މަސްވެރިންގެ ޝަކުވާއަށް ހައްލު ހޯދަން “ގޭދޮށު މަސް ޕްލާންޓް" ގެ ވަޢުދު ފުއްދުން އަވަސްކުރަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވާލައިފި އެވެ.

ރައީސް ނަޝީދު މިފަދައިން ގޮވާލެއްވީ “ކެޔޮޅު މީ އަހަރުމެން ބުނިގޮތެއްނޫން” މިސުރުހީގެ ދަށުން މީސްމީޑިޔާގައި އާންމުކުރި ލިއުމެއްގަ އެވެ.

Ad
rt

މަސްވެރިންގެ އަތުން މަސް ގަތުން ކޮންޓްރޯލް ކުރުމާ ގުޅިގެން އެ މަނިކުފާނަށް ވަރަށް ގިނަ މަސްވެރިން ގުޅައި އެ ކަމުގެ ޝަކުވާ އުފުލި ކަމަށް އެލިއުން ފަށަމުން ވިދާޅުވެފައިވެއެވެ.

“އަހަރު ދެކޮޅު ރާއްޖޭގައި މަސްވެރިކަން ރަގަޅުވެއެވެ. މި ތައްގަޑު، ދިވެހިން އަތުން ހިފާ ދެނެގަނެ އުޅޭތާ ހާހަކަށް ވުރެން ގިނަ އަހަރުވެއްޖެއެވެ. ތައްގަޑު ސާފުކޮށްދޭ މަސްވެރިކަން ރަގަޅު މޫސުން އަންނަ ކޮންމެފަހަރަކު ބާނާ މަސްގިނަވެ އެއަށް ހަދާނެގޮތް އޮންނަނީ ހުސްވެފައެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ ކޮންމެ އިންތިހާބަކަށް ނުކުންނަ ކޮންމެ މެނިފެސްޓޯއެއްގައިވެސް މަސްވެރިންބާނާ މަސް ގަނެވި އަދި އެއަށް ހަމައަގު ލިބޭނޭ ގޮތްތައް ރައްޔިތުންނަށް ހުށަހަޅައެވެ. މަހުގެ ހަމަ އަގު ހޯދުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލާ ތަންފީޒު ކޮށްދޭނެކަމަށް ވައުދުވެއެވެ.”

އެމް.ޑީ.ޕީ މެނިފެސްޓޯގައި ހުށަހަޅާފައިވާ ތަސައްވަރަށް އަލިއަޅުވާލަމުން ވިދާޅުވެފައި ވެއެވެ.

އެގޮތުން 2013 ވަނައަހަރުގެ މެނިފެސްޓޯގައި ކޮންމެސް މިންވަރަކަށް، އެހެންނަމަވެސް 2018 ވަނަ އަހަރުގެ މުޅި މެނިފެސްޓޯވެސް ވަރަށް ބޮޑުދަރަޖައަކަށް އެކުލަވާލެވުނީ ކަނޑުގެ ރޯދި ހޯދުމުގެ ހުށަހެޅުމެއްގެ ގޮތުގައި ނޫއިޤްތިސޯދެއް ބިނާކުރުމަށް މަސްވެރިކަމުގެ ފުރިހަމަ ނަފާ ހޯދުމަކީ މިސިޔާސަތުގެ ނާރެސްކަމުގައި ވިދާޅުވެފައި ވެއެވެ.

“ރާއްޖޭ މަސްވެރިން ބާނާ މަސް އަދިވެސް އެންމެ ގިނައިން ގަންނަނީ ސަރުކާރުގެ ކުންފުނިތަކުންނެވެ. އެމް.ޑީ.ޕީ ގެ 2018 ވައަހަރުގެ މެނިފެސްޓޯ ދުށްގޮތުގައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިއީއެވެ. އެސިނާއަތުގައި ސަރުކާރު ބައިވެރިވާ މިންވަރު ބޮޑުވުމެވެ. ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާމަސް ގަނެ އެމަސް ބަންދުކުރެވި ރާއްޖެއިންބޭރަށް ފޮނުވުމުގެ ޤާބިލްކަން އެއްވެސް ސަރުކާރަކަށް ނުހޯދުނެވެ. ހޯދިދާނެކަމަށް ދެކުމަކީވެސް އަމާޒު ގެއްލުމެވެ.”

އެލިއުމުގައި ވިދާޅުވެފައި ވެއެވެ.

އެގޮތުން މި ސަރުކާރު އެމައްޗައް އުފެދިފައިވާ މެނިފެސްޓޯ، އެ މައްސަލައަށް ހައްލެއް ހުށައެޅިކަމަށާއި އެއީ މަސްވެރިން ބާނާހާ މަހެއް ވިއްކީ، ބަންދުކުރެވި ބޭރުކުރެވިދާނެ އިންތިޒާމެއް 2018 ވަނަ އަހަރުގެ އެމް.ޑީ.ޕީ މެނިފެސްޓޯ ހުށަހެޅި "ގޭދޮށު
"ގޭދޮށު މަސް ޕްލާންޓް" ގެ ސިޔާސަތު ކަމުގައި ވިދާޅުވި އެވެ.

މަސް ގަޑުކޮށާއި ފިނިކޮށް ރައްކާކުރުމާއި އަދި މަސްބަންދުކުރުމުގެ، މިއަދުގެ ސިނާއަތުގައި، ކުދި، މަސްބަންދުކުރާ ނިޒާމްތައް
އިންތިހާއަށް ފައިދާ ބޮޑުކޮށް އެތައް ޤައުމެއްގައި އެބަހިންގާކަމަށާއި އެއީ ދުވާލެއްގެ މައްޗައް ދިހައެއް ނުވަތަ ޓަނު ބަންދުކުރެވޭ
މިންވަރުގެ މަސްބަންދުކުރާ ނިޒާމް ތަކެއްކަމަށް ވިދާޅުވި އެވެ.

“ވިހި ތިރީސް މީހުން މަސައްކަތް ކުރާ ގޭދޮށު ކުދި ފެކްޓަރީތަކެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އަބަދުވެސް އޮންނަނީ ދައުލަތުގެ ކޮންޓްރޯލް" ގައެވެ. ރޯމަސް ގަތުމުގެ ހުއްދަ އާންމުފަރާތް ތަކަށް ދޫކޮށްލާން ފެއްޓުނީ 2003 ވަނައަހަރުއެވެ. 2008 ވަނަ އަހަރުގެ އެމް.ޑީ.ޕީ ސަރުކާރުން މިކަން އިތުރަށް ފުޅާކުރިއެވެ. މަސްގަންނަ އަމިއްލަ ކުންފުނިތައް ގިނަވެ، މަހުގެ އަގު އުފުލޭން ފެށިއެވެ. 2012 ވަނައަހަރު އެމް.ޑީ.ޕީ
ސަރުކާރު ވައްޓާލުމަށް ފަހުގައި އެންމެ ފުރަތަމަ ގެނެވުނު އެއްބަދަލަކީ މަސްވެރިކަމުގެ ސިޔާސަތައް ގެނެވުނު ބަދަލެވެ.”

ނަތީޖާއެއްގެ ގޮތުން މަހުގެ އަގު އިންތިހާއަށް ދައްވެގެން ދިޔައީކަމުގައި ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި މަސްފިނިކުރާ ގުދަންތަކާއި މަސްބަންދުކުރާ ކާރުހާނާތައް ހައްދައިގެން މަސްވެރިކަމުގެ ސިނާއަތް
ކުރިއަށް ގެންދެވެން ނެތްކަން ވަރަށް ބޮޑަށް ސާފުވަމުން އަންނަތާ އެތައްދުވަހެއްވެފައިވާ ކަމަށާއި މިއަދުވެސް، އަނެއްކާވެސް ސަރުކާރަށް ދަންނަވާން އޮތީ، އެމް.ޑީ.ޕީ މެނިފެސްޓޯގެ މަގަށް ރުޖޫއަވެ، ވީވައުދު ފުއްދުމަށް މަސައްކަތް ކުރުމަށް ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ބޮޑުކޮށް އެތަންތަނުގެ ފިނިގުދަން ޖާގައާއި ކާރުހާނާ ޖާގަ ބޮޑު ކުރުން ހުއްޓާލުމަށާއި ރާއްޖޭގެ މަސްވެރި ރަގަޅު ރައްރަށުގައި، ރަށުކައުންސިލާއި، މަސްވެރިންނާއި އަދި ވިޔަފާރިވެރިންނަށް ހިއްސާވެވޭނެ ނިޒާމެއްގައި ހިންގާ ކުދި މަސް ފެކްޓަރީތައް ހެދުން އަވަސް ކުރުމަށް ގޮވާލާފައިވެއެވެ.