ގައުމީ އެއާލައިން، މޯލްޑިވިއަން އީދާ ދިމާކޮށް މެލޭޝިއާއަށް ދަތުރުތަކެއް ތާވަލު ކޮށްފިއެވެ. އެ އެއާލައިނުން ބުނި ގޮތުގައި މެލޭޝިއާއަށް ދެ ދުވަހު ދަތުރު ކުރާނެއެވެ. އެއީ މި މަހުގެ 28 އަދި އަންނަ މަހުގެ ހަތް ވަނަ ދުވަހުގައެވެ. އެ ދަތުރުތަކަށް ބުކިން މާދަމާއިން ފެށިގެން ހުޅުވާލާނެއެވެ. ފެއާ ފެށޭ އަގަކީ 399 ޑޮލަރެވެ. އެ އެއާލައިނުން މެލޭޝިއާއަށް ދާން ބެގެޖް އެލަވެންސްގެ ގޮތުގައި މީހަކަށް 30 ކިލޯ ލިބޭނެއެވެ. މޯލްޑިވިއަން އިން ކޮންމެ އަހަރަކުވެސް އީދާ […]
އަޙްމަދު ވަހީދު
ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. ދެވަނަ އަދި...
އަޙްމަދު ވަހީދު
ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ޖަރުމަނުގެ ފްރެންކްފާޓް އަތުން ބަލިވެ ބާސެލޯނާ މުބާރާތުން ކަޓައިފިއެވެ. މި ދެ ޓީމް ބައްދަލުކުރި ޔޯރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ފްރޭންކްފާޓްގެ ދަނޑުގައެވެ. އެ މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. މުބާރާތުގެ ކުއާޓާގެ ދެވަނަ ލެގުގެ މެޗު ރޭ ބާސާގެ ދަނޑުގައި ކުޅެފައިވާއިރު، ފްރޭންކްފާޓުން މެޗު ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ވުމާއެކު ފްރޭންކްފާޓަށް […]
އިބްރާހިމް ޚަލީލް
ޛިކުރު ކުރުމަކީ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރެއިން ވާކަމެކެވެ. މުސްލިމު މީހާ އަބަދުވެސް ﷲ ހަނދުމަކޮށް ޛިކުރު ކުރާ ކަމުގައިވަނީނަމާ އޭނާ ވާނީ ހަމަޖެހިގެންވާ ދިރިއުޅުމެއްގައެވެ. ކިތަންމެ ބޮޑު ކަމެއް ލައިގަތަސް އޭނާގެ ކިބައިގައި މާބޮޑު ހާސް ކަމެއް ނުވާނެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴿٢٨﴾ މާނަ: “އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ […]
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ކޮންމެ އަހަރެއްގެ ރޯދަމަހުވެސް ގިނަ މީހުން ކޮށް އުޅޭ އެއް ކަމަކީ އާއިލާއާއި އެކު ރޯދަ ވީއްލުންތަކަށް ދިއުމެވެ. އެކި ސުފުރާތަކުގެ ރަހަ ބެލުމެވެ. އޭގެ ތެރޭގައި އެންމެ ގިނަ މީހުން ޚިޔާރު ކުރާ ތަނަކަށް ވެފައި އޮންނަނީ ރެސްޓޯރެންޓުތަކެވެ. އާއިލާއާ އެކު ނުވަތަ އޮފީސް ރައްޓެހިންނާއި ރަޙުމަތްތެރިންނާއެކު ގޮސް ރޯދަ ވީއްލާލުމަކީ ފަހަކަށް އައިސް ދިވެހިންގެ ޓްރެންޑް އެކެވެ. އެގޮތުން ހުޅުމާލޭގައި އުޅޭ ފަރާތްތަކަށް ނުވަތަ މާލޭގައި އުޅޭ ފަރާތްތަކަށް އެންމެ ރަނގަޅު އަގެއްގައި އިންސާފުކޮށްލުމަށް […]
އަލީ އާދިލް
ކިޔޫގައި ތިބެގެން ފިތުރު ޒަކާތް ދައްކަން ދަތުވާ މީހުންނަށް އުރީދޫ މޯލްޑިވްސް އިން ތައާރަފު ކުރި ހިދުމަތަކީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ހިދުމަތެކެވެ. އެއީ އެ ކުންފުނީގެ ޑިޖިޓަލް ވޮލެޓް އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކެވުމެވެ. އެ ހިދުމަތް އުރީދޫ އިން ދެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. މިއަހަރު ވެސް ގޭގައި ތިބެގެން މި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެމްފައިސާއިން ޒަކާތް ދައްކަން ވަރަށް ފަސޭހައެވެ. ލޮގިން […]
އަޙްމަދު ވަހީދު
އެކި މީހުން “މިލްކް ކޭކް” އަޅަނީ ތަފާތު އެކި ގޮތް ގޮތަށެވެ. މިއަދު މިކިޔާދެނީ ރޯދަމަހުގެ ސުފުރާ ފަޅުފިލުވާލުމަށް ފަސޭހައިން ތައްޔާރު ކުރެވިދާނެ ގޮތެކެވެ. މިއީ ކުޑަ ހަރަދަކުން ތައްޔާރު ކުރެވޭ މީރު ކޭކެކެވެ. ބޭނުންވާ ތަކެތި 1 ޕެކެޓް ވެނީލާ ކޭކް މިކްސް 3 ބިސް 1/3 ތަށި ފެން 1/2 ތަށި ތެޔޮ ހުރިހާ އެއްޗެއް އެއްކޮށް ރަނގަޅަށް އެއްކޮށްލާށެވެ. ޓްރޭ ސެޓް ކުރުމަށްފަހު އަވަން 180 ހޫނުމިނުގައި 40 މިނެޓު ވަންދެން ފިހެލާށެވެ. އެކި […]
ޝިއުނާ އާދަމް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފައިވާ ކަމަށާއި, އެ މަނިކުފާނު ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގަންނަވާކަމަށް ވެސް ރައީސް އޮފީހުން މަޢުލޫމާތު ދެއްވި އެވެ. ސިއްހީ ފަރުވާއަކަށް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުވެސް ރައީސް ސިންގަޕޫރަށް ވަ...
އަލީ އާދިލް
ހދ. އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ގެ އޮފީސް އިމާރާތުގެ މަސައްކަތް ކުރުމަށް ‘އިވޯސަން މޯލްޑިވްސް’ އާ ހަވާލުކޮށްފި އެވެ. އެއްބަސްވުމުގައި ސޮއިކުރުންމުގެ ރަސްމިއްޔާތު އޮތީ މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަންގަ އެވެ. މިރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްރަ ޑރ. އައިސަތު އަލީގެ އިތުރުން ކުޅުދުއްފުށީގެ މަޖިލިސް މެންބަރުން ބައިވެރިވި އެވެ. އެކުންފުންޏާއި މި މަސައްކަތް ހަވާލު ކުރެވުނީ 8,355,517.18 ރއަށް، 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނިމޭނެކަމަށް ލަފާކުރާ ތާރީޚް އަކީ 1 މާރިޗު 2023 […]
އިބްރާހިމް އަސްވާޤް
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް 3 ބިލެއް ރައީސް އޮފީހަށް މިއަދު ވަނީ ފޮނުވާފައިކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ. އެ އޮފީހުން ވިދާޅުވީ މިއަދު ފޮނުވި ތިން ބިލަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދައުލަތުގެ މާލިއްޔަތު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ކުނި މެނޭޖުކުރުމުގެ ބިލު ކަމަށެވެ. ސަރުކާރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ހެކިބަސްދޭ ފަރާތްތައް ޙިމާޔަތްކުރުމާގުޅޭ ތަފްޞީލީ އު...
އަލީ އާދިލް
އަނބިމީހާގެ ގައިގައި ކޮނޑަކުން ޖަހައި، ކަރުގައި ހިފި މައްސަލައެއްގައި ފިރިމީހާގެ މައްޗަށް ކުރާ ދައުވާ ބަލަން ހައި ކޯޓުން އަންގައިފި އެވެ. ދިވެހި ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ކައިވެނިކޮށްގެން އުޅުނު ކ. ހުރާ އަންހެނެއްގެ ކަނދުރާގައި ޕްލާސްޓިކް ކޮނޑަކުން ޖަހައި އަދި އޭނާގެ ކަރުގައި ހިފައިގެން އެނދުމައްޗަށް ވައްޓާލި ކަމަށް ބުނެ އެވެ. ފިރިހެން މީހާއަކީ މާލޭ މީހެކެވެ. ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ ފިރިހެން […]
ހުސައިން ހަބީބް
އެވިޑު ކޮލެޖުން ހިންގާ ހުރިހައި ކޯހެއްގައި ވަކި މޮޑިޔުލްއެއްގެ ގޮތުގައި ދިވެހި ޤައުމިއްޔަތު ކިޔަވައިދޭން ނިންމައިފިއެވެ. އެކަން ޢިއުލާން ކުރެއްވީ، ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް އެ ކޮލެޖުން މިއަދު ކުރިއަށް ގެންދިޔަ ޚާއްޞަ އެސެންބުލީގެ ތެރެއިން، އެވިޑް ކޮލެޖުގެ ޗެއަރމަން ޢަބްދުﷲ މުޝްތާޤް ރަޝާދެވެ. މިއަދުގެ އެސެމްބްލީގައި ޗެއާމަން މުޝްތާޤްގެ އިތުރުން ކޮލެޖްގެ ރެކްޓަރ ޑރ. ސުނީނާއާއި، ވައިސްރެކްޓަރު ފަޔާޒްގެ އިތުރުން އެ ކޮލެޖްގެ ފެކަލްޓީތަކުގެ ޑީނުންނާއި، ބައެއް ޑެޕިއުޓީ ޑީނުން ވަނީ ވާހަކަ ދައްކ...
ޔުމްނާ ޢަލީ
ހއ. ހޯރަފުށީ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ކައުންސިލުގެ ލޯގޯއާއި ދިދަ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައި މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި. ލޯގޯއާއި ދިދަ ފަރުމާ ކުރުމުގައި ވިސްނަންވީ ކަންކަމުގެ މަޢުލޫމާތު ވަނީ ވަރަށް ތަފްސީލްކޮށް ހިމަނާފައެވެ. މިގޮތުން ހުށަހަޅާ ޑިޒައިނަކީ އޮރިޖިނަލް ޑިޒައިނަކަށް ވާންވާނެ ކަމަށާއި ލޯގޯ އެއްގެ ކޮޕީއަކަށް ނުވަތަ ލޯގޯއިން ބައެއްގެ ކޮޕީއެއް ހިމަނައިގެން ލޯގޯ ފަރުމާ ނުކުރުމަށާއި، އަދި...
އިބްރާހިމް ޚަލީލް
ދިވެހިބަހަށް ޤަދަރުކޮށް، އިޚްލާޞްތެރިވުމަކީ ޢަމަލުން އެކަން ސާބިތުކޮށްދިނުން ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ އަޝްރަފް ޢަބުދުއްރަޙީމް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހާއި ގުޅުވައިގެން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ފޮނުއްވި ޚިޠާބެއްގައި ވިދާޅުވީ، ދިވެހިބަހަކީ ބަހަކަށް ލިބިދޭންޖެހޭ އެންމެހައި ސިފަތައް ލިބިފައިވާ ރީތި ބަހެއް ކަމަށެވެ. އަދި ބަހެއްގައި ހުންނާންޖެހޭނޭ ކަމަށް ބަހުގެ ޢިލްމުވެރިން ފާހަގަކުރައްވާ އެންމެ ފުރިހަމަ ސިފަތައް ލިބިފައިވާ ބަހެއް...
ޙުސައިން ޝަހުދީ
ރާއްޖޭގެ އިގްތިސާދީ ދުވެލި 2023 ގައި ކުރިއެރި ނަމަވެސް ދަރަންޏާމެދު ކަންބޮޑުވާ ކަމަށް ވޯލްޑު ބޭންކުން ބުނެފިއެވެ. އެ އިދާރާއިން އިއްޔެ ނެރުނު އަޕްޑޭޓުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސާދު ކުރިއެރި ނަމަވެސް ދަރަންޏާ ހެދި މާލީ ބުރައެއް އުފުލަން ޖެހިދާނެއެވެ. އެހެންވެ، ދަރަނި ރަނގަޅަށް މެނޭޖްކުރަން ވަނީ ސަރުކާރަށް ލަފާ އަރުވައިފައެވެ. އެ އަޕްޑޭޓުގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 10.2 އިންސައްތަ ކުރިއަރާނެއެވެ. އެ އިދާރާއިން ލަފާ ކުރާ ގޮތުގައި ދަރަނީގެ […]
އަޙްމަދު ވަހީދު
މިއަދު ފާހަގަ ކުރަމުންދާ ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާއްސަ އެސެމްބްލީއެއް ބާއްވައިވެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި، މި އަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދި ވަނީ އެ ކައުންސިލްގެ އިދާރާގައި ހާއްސަ އެސެމްބްލީއެއް ބާއްވާފައިއެވެ. މި އެސެމްބްލީ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ކުޅުދުއްފުއްޓަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާގެ އެސިސްޓ...
ޔުމްނާ ޢަލީ
ކޮންމެ ދުވަހަކު ބަނޑުފުރާނަ މުއްތިކުރުމަށް މަސް ހިފަން ނުގޮސްވާނެ ފަސޭހަގޮތެއް އޮތްތޯ މާކަނާކަލޯއަށް ވިސްނިއެވެ. ވަރަށް ބޮޑަށް ވިސްނުމަށްފަހު މަހަށްދާ ކެޔޮޅަކާ އެއްބަސްވުމެއް ހެދިއެވެ. އެ އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު ކެޔޮޅުބޭ މާކަނާކަލޯއަށް މަހެއް ގެނެސްދެއެވެ. އޭގެ ބަދަލުގައި ކެޔޮޅުބެއަށް މާކަނާކަލޯގެ ގައިން ލުހެފައި ފަތެއް ދެއެވެ. ކެޔޮޅުބޭ މާކަނާދޭ ފަތުން މަސް ބާނާ ވަދު ހަދައެވެ. މާކަނާކަލޯ ގޭގައި އެއްވެސް ކަމެއް ނުކޮށް އިނދެގެން މަސްކަމުންދެއެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހ...
ޢަބްދުﷲ ސަޢީދު
ކުޑަކުދިންގެ މައްސަލަތަކުގައި އެކަށީގެންވާ އިންސާފު ޤާއިމް ނުކުރެވުމަކީ ކަންބޮޑުވުމެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ. އެ ޕާޓީން މިއަދު އާންމު ކުރި ނޫސް ބަޔާނެއްގައި ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނގަމުންދާ ކުޑަކުދިންނަށް ކުރެވޭ އަނިޔާގެ ތަފާތު އެކި މައްސަލަތަކުގައި އެކަށީގެންވާ އިންސާފު ޤާއިމް ނުކުރެވުމަކީ އެ ޕާޓީގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. މިގޮތުން އައްޑޫސިޓީގައި ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކު...
އަލީ އާދިލް