ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހޯދަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާކަމަށެވެ. އަދި އޭނާގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ...
ޔުމްނާ ޢަލީ
ހއ.އިހަވަންދޫ ކުލަބް ޕޯލްސްޓާގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުލަބް ޕޯލްސްޓާ 20 ވަނަ ޤުރުއާން މުބާރާތް 1443” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު 13 އޭޕްރިލް 2022 ވީ ބުދަ ދުވަހުން ފެށިގެން 18 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާއިރު، މުބާރާތުގައު ބައިވެރިވުމަށް ތިރީގައިވާ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ފޮނުވުމަށް އެ ކުލަބުން ވަނީ އެދިލައްވާފައެވެ. ފޯމް: https://forms.gle/w2Yi58QZw6gTGsAz7 […]
އިބްރާހިމް ޚަލީލް
ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑް އޮޕަރޭޝަނަށް ގެނެސް ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފިއެވެ. ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައި ވަނީ މިއަދު ހެނދުނު 9:00 ޖަހާކަންހާއިރުން ފެށިގެންނެވެ. ސްޓެލްކޯއިން ބުނީ އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި އެ ކުންފުނީގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑްގެ ހިދުމަތް މެދުކެނޑުނީ ކަމަށެވެ. އެ މައްސަލަ ދިމާވުމުން މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދެމުން ގެންދިޔައީ އި...
އަޙްމަދު ވަހީދު
ނޭޝަނަލް ޑްރަގް އެޖެންސީއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް ހެލްތްގައި ބޭއްވި ރަސްމިއްޔާތެއްގައި، ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން ޗީފް އެގްޒެކެޓިވް އޮފިސަރު މަރިޔަމް ޙާލިދާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަލްފާޟިލް އާދަމް އާޒިމެވެ. އެ އެމްއޯޔޫއަކީ އެންޑީއޭ އިން ދެމުންދާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް މުޖުތަމައާ ގުޅޭ ފަރާތްތައް މުޖުތަމައަށް...
އަޙްމަދު ވަހީދު
ފަރުޟު ނަމާދެއް ނުވަތަ ތަރާވީޙް ނަމާދު ނުވަތަ ދަމު ނަމާދު ނުވަތަ އެހެން ސުންނަތް ނަމާދެއް ކުރި ކަމުގައިވީނަމަވެސް ނަމާދުގައި ޚުޝޫޢަތްތެރި ވުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމާދު ކުރާއިރު އެހާ ކަމާނުވެ ހުރެ ބިންމަތީގައި ނިތްކުރި ތަޅާލާފައި ދާހެން ނަމާދު ކޮށްގެން ދިއުމަކީ މިހާރު އާންމު ވެފައިވާ ކަމެކެވެ. މާނައަކީ ގިނަފަހަރަށް ނަމާދު ކުރާއިރު ޙަޤީޤަތުގައި މިކުރެވެނީ ކޮންކަމެއްކަމެއް ޚިޔާލަކަށް ނުގެނެވެއެވެ. ބައެއްފަހަރަށް ނަމާދުގައި ހުރެ، ފިހާރައިގެ ހިސާބުކިތާބު ހަދާލާއިރު، އުސްތާޛު ހަދަން ދެއްވާފަ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ހަވާދު ހެދުމަށް ބޭނުން ވާ ތަކެތި 1 ކިބަ ކާށި (މެދު ސައިޒު) (އުކުރާފަ ފިހެފައި) 1 ބޮޑު ފިޔާ 4 ލޮނުމެދު 1/2 ގިތެޔޮ މިރުހެއް 1 އިންޗި އިނގުރު 5 ވަރަކަށް ހިކަނދި ފަތް 1 ސަމްސާ ދިރި 1 ސަމްސާ އަސޭމިރުސް 1 ސައި ސަމްސާ ދަވިއްގަނދު 1 ސައި ސަމްސާ ކޮތަންބިރި 1 އިންޗި ފޮނިތޮށި 2 ކާފުރުތޮޅި 2 ކަރަންފޫ ކުޑަ ރީންދޫ ކޮޅެއް 2 ސަމްސާ ހަނާކުރި ހަވާދު […]
ޝިއުނާ އާދަމް
ޔުއެފާ ޗެމްޕިއަންސްލީގް ގައި ބުދަ ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑް އާއި ސިޓީ ބައްދަލު ކުރި މެޗު ލަނޑެއް ނުޖެހި ދެޓީމް އެއްވަރުވުމުން ސިޓީ ސެމީފައިނަލަށް ދަތުރު ކޮށްފިއެވެ. ސިޓީއަށް ކުރި ލިބެނީ ފުރަތަަމަ ލެގުގައި 1-0 ގެ ނަތީޖާއިން އެތުލެޓިކޯގެ މައްޗަށް ކުރި ހޯދާފައި އޮތުމުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި އެތުލެޓިކޯއިން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ ފަހު 15 މިނެޓްގައި ސިޓީގެ ޑިފެންސް ލައިން އަށް ބާރު ބޮޑުކުރަމުން […]
އަލީ ރިޔާޟް
މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 11 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި މުޅި ރާއްޖެއިން 878،646.00 (އަށްލައްކަ ހަތްދިހަ އަށްހާސް ހަސަތޭކަ ސާޅީސް ހައެއް) ރުފިޔާ އިސްލާމިކް މިނިސްޓްރީއަށް ލިބިފައިވާކަމަށް އެމިނިސްޓްރީން ބުނެފި އެވެ. އެމިނިސްޓްރީން ބުނީ ޖުމްލަ 19523 (ނަވާރަ ހާސް ފައްސަތޭކަ ތޭވީސް) މީހުން ޒަކާތް ދައްކާފައިވާއިރު މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރުތަކަށް ޒަކާތް ދައްކާފައިވަނީ 4956 (ހަތަރުހާސް ނުވަސަތޭކަ ފަންސާސް ހައެއް) މީހުންކަމަށާއި އޮންލައިންކޮށް ޒަކާތް ދެއްކީ 14567 (ސާދަ ހާސް...
އަލީ އާދިލް
ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތު މަސައްކަތް ކުރައްވާތީ އެކަން ނުކުރެވޭނެ ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ. އާޒިމާގެ މައްޗަށް ކުރާ މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އާޒިމާގެ މައްސަލަ 2019 ވަނަ އަހަރު ޕީޖީ އޮފީހަށް […]
ހުސައިން ހަބީބް
މޫސުން ގޯސްވެ، ތިލަދުންމަތިން ޅ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިރޭ 19:15 އިން ފެށިގެން 21:30 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެކަމަށް ލަފާކުރެވެ އެވެ. ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް […]
އަލީ އާދިލް
އަންހެން ކައުންސިލަރުންނާއި، އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން މަސްއޫލިއްޔަތު އަދާކުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ގޮވައިލާ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވުމުން އެއީ ޖެއްސުމަށް ކުރާ ކަމެއްކަމަށް ބައެއް ކައުންސިލްތަކަށް ހީވެއްޖެކަމަށާއި، ނަމަވެސް އެއީ ޖެއްސުމަށް ކުރާކަމެއް ނޫންކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ވިދާޅުވެއްޖެވެ. އީވާ ހުށަހެޅުއްވި އެ ގަރާރަށް މިއަދު މަޖިލިސް ތަޅުމުގައި ބަހުސް ކުރަށްވަމ...
އަލީ އާދިލް
ކުޅިވަރު މުބާރާތްތަކުގައި ށ. ފޭދޫ ތަމްސީލްކުރާ ޓީމްތަކުން ބޭނުންކުރާނެ ލޯގޯތައް ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ފޭދޫ ކައުންސިލުން ހުޅުވާލައިފިއެވެ. މިއަދު އެ ކައުންސިލުން ހުޅުވާލާފައި ވަނީ އެ ރަށް ތަމްސީލްކުރާ ތިން ކުޅިވަރެއްގައި ބޭނުންކުރާނެ ތިން ލޯގޯއެއް ފަރުމާ ކުރުމުގެ ފުރުޞަތެވެ. އެ ކުޅިވަރު ތަކަކީ ފުޓްބޯޅައާއި ވޮލީބޯޅައިގެ އިތުރުން ހޭންޑްބޯޅައެވެ. އެ އިޢުލާނާއިއެކު ލޯގޯތަށް ފަރުމާ ކުރުމުގައި ހުންނަންވާނޭ ޝަރުތުތަކުގެ ތަފްސީލް ވެސް ވަނީ ހިމަނާފައެވެ. މިގޮތުން ބުނެފައިވާ ތިން ކުޅިވަރަށް ކޮން...
އިބްރާހިމް ޚަލީލް
ނުވަ ރަށެއްގެ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ޓެންޑަރކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ތައްޔާރުވަމުން އަންނަކަމަށް މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި މެންބަރެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ދެއްކެވި ވާހަކާގައި މިނިސްޓަރު ނަސީމް ވިދާޅުވީ، ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހއ. ކެލާ، ރ. އިނގުރައިދޫ އަދި ފ. ފީއަލީ...
އަލީ އާދިލް
ހއ. ދިއްދޫ ކައުންސިލާއި އެ ރަށު އިޖްތިމާޢީ މަރުކަޒުގެ ގުޅިގެން ކުރިޔަށް ގެންދާ “ދިއްދޫ ފުޓްސަލް މުބާރާތް 2022” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މެއި މަހުގެ ހަތްވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބް ޖަމިއްޔާތަކަށެވެ.މި މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 18 އެޕްރީލް 2012 ވާ ހޯމަ ދުވަހުގެ 13:00 […]
އިބްރާހިމް ޚަލީލް
ދިވެހިރާއްޖޭގައި 29 ޑިސެންބަރު 1962 ގައި ފެށުނު ރޭޑިއޯގެ ޚިދުމަތުގެ ތާރީޚުގައި އޮތް އެންމެ ކަޅު ޞަފުޙާއަކީ 1960 ގެ އަހަރުތަކުގައި ކްރިސްޓިއަންދީނަށް ގޮވާލައި ފޮނުވި ރޭޑިއޯ ޕްރޮގްރާމެކެވެ. ސައްތައިންސައްތަ އިސްލާމީ މި ޤައުމުގެ ދައުލަތުގެ ރޭޑިއޯ ސްޓޭޝަނުން އެކަން ކުރީ އަގަށެވެ. މަދު ބޭރު ފައިސާ (ޑޮލަރު) ކޮޅެއް ލިބޭތީއެވެ. އިނގިރޭސި ބަހުން ފޮނުވި އެ ރޭޑިއޯ ޕްރޮގްރާމުގެ ނަމަކީ “ދަ ވޯލްޑް ޓްމޯރޯ” (The World Tomorrow) އެވެ. މި ޕްރޮގްރާމް ހުށަހެޅީ ހާބާޓް […]
ޢަބްދުﷲ ސަޢީދު
ކުންޏަކީ ނަފާ ލިބޭ ވަސީލަތެއްގެ ގޮތުގައި ހެދުމަށްޓަކައި އެ މަސައްކަތް ރާވައި ހިންގާނެ ފަންނީ މީހުން އުފެއްދުމަށް، “ކޮމްޕިޓެންސީ ސްޓޭންޑާޑް ފޯ ވޭސްޓް ޓު ވެލްތް”ގެ ނަމުގައި މިއަދު ޕްރޮގްރާމެއް އިފްތިތާހްކޮށްފި އެވެ. ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ އެވެ. މިރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ، ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ތިމާ...
ޔުމްނާ ޢަލީ
ހދ. ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ވެޓަރެންސް ފުޓްސަލް މުބާރާތް 2022” އޭޕްރިލް 15 ވާ ހުކުރު ދުވަހު ފެށުމަށް އެ ކުލަބުން ތާވަލު ކޮށްފޮއެވެ. މި މުބާރާތުގައި ބައިވެރި ވެފައި ވަނީ ޖުމްލަ ހަތަރު ޓީމެކެވެ. އެއީ ވައިސޫރި، ޒީރު ސްޕޯޓްސް ކުލަބް، ލަޔަންގެ އިތުރުން ޓީމް އޯކިޑެވެ. މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިން ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ […]
އިބްރާހިމް ޚަލީލް
އަންހެނުން ބާރުވެރިކޮށް، ހައްގު މަގާމު ހޯދައި ދިނުމަކީ އެމްޑީޕީން ކުރަމުން އަންނަ މަސައްކަތެއްކަމަށާއި، އަންހެނުން މިހާރު ފިރިހެނުންނަކަށް ދުލެއް ނުކުރާނެކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ. މެމްބަރު ޝާހިދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ހުށަހަޅުއްވާފައިވާ އަންހެން ކައުންސިލަރުންނާއި، އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން މަސްއޫލިއްޔަތު އަދާކުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ގޮވ...
އަލީ އާދިލް