ގްރޭޓާ މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު ގެސްޓް ހައުސް ކަމަށްވާ "ދިމްޔާތު ސްޓޭ" އިން ރޯދަ ވީއްލަން ޚާއްޞަ ޕެކޭޖެއް ތައާރަފްކޮށްފިއެވެ.
މިގޮތުން އެ ގެސްޓް ހައުސްއިން ވަނީ އިއްޔެއިން ފެށިގެން ރޯދަ ވީއްލަން ޚާއްޞަ މި ޕެކޭޖެއް ތަޢާރަފްކޮށްފައެވެ.
މި ޕެކޭޖް ނަގައިގެން ރޯދަ ވީއްލުމަށް ގެސްޓް ހައުސްގެ ޓެރަސްގެ އައުޓް ޑޯ ނުވަތަ ޓެރަސްގެ އިންޑޯ ވެސް ބުކް ކުރެވިދާނެއެވެ. ނޫނީ ގެސްޓް ހައުސްގެ 7 ވަނަ ފްލޯގެ އިންޑޯ ވެސް ބުކް ކުރެވިދާނެއެވެ.

އެ ގެސްޓް ހައުސްއިން ތައާރަފްކޮށްފައިވާ ޕެކޭޖްގައި ހަފުތާގެ ކޮންމެ ދުވަހަކަށް ތަފާތު މެނޫއެއް ކަނޑައަޅާފައިވާއިރު، ބޮލަކަށް ކަނޑައަޅާފައިވާ ރޭޓަކީ 249 ރުފިޔާއެވެ. އަދި ރޯދަ ވީއްލުން ބުކް ކުރާއިރު ގްރޫޕެއްގައި މަދުވެގެން 10 މީހުން ތިބެން ޖެހޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.

ޕެކޭޖްގައި ހިމެނޭ މެނޫއާއި އެއްގޮތަށް ދިމްޔާތު ސްޓޭގެ ރޯދަ ވީއްލަން ހާއްސަ ޕެކޭޖަށް ޚިދުމަތް ފޯރުކޮށްދޭ ބުފޭ އަކީ ތަފާތު ގިނަ ބާވަތްތަކުން މުއްސަނދި ބުފޭ އެކެވެ. މި ބުފޭގައި ރަހަމީރު ކާނާގެ އެތައް ބާވަތެއް ހުރެއެވެ.

ހިތްގައި މާހައުލެއްގައި އާއިލާއާއި ރައްޓެހިންނާއެކު ރޯދަ ވީއްލުމަކަށް އިންސާފް ކުރުމަށް ދިމްޔާތު ސްޓޭއަކީ އެންމެ ރަނގަޅު ޗޮއިސްކަމަށް އިއްޔެގެ ރޯދަ ވީއްލުމުގައި ބައިވެރިވި ބައެއް މީހުން ބުންޏެވެ.

ދިމްޔާތު ސްޓޭގައި ރޯދަ ވީއްލުން ބުކް ކުރަން ގުޅަންޖެހެނީ 3328920 ނުވަތަ 3322392 ނުވަތަ 3324381 ނަމްބަރު ފޯނާއެވެ. އަދި 7288920 ނަމްބަރު މެދުވެރިކޮށް ވައިބާ މެދުވެރިކޮށް ބުކް ކުރެވޭނެއެވެ.

އަގާ އެއްހަމައެއްގައި ރޯދަ ވީއްލުމުގެ ޚިދުމަތް ފޯރުކޮށްދޭ، ޒަމާނީ، ކޮލިޓީ ތަނެއް ހޯދާ ފަރާތްތަށާއި، ޢާއިލާއާއި ރައްޓެހިންނާއެކު އެކުވެރި، ހިތްފަސޭހަ މާހައުލެއްގައި ރޯދަ ވީއްލުމުގެ ވަގުތު ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކާއި، ގްރޫޕް ރޯދަވީއްލުންތަކަށާއި، އަދި މި ނޫން ވެސް ފަރާތްތަކަށް ދިމްޔާތަކީ އެންމެ ރަނގަޅު ހޮވުންކަން ކަށަވަރުކުރުމަށް އަޖުމަ ބަލައިލަމާތޯއެވެ؟
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!