މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,440 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1392 ވަނަ ޞަފްޙާ

ނޭކުރެންދޫ އަންހެނުން ކޮމެޓީގެ ބައި- އިލެކްޝަން: ޕީޕީއެމަށް ގޮނޑިއެއް، އެމްޑީޕީއަށް ގޮނޑިއެއް

ނޭކުރެންދޫ އަންހެނުން ކޮމެޓީގެ ބައި- އިލެކްޝަން: ޕީޕީއެމަށް ގޮނޑިއެއް، އެމްޑީޕީއަށް ގޮނޑިއެއް

މިއަދު ކުރިއަށް ދިޔަ ހދ. ނޭކުރެންދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކޮމެޓީގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕީޕީއެމް އެއް ގޮނޑި އަދި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަނެއް ގޮނޑި ކާމިޔާބު ކޮށްފިއެވެ. ނޭކުރެންދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކޮމެޓީގެ ރައީސާއާއި، އިތުރު މެންބަރަކު އިސްތިއުފާ ދިނުމުން ކުރިއަށް ދިޔަ މި ބައި- އިލެކްޝަންގައި 6 ކެންޑިޑޭޓަކު ވާދަކުރިއެވެ. އެއީ އެމްޑީޕީގެ 2 ކެންޑިޑޭޓުންނާއި، ޕީޕީއެމްގެ 2 ކެންޑިޑޭޓުންނާއި އަދި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ...

ޙުސައިން ޝަހުދީ
ނޭކުރެންދޫ "ބީސާދަ" ޤުރުއާން މުބާރާތް ފަށައިފި

ނޭކުރެންދޫ "ބީސާދަ" ޤުރުއާން މުބާރާތް ފަށައިފި

ހދ. ނޭކުރެންދޫ ކައުންސިލުން ކުރިއަށްގެންދާ “ބީސާދަ” ޤުރުއާން މުބާރާތް އިއްޔެ ފަށައިފިއެވެ. ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ހާއްސަކޮށް އެކައުންސިލުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ. އެގޮތުން މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 6 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ: 6 އަހަރުން ދަށް 9 އަހަރުން ދަށް 11 އަހަރުން ދަށް 13 އަހަރުން ދަށް 19 އަހަރުން ދަށް 21 […]

އައިޝަތު ނަސާޔާ
ކަޅުކުރުބެ ވާހަކަ (ތިން ވަނަބައި)

ކަޅުކުރުބެ ވާހަކަ (ތިން ވަނަބައި)

ފަސްމާމުލުންގެ ފަސްވަގު އައިސް ކަޅުކުރުބެމެން ގޭދޮރުމައްޗަށް އަރާފައި ސަލާން ގޮވާލިއެވެ. ގޭތެރެއިން ދޮންމަރިޔަނބު ނިކުމެ ސަލާމުގެ ޖަވާބު ދިނުމުން އެސޮރުމެން ބުންޏެވެ. އަހަރެމެންގެ ރަޙުމަތްތެރި ކަޅުކުރުބެ ކޮބައިހެއްޔެވެ؟ ދޮންމަރިޔަނބު ބުންޏެވެ. އަސްތާ! ކަލޯމެންނަކަށް ނޭނގޭހެއްޔެވެ؟ ލާރިލިބޭ މާވަރުގަދަ މަސައްކަތެއް ފަށައިގެން ކަޅުކުރުބޭ އުޅޭ ދުވަސްކޮޅެކެވެ. އެސޮރުމެން ބުންޏެވެ. އެއީ ކޮން ކަމެއް ހެއްޔެވެ؟ ދޮން މަރިޔަނބު ބުންޏެވެ. ކަޅުކުރުބެ މިހާރު ފޭރާން ކުރަނިއްޏެވެ. މިދިމާ ދަނޑުމަތީގައި ފޭރާންގަހ...

ޢަބްދުﷲ ސަޢީދު
މާދަމާއިން ފެށިގެން ދޯންޏަކުން ހަތް ޓަނު މަސް ކިރަން ނިންމައިފި

މާދަމާއިން ފެށިގެން ދޯންޏަކުން ހަތް ޓަނު މަސް ކިރަން ނިންމައިފި

މާދަމާއިން ފެށިގެން ދޯންޏަކުން ހަތް ޓަނު މަސް ކިރަން މިފްކޯއިން ނިންމައިފިއެވެ. އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާތީ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ކިރުވާތީ ފްރީޒް ކުރަން ވަގުތު ބޭނުންވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ކިޔޫގައި ތިބި ދޯނިތަކުން ހުރިހާ މަހެއް ކިރާފައިވާ ކަމަށްވެސް ބުންޏެވެ. މިފްކޯއިން ބުނީ ދޯންޏަކަށް ހަތް ޓަނުގެ ލިމިޓެއް ކަނޑައެޅީ ދޯނިތަކުން މަސް ބާނަނީ އެއްވަރަކަށް ކަމަށްވާތީ ކަމަށެވެ. އެގޮތަށް ކަންތައް […]

އަޙްމަދު ވަހީދު
ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ މައްޗަށް ހިންގަމުން ދަނީ އެޗްޑީސީގެ އަނިޔާވެރި ގަވާއިދުތަކެއް: ބޮންޑެ

ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ މައްޗަށް ހިންގަމުން ދަނީ އެޗްޑީސީގެ އަނިޔާވެރި ގަވާއިދުތަކެއް: ބޮންޑެ

ހުޅުމާލެ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ މައްޗަށް އެޗްޑީސީން ހިންގަމުން ދަނީ އެ ކުންފުނީގެ އަނިޔާވެރި އިސްތިއުމާރީ ގަވާއިދުތަކެއް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ. މެންބަރު ބޮންޑޭ ވަނީ ހިޔާ ސަރަހައްދަށް ވަަޑައިގެން އެ ސަރަހައްދުގައި ކަންކަން ހުރިގޮތް ބައްލަވާ ލައްވާފައެވެ. ބޮންޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުޅުމާލޭގެ ބަލަދުވެރި ކުންފުނި، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުގެ މައްޗަށް...

އަލީ އާދިލް
އެމްސީއެސްގެ 25 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމްގެ ދަސްވެނިމުން ބާއްވައިފި

އެމްސީއެސްގެ 25 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމްގެ ދަސްވެނިމުން ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ 25 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމްގެ ދަސްވެނިވުން ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ. މިއީ އެޚިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި ”ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 7 ވަނަ ބެޗްގެ ދަސްވެނިވުމެވެ. ކަރެކްޝަނަލް އިން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ 3 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި 36 ޓްރޭނީއިން ބައިވެރިވެފައި ވާއިރު އެންމެ ޓްރެއިނީއެއް ފިޔަވައި ހުރިހާ […...

އައިޝަތު ނަސާޔާ
އިންޑިއާގައި މުސްލިމުންނާ ދެކޮޅު އަމަލުތަކެއް ދަނީ ހިންގަމުން، އެކަން ކުއްވެރިކުރަން: އިދިކޮޅު ކޯލިޝަން

އިންޑިއާގައި މުސްލިމުންނާ ދެކޮޅު އަމަލުތަކެއް ދަނީ ހިންގަމުން، އެކަން ކުއްވެރިކުރަން: އިދިކޮޅު ކޯލިޝަން

އިންޑިއާގައި މުސްލިމުންނާ ދެކޮޅު އަމަލުތަކެއް ހިންގަމުން ދާކަމަށާއި، ނަމަވެސް މިކަމާއި ދިވެހި ސަރުކާރުން އެއްޗެއް ނުބުނެ ހަނުތިބުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ. އިދިކޮޅުން މިއަދު އާންމު ކުރި ނޫސް ބަޔާނެއްގައި ބުނީ، އިންޑިއާގެ މަދްޔަޕްރަދޭޝްގައި ހިނގި ހަމަނުޖެހުންތަކަކާއި ގުޅިގެން، މަދްޔަޕްރަދޭޝްގެ ހޯމް މިނިސްޓަރގެ އަމުރަށް އެސަރަހައްދުގައި ދިރިއުޅެމުންދާ މުސްލިމުންގެ ގެދޮރަށް ގެއްލުންދީ ސުންނަފާތި ކުރަމުންދާ ކަމަށެވެ. އަދި އެ އަމަލު ހަރުކަށި އި...

އަލީ އާދިލް
ނޭކުރެންދޫ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަން ކުރިއަށް

ނޭކުރެންދޫ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަން ކުރިއަށް

ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ދެ މަޤާމަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން މިއަދު ކުރިއަށް އެބަ ދެއެވެ. ނޭކުރެންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ބާއްވަންޖެހުނީ އެ ކޮމިޓީގެ ކުރިން ހުންނެވި ރައީސާ އަދި މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މިއަދު ވޯޓްލުން ފަށާފައި ވަނީ ހެނދުނު 08:00 ގައި ނޭކުރެންދޫ ސްކޫލްގައެވެ. އެގޮތުން މިހާތަނަށް 150 އެއްހާ ބޭފުޅުން ވަނީ އެރަށުގައި ބެހެއްޓިފައ...

އައިޝަތު ނަސާޔާ
ތިލަފުށީގައި ކުނި މެނޭޖް ކުރުމުގައި ދިމާވާ ގޮންޖެހުންތައް އޮޅުން ފިލުވައިފި

ތިލަފުށީގައި ކުނި މެނޭޖް ކުރުމުގައި ދިމާވާ ގޮންޖެހުންތައް އޮޅުން ފިލުވައިފި

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ސިނާއި ރަށް، ކ. ތިލަފުއްޓަށް ވަޑައިގެން އެރަށުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާ ލައްވައިފިއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިނިސްޓަރުގެ ޝައުނާ ވަނީ، ތިލަފުށީގައި ކުނިމެނޭޖް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ބުރާސްފަތި ދުވަހު އެރަށަށް ޒިޔާރަތް ކުރައްވާފައެވެ. އެގޮތުން ކުނިމެނޭޖް ކުރުމުގެ މަސައްކަތަށް ދިމާވަމުން އަންނަ ދަތިތ...

އައިޝަތު ނަސާޔާ
"ދިއްދޫ އެންމެ އަލިގަދަ ތަރި" ފުރަތަމަ ޤުރުއާން މުބާރާތުގެ އެއްވަނަ ޝިޢުރާއަށް

"ދިއްދޫ އެންމެ އަލިގަދަ ތަރި" ފުރަތަމަ ޤުރުއާން މުބާރާތުގެ އެއްވަނަ ޝިޢުރާއަށް

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބޭއްވި “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ ދިއްދޫ، ޝެހެނާވިލާ/ އާމިނަތު ޝިޢުރާ އިބްރާހީމް ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް ބުރަށް ހޮވުނު ފަސް ބައިވެރިން ވާދަކުރި “ގްރާންޑް ފިނާލޭ” އިވެންޓް ބާއްވާފައި ވަނީ 15 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރޭ 21:30 ގައި ހއ. […]

އިބްރާހިމް ޚަލީލް
ތަފާތުކޮށް “ފުރުޓް ފެންޓަސީ” މީރު އަދި ފަސޭހަ ގޮތެއް!

ތަފާތުކޮށް “ފުރުޓް ފެންޓަސީ” މީރު އަދި ފަސޭހަ ގޮތެއް!

ފުރުޓް ފެންޓަސީ އަކީ ކުޑަ ހަރަދަކުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލެވިދާނެ މީރު ބާވަތެކެވެ. ރޯދަ ވީއްލުމަށް ނުވަތަ ތަރާވީޙަށްވެސް ކަމުދާނެއެވެ. ފުރުޓް ފެންޓަސީ ތައްޔާރު ކުރާނީ އެމީހެއްގެ އެންމެ މަގުބޫލު ފުރުޓަކުންނެވެ. އެގޮތުން އަންނާރު، އަނބު، ޖުމްހޫރީ މޭވާ ސްޓްރޯބެރީވެސް އެޅިދާނެ އެވެ. މިބައި ކިއުންތެރިންގެ އިޙްތިޔާރަށް ދޫކޮށްލާނަމެވެ. ދެ ފްރުޓެއް އެއްކޮށްލާފައިވެސް ބޭނުން ކުރެވި ދާނެ އެވެ. ބޭނުންވާ ތަކެތި: 1 ޕެކެޓް ވިޕިން ކްރީމް 1 ޕެކެޓް މާރީ ބިސްކޯދު ނުވަތަ ލެޑީސް ފިންގާރސް ބިސްކ...

ޝިއުނާ އާދަމް
ރަމަޟާން މަހު ރޯދަ ފަރުޟު ވެގެން އައިއިރު ރޯދަހިފުމަކީ އިޚްތިޔާރީ ކަމެކެވެ.

ރަމަޟާން މަހު ރޯދަ ފަރުޟު ވެގެން އައިއިރު ރޯދަހިފުމަކީ އިޚްތިޔާރީ ކަމެކެވެ.

މާތް ﷲ އެންމެ ފުރަތަމަ ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެއްވި އިރު ޞަޙާބީންނަށް ރޯދަ ހިފުމާއި ފިދުޔަ ދިނުމާ ދެމެދު އިޚިތިޔާރު ދެވުނެވެ. ބަޤަރާ ސޫރަތުގައި ރަމަޟާން މަހުގެ ރޯދައާ ގުޅިގެން އައިސްފައިވާ އާޔަތްތަކުގައި މިކަން މާތް ﷲ ޛިކުރު ކުރައްވާފައިވެއެވެ. އެގޮތުން، މި އުންމަތުގެ މައްޗަށް ރޯދަ ފަރުޟު ވެއްޖެކަން ބަޔާން ކުރެއްވުމަށްފަހު ޖެހިގެން ވާ އާޔަތުގައި އެއިލާހު ވަޙީކުރައްވާފައިވެއެވެ. (وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ މާނަ: “އަދި އެކަމަށް (ރޯދަ […]

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ތިލަފުށި އިތުރަށް ހިއްކަން ބަޔަކު ހޯދަނީ

ތިލަފުށި އިތުރަށް ހިއްކަން ބަޔަކު ހޯދަނީ

ތިލަފުށި ދެ ގުނަ ބޮޑުކުރުމުގެ މަޝްރޫއަށް ފަޅު ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން ބަޔަކު ހޯދަން އެޗްޑީސީން އިއުލާން ކޮށްފިއެވެ. އެ ކުންފުނިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ލިބޭނެއެވެ. އެ މަސައްކަތް ހަވާލު ކުރާއިރު މާލީ ފުދުންތެރިކަމާއި ޓެކްނިކަލް ގާބިލުކަމުގެ އިތުރުން މަޝްރޫއު ނިންމަން ހޭދަވާ މުއްދަތަށް ބަލާނެއެވެ. އެޗްޑީސީން ތިލަފުށީގައި ކުރިއަށް ގެންދާ މަޝްރޫއުގައި އެ ރަށުން ގާތްގަނޑަކަށް […]

އަޙްމަދު ވަހީދު
އިމަގުން ބާއްވާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތް ފަށައިފި

އިމަގުން ބާއްވާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތް ފަށައިފި

ހއ.އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތް ފަށައިފިއެވެ. މި މުބާރާތުގެ ކިޔެވުން 15 އޭޕްރިލް 2022 ވީ ހުކުރު ދުވަހު (މިއަދު) މެންދުރު ފަހު ފަށާފައިވާއިރު، މުބާރާތް ކުރިއަށް ދަނީ އިމަގު ހޯލުގައެވެ. އިމަގުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގައި 100 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. އިމަގުން ވަނީ މި މުބާރާތް މެދުކެނޑުމެއްނެތި ފާއިތުވި 17 […]

އިބްރާހިމް ޚަލީލް
އަސްލު ޙަޤީޤަތް ނޭނގޭ ލަންދޫ މާބުދުގެއާއި އާސާރީ ސަރަޙައްދު

އަސްލު ޙަޤީޤަތް ނޭނގޭ ލަންދޫ މާބުދުގެއާއި އާސާރީ ސަރަޙައްދު

ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ތެރެއިން އެ ތަނެއްގެ އަސްލު ޙަޤީޤަތް ނޭނގޭ އެއް ތަނަކީ ލަންދޫ މާބުދުގެއާއި އެ މާބުދުގެ ހުރި އާސާރީ ސަރަޙައްދެވެ. އެތަން ދިރާސާކުރި ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި އެއީ ބުޑިސްޓް އެކުވެންޏެކެވެ. ފޯކުލޯރުތަކުންނާއި ދިރާސާވެރިންގެ ހޯދުންތަކާއި އެ ސަރަޙައްދުން ފެނިފައިވާ ޤަދީމީ އާސާރީ ތަކެތިން އެ ތަނުގެ ދޮށިކަން ތަސައްވުރު ކުރެވެއެވެ. ފޯކުލޯރުގައި ކިޔާ ވާހަކަގުޅެނީ ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި ކަމަށް ފޯކުލޯރުގައި ކިޔާއުޅޭ އެއް ބައެއް ކަމަށްވާ ރެދ...

ޢަބްދުﷲ ސަޢީދު
އިންސާނާގެ ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން: ޑރ. އަނާރާ

އިންސާނާގެ ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން: ޑރ. އަނާރާ

އިންސާނާގެ ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫންކަމަށާއި އެއީ މާތްﷲ ދެއްވި އަމާނާތެއް އަދި ބޮޑު ނިޢުމަތެއްކަމަށް ޑރ. އަނާރާ ނަޢީމު ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ރަމާޟާންމަހު ކުރިއަށް ގެންދަވާ އިޙްޔާ ފޯރަމްގެ ރޭގެ ޕްރޮގްރާމްގައި ”ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން” މި މައުޟޫޢަށް ވާހަކަ ދައްކަވަމުން ޑރ. އަނާރާ ވިދާޅުވީ، އިންސާނާ އުފެދިފައިވަނީ މައިގަނޑު 3 ބަޔަކަށް ކަމަށާއި އެއީ ޖިސްމާއި، ރޫޙާއި، ނަފްސުކަމަށެވެ. އިންސާނާގެ ނަފްސާ ބެހޭ ގޮތުން ވިދާޅުވީ ކޮންމެ ނަފްސަކަށް...

ޝިއުނާ އާދަމް
އުތީމް ކައުންސިލްގެ ޤުރުއާން މުބާރާތް މާދަމާ ފަށަނީ

އުތީމް ކައުންސިލްގެ ޤުރުއާން މުބާރާތް މާދަމާ ފަށަނީ

ހއ. އުތީމް ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، އެ ކައުންސިލްގެ ހަތްވަނަ ޤުރުއާން މުބާރާތް މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ. ކުރިން މިއަދު ފަށަން ނިންމާފައިވާ މި މުބާރާތް މާދާމާއަށް ފަސް ކުރެވިފައިވާ ކަމަށް އުތީމު ކައުންސިލުން ވިދާޅުވެއެވެ. މި މުބާރާތް ފަށާނީ މާދަމާ ހެނދުނު 9:00 ޖަހާއިރު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބި ޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި...

އިބްރާހިމް ޚަލީލް
ގޭޖް އަށް އައިއެސްއޯ 9001:2015 ސެޓްފިކެޓް ލިބިއްޖެ

ގޭޖް އަށް އައިއެސްއޯ 9001:2015 ސެޓްފިކެޓް ލިބިއްޖެ

ރާއްޖޭގައި ފުޅާދާއިރާއެއްގައި ސެކިއުރިޓީގެ ޚިދުމަތް ދެމުންއަންނަ ގޭޖް ޕްރައިވެޓް ލިމިޓް އިން އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، 9001:2015 ސަރޓިފިކޭޝަން އިންހާސިލްކޮށްފި އެވެ. އައިއެސްއޯގެ 9001:2015 ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމެވެ. މިކަމާއި ގުޅިގެން ގޭޖްއިން ބުނީ މިއީ އެ ކުންފުނިން މިހާރު ކުރަމުންދާ މަސައްކަތްތަތް ކުރިއަށް ގެންދިޔުމުގައި ޚިދުމަތް ހޯދާފަރާތްތަކަށް ކޮލިޓީ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދ...

އަލީ އާދިލް