މިދުވަސްވަރު ކަރަންޓު އިޤްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް، ސްޓެލްކޯއިން އިލްތިމާސްކޮށްފި އެވެ.
ދައުލަތުގެ ކަރަންޓު ކުންފުނި ސްޓެލްކޯއިން މިއަދު ބުނެފައިވަނީ، މިއީ ރާޢްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު، އަދި މިދުވަސްވަރާއި ރޯދަ މަހާއި ދިމާވެފައިވާ އިރު، ކަރަންޓު އިޤްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.
މިގޮތުން އެންމެ ގިނައިން ކަރަންޓު ބޭނުން ކުރާ ކަމަށް ބެލެވޭ، އޭސީ ފަދަ ވަސީލަތްތައް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މިހިނގާ އޭޕްރިލް މަހަކީ ރާއްޖެއަށް ފަހުގެ ތާރީހެއްގައި އަންނަ އެންމެ ހޫނު ގަދަ މައްސަރުކަމަށް ބުނެފައެވެ.
މިދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށްވުރެ، އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު، އަދި މިދުވަސްވަރާއި ރޯދަމަސް ދިމާވެފައިވާތީ، ކަރަންޓު އިގުތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއްދީ، އެންމެ ގިނައިން ކަރަންޓު ބޭނުން ކުރާ ކަމަށް ބެލެވޭ،
— STELCO (@STELCOMALDIVES) April 8, 2022
އޭޕްރީލްމަހަކީ އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް އެންމެ ހޫނުގަދަ މަހެވެ. އަދި މިއީ ރޯދަމަހަށް ވުމާއެކު ގިނަވަގުތު އަވީގައި ނޫޅުމާއި އާންމު ސިއްހަތަށް ވިސްނައިގެން އުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. އާންމުގޮތެއްގައި ރޯދަމަހުގެ މެންދުރު 14:00 އަކީ އެންމެ ހޫނުގަދަވާ ވަގުތެވެ. އަދި މިއީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރުވެސްމެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!