ކޮންމެ އަހަރެއްގެ ރޯދަމަހުވެސް ގިނަ މީހުން ކޮށް އުޅޭ އެއް ކަމަކީ އާއިލާއާއި އެކު ރޯދަ ވީއްލުންތަކަށް ދިއުމެވެ. އެކި ސުފުރާތަކުގެ ރަހަ ބެލުމެވެ. އޭގެ ތެރޭގައި އެންމެ ގިނަ މީހުން ޚިޔާރު ކުރާ ތަނަކަށް ވެފައި އޮންނަނީ ރެސްޓޯރެންޓުތަކެވެ.
އާއިލާއާ އެކު ނުވަތަ އޮފީސް ރައްޓެހިންނާއި ރަޙުމަތްތެރިންނާއެކު ގޮސް ރޯދަ ވީއްލާލުމަކީ ފަހަކަށް އައިސް ދިވެހިންގެ ޓްރެންޑް އެކެވެ.
އެގޮތުން ހުޅުމާލޭގައި އުޅޭ ފަރާތްތަކަށް ނުވަތަ މާލޭގައި އުޅޭ ފަރާތްތަކަށް އެންމެ ރަނގަޅު އަގެއްގައި އިންސާފުކޮށްލުމަށް އޮތް އެންމެ ރަނގަޅުތަނަކީ ހުޅުމާލޭގެ ހިތްގައިމު އަތިރިމަތީގައި ހުންނަ "ޗިޓްޗެޓް ކެފޭ" އެވެ. މި ކެފޭ ނުންނަނީ ސޮނީ ހާޑުވެއަރ އާއި ދިމާ އަތިރިމަތީގަ އެވެ.
އެހެން ރެސްޓައުރެންޓް ތަކާއި ހިލާފަ "ޗިޓްޗެޓް ކެފޭ" ގެ ބުފޭ އަކީ -/95 ރުފިޔާ އެވެ. އެކެފޭގެ ބުފޭ އިން އެކި ދުވަސްތަކުގައި އާންމުކޮން ދިވެހިންނަށް ކަމުދާނެ ބާވަތްތައް ލިބެން ހުރެއެވެ. އެގޮތުން ދެވައްތަރުގެ ފްރެސް ޖޫހާއި ސެލެޑާއި ފުރުޓް އަދި ރޯސްޓެޓް ކުކުޅު އަދި ހެދިކާ ލިބެން ހުރެއެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަ މެނޫއެއްވެސް ވަނީ ތައްޔާރުކޮށްފަ އެވެ. ކުޑަކުދިންނަށް ހާއްސަ މެނޫގެ އަގަކީ -/150 އެވެ. މިމެނޫގައި މިނީ ބާގަރ އައިސްކްރީމް ސޭންވިޗް ފަދަ ކުޑަކުދިން ގަޔާވާ ކެއުންތައް ހިމެނިފައިވެއެވެ.
އެކޭއިން މަޢުލޫމާތުދިން ގޮތުގައި ބުފޭގެ އިތުރުން ކުރީބައިގައި އޯޑަރ ދެއްވުމުން އެކެފޭގެ މެނޫގައި ހިމެނޭ ކެއުންތައް ރޯދަ ވީއްލުމަށް ތައްޔާރުކޮށްދޭނެ އެވެ. އޭގެ ތެރޭގައި އެކެފޭއިން އެންމެ ހިނގާ ސެލެޑްތަކާއި ޖޫސްތައް ހިމެނެއެވެ. އޯޑަރ ކުރެއްވުމަށް 2 ގަޑިއިރު ކުރިން އެކެފޭގެ ނަމްބަރ 7941322 އަށް ގުޅާ ޕްރީ އޯޑަރ ކުރަން ޖެހެއެވެ.
އެކެފޭގެ މެނޭޖްމަންޓްއިން ބުނީ، އެތަނުގެ ކޮންމެ އުފެއްދުމެއްގައިވެސް އޭގެ އަސްލު ރަހަ ބެހެއްޓުމަށް މެނޭޖްމަންޓުން ވަރަށް ބޮޑަށް ބާރު އަޅާކަމަށާއި އެތަކެތި ތައްޔާރުކުރަނީ ކަމުގެ ތަޖްރިބާހުރި މީހުން ކަމުގައެވެ.
މީގެ އިތުރުން ރޯދަ ވީއްލަން ދާ ބޭފުޅުންނަށް އެއާކޯން ބައިގައި މީރު ކެއުންތަކަށް އިންސާފު ކޮށްލުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އަދި ހުޅުމާލެ އާއި ހުޅުމާލޭގެ ފޭސް 2 އަށް ވެސް، އޯޑަރ ކުރެއްވުމުން ހިލޭ ޑެލިވަރީ ކޮށްދެއެވެ. އޯޑަރ ދެއްވުމަށް 7941322 އަށް ގުޅާލާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!