭގެ ޔޫސުމްބެއާ ދެ މީހުން އުޅުނީ ކަށިމަސްތުނޑިން ބޮއްކުރައެއްގައި ގާ ގެނެސްގެން އެ ގާތައް އެއްގަމަށް އަރުވާށެވެ. އޭރު އަދި މަނަދޫގެ ފަޅެއްނުކޮނެއެވެ. ބަނދަރެއް ނުހަދައެވެ. އެއީ ހަކިންބެމެން ގެއާ ދިމާ އަތިރިމައްޗެވެ. އެންމެ ހަޅަ ދިޔަކަމުން އަނދެގެން ތިބި މުންޑާއެކު ދެ މީހުން ވެސް ތިބީ ތެމިފޯވެފައެވެ. އެހެން ތިއްބާ އެ ދިމާއަށް އަންނަތަން ފެނުނީ މަނަދޫ ކޯޓާ ހަވާލުވެގެން ހުރި ގާޒީ، ލަންދޫ ސަމަދުބެއެވެ. ނިކަން ހަރުކޮށް ހިނގާފައި އައިސް އިދުރީސްބެއަށް ގޮވާލާފައި […]
ޢަބްދުﷲ ސަޢީދު
މީހުން ތަމްރީން ކުރުމަށް ފެނަކައިން އުފެއްދި ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗް، ނޭޝަނަލް ޓްރޭޑް ޓެސްޓް ސެންޓަރެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފިއެވެ. މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ހިންގާ ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސަޓިފިކޭޝަން ޕްރޮގްރާމްގެ ދަށުން، ޓްރޭޑް ޓެސްޓިން ހިންގުމަށް ކޮލިޓީ އެޝުއަރެންސް އެއްބަސްވުމެއްގައި ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ފެނަކަ އިންސްޓިޓިއުޓްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިއަދުއެވެ. އެއާއެކު ނޭޝަނަލް ޓްރޭޑް ޓެސްޓް ސެ...
އަޙްމަދު ވަހީދު