ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަދުވަހުގެ ރޭ ކުޅުނު މެޗްތަކުން އެގްރިގޭޓުން ކުރި ހޯދާ ސްޕެއިންގެ ދެޓީމް ރެއާލް މެޑްރިޑް އަދި ވިލަރެއާލް ސެމީފައިނަލްއިން ޖާގަ ހޯދައިފިއެވެ. ރެއާލް ސެމީޖާގަ ކަށަވަރުކުރީއެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އާއި ވާދަކޮށް ދެލެގުގެ އެގްރިގޭޓުން ( 5-4) އިން ކުރި ހޯދައިގެންނެވެ. އަންގާރަދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުން ޗެލްސީ މޮޅުވީ 3-2 ގެ ނަތީޖާއިންނެވެ. ފުރަތަމަ ލެގުގައި ރެއާލް މޮޅުވެފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. އަންގާރަދުވަހުގެ ރޭ […]
އަލީ ރިޔާޟް
ދިވެރާއްޖޭގެ ސްޓޭޕަލް ފުޑް ފެކްޓްރީ ކުޅުދުއްފުށި ސިޓީގައި ގާއިމް ކުރުމަކީ އެ ރަށަށް މިވަގުތު ވަރަށް ބޭނުންވެފައި އޮތް ކަމެއް ކަމަށް މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެއެވެ. މޭޔަރު މިހެން ވިދާޅުވީ ކުޅުދުއްފުށީގައި އެސްޓީއޯއިން ކުރަމުން އަންނަ މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޒިޔާރަތާ ގުޅިގެންނެވެ. އެ ޒިޔާރަތުގައި އެމްޕީއެލްގެ އިސްވެރިންނާއި ކުޅުދުއްފުށި ދާއިރާތަކުގެ މެމްބަރުންވެސް ބައިވެރިވެލެއްވިއެވެ. އާތިފް ފޭސްބުކްގައި ކުރެއްވި ޕޯސް...
އަޙްމަދު ވަހީދު
ހއ. ވަށަފަރު ކައުންސިލުން ކުރިއަށްގެންދިޔަ މަދަހަ މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. އެކައުންސިލުން މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވަށަފަރު ކައުންސިލްގެ މެމްބަރ ހަސަން މުހައްމަދު ވިދާޅުވީ މިއީ ކައުންސިލުން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދެވުނު ފުރަތަމަ މަދަހަ މުބާރާތް ކަމަށެވެ. މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 3 އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ 6 އަހާރާއި 11 އަހަރާއ...
އައިޝަތު ނަސާޔާ
ހުޅުމާލޭގައި ކުޑަކުއްޖަކު މަރާލުމުގެ ދައުވާލިބޭ ކުއްޖާ ގޭ ބަންދުގައި ބެހެއްޓި ނިންމުމަށް ހައި ކޯޓުން ތާއީދުކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ދައުލަތުން ނިންމައިފި އެވެ. ހުޅުމާލޭގައި 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލުމަށްފަހު ފޮށްޓަކަށް ލާފައި އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ ކުޑަކުއްޖާ ގޭ ބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން އިއްޔެ އަނެއްކާވެސް ވަނީ ތާއީދުކޮށްފަ […]
ހުސައިން ހަބީބް
ދިވެހި ފިރިހެނަކު ރާއްޖެއިން ބޭރަށް ކިޔަވަން ދާންވެގެން ކުރީގެ އަނބިމީހާ ނަގައިދިން ލުއި ލޯނުގެ ފައިސާ އޭނާއަށް އަނބުރާ ދައްކަން ފިރިހެން މީހާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ސ. ހިތަދޫއަށް ނިސްބަތްވާ ދެ މީހަކު ކައިވެނިކޮށްގެން އުޅުނުއިރު ފިރިހެން މީހާ ކިޔަވަން ދާން ފައިސާ ހަމަނުވުމުން 80،000ރ. ގެ ލުއި ލޯނެއް ބޭންކުން ނަގައިދިނީ އަންހެން މީހާ މެދުވެރިވެގެން އޭނާ ބައްޕަ އެވެ. އަދި ދެ މީހުންގެ ވަރިވުމުގެ ކުރިން 2019 ވަނަ އަހަރު […]
ހުސައިން ހަބީބް
ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރު ގެ ދަށުން ށ. ފޭދޫ ސިއްޚީ މަރުކަޒަށް އޭސީއާއި ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާ ކޮށްފިއެވެ. އެމަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި ފެނަކައިން އެމަރުކަޒަށް ހަދިޔާ ކޮށްފައިވަނީ 24000ބީ.ޓީ.އޫ ގެ 2 އޭސީ އާއި، 2 ކޮމްޕިއުޓަރ ސިސްޓަމެވެ. އެކަމަށްޓަކައި ފެނަކާއިގެ އެމްޑީ އަޙްމަދު ސަޢީދަށާއި، ށ. ފޭދޫ ފެނަކަ ބްރާންޗުގެ އެންމެހާ މުވައްޒަފުންނަށް އެމަރުކަޒުގެ އެންމެހާ މުވައްޒަފުންގެ ނަމުގައި ވަނީ ޝުކުރު އަދާކޮށްފައެޗެ. މީގެ އިތުރުން ފެނަކައިން ށ. އަތޮޅަށް މިފަހުން ފޯރުކޮށްދިން […]
އައިޝަތު ނަސާޔާ
ށ. ޅައިމަގުގައި ޔޫތްސެންޓަރެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ. އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ބޭނުންވަނީ އެކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ކަމަށެވެ. އެގޮތުން މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 17 އޭޕްރީލް 2022 ވާ އާދީއްތަ 13:00 އެކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފު ކުރުމަށްފަހު 20 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށައަަޅަން ޖެހެއެވެ. އަންދާސީ ހި...
އައިޝަތު ނަސާޔާ
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ވެރިކަމަށް އަންނަން ފަސޭހަވާނީ ސަރުކާރަށް ތާއީދު ކުރާ މީހަކު ޗެއާޕާސަންކަމަށް ހޮވައިގެންކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އިބްރޭ ވިދާޅުވީ، އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކަށް ވާންވާނީ، އެ ޕާޓީން ރައްޔިތުންނާއި ހަމައަށް ގެނެސްދިން މެނިފެސްޓޯއާއެކީ ރައްޔިތުން އެދޭ، ހެޔޮ ވެރިކަމެއް ކޮށްދިނުން ކަމަށެވެ. އޭނާ ފާހ...
އަލީ އާދިލް
ކުޅިކޮށް ކާ ކުއްޖަކި ޓެގްކޮށްގެން އުރީދޫ މޯލްޑިވްސްގެ ކަނޑޫދޫ މިރުހުގެ ހޮޓްސޯސް ޕެކް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ސޯޝަލް މީޑިއާގައި ހުޅުވާލި އެ ފުރުސަތުގެ ދަށުން ބައިވެރިވެވޭނީ އުރީދޫ އިން އާއްމުކޮށްފައިވާ ޕޯސްޓުގައި ކުޅިކޮށް ކާން ބޭނުންވާ ކުދިން ޓެގް ކޮށްގެންނެވެ. އެގޮތަށް ޓެގް ކުރަން ޖެހޭނީ މަދުވެގެން ދެ ކުދިންނެވެ. ޓެގް ކުރާއިރު ކަނޑޫދޫ މިރުސް ހޭޝްޓެގެއްގެ ގޮތުގައި ބޭނުންކުރަން ވާނެ ކަމަށް އުރީދޫ އިން ބުންޏެވެ. އުރީދޫ އިން އެ ފުރުސަތު ހުޅުވާލައިފައި ވަނީ […]
އަޙްމަދު ވަހީދު
ހދ. ކުމުންދޫގެ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް “ކުރެވި” ޖަމްޢިއްޔާގެ ކުޅިވަރު ވިންގު ކަމުގައިވާ ޒީރު ސްޕޯރޓްސް ކްލަބްގެ ފަރާތުން ޒީރު ސްޕޯރޓްސް އެކަޑެމީ ނަމުގައި އެކަޑަމީ އެއް އުފައްދައި، އެ އެކަޑަމީއަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަން ހާމަކޮށް އެ ޖަމިއްޔާއިން އާންމުކުރި ޢިއުލާނެއްގައި ބުނީ މިއެކެޑެމީއަށް ކުދިން ވެއްދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު 20 އޭޕްރިލް 2022 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެ ދުވަސްތަކުގެ ތެރ...
އައިޝަތު ނަސާޔާ
އެއް ސަހަރެއްގައި އުޅުނު ވަރަށް ރަހުމަތްތެރި ދެ ބޮކެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު އެ ސޮރުމެން ދިރިއުޅެމުން އައި ތެތްފިނި ހިސާބަށް ވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. އެ ސަރަޙައްދުން ބޮޑު ބައެއް ހަނަފަސްވެ ފެންގަނޑުތައް ހިނދިއްޖެއެވެ. ކާނާ ހޯދުމާއި ބޯނޭ ފެން ހޯދުމަށް ދަތިވާން ފެށިއެވެ. އުޅެމުން އައި ހާއުފާވެރިކަމުގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެން ނޫޅެވޭނެކަން ޔަގީންވާން ފަށައިފިއެވެ. މޫސުމީ ޝިކާރައަކަށްވެ ނެތި ފަނާވެދިއުމުގެ ކުރިން އެހެން ގޮތެއް ހޯދަން ދެ ބޮއް މަޝްވަރާ ކުރިއެވެ. […]
ޢަބްދުﷲ ސަޢީދު
ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި އެ ސއިޓް މޮބިލައިޒް ކުރީ 9 އޭޕްރީލް 2022 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 50.5 ހެކްޓަރުގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް […]
އަޙްމަދު ވަހީދު
ސީރިޔާގެ ހަނގުރާމަވެރި ސަރަހައްދަކުން ރާއްޖެއަށް ގެނައި ދިވެހި ޢާއިލާ މިހާރުން މިހާރަށް ދޫކޮށްލުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ގޮވައިލައްވައިފިއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، މިހާރު ކެމްޕެއިން ފައްޓަވާފައިވާ އުމަރު މިހެން ގޮވައިލެއްވީ، އެ ޢާއިލާ، އިތުރު 8 މަސް ދުވަހަށް ކ. ހިންމަފުށީގައި ހުންނަ ރީއިންޓެގްރޭޝަން ސެންޓަރުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި ގުޅިގެން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ރާއްޖެއިން ބޭރު ގައުމެއްގައި...
ޔުމްނާ ޢަލީ
ރަމަޟާން މަހަކީ ބަރަކާތްތެރިވެގެންވާ މަހެކެވެ. އެމީހަކާ ރަމަޟާން މަސް ބައްދަލު ވެއްޖެ މީހާ އަކީ ކޮންފަދަ ބޮޑު ބާއްޖަވެރިއެއް ހެއްޔެވެ. އަދި އޭނާގެ ބާއްޖަވެރިކަން އިތުރުވެގެން ދާނީ މިބަރަކާތްތެރި މަސް، ބަރަކާތްތެރިވެގެންވާ މައްކާގެ ބިމުގައި ހޭދަކުރެވިއްޖެ ނަމައެވެ. އެހެންކަމުން މިމަހުގެ ދުވަސްތައް މައްކާއަދި މަދީނާގެ މިމާތް ދެ ބިމުގައި ހޭދަކުރުމަށްޓަކައި އަޅުގަނޑުމެންގެ ތެރެއިންވެސް އެތައްބަޔަކު ރަމަޟާން މަހުގައި ޢުމްރާގެ އަޅުކަމަށް ގޮސްއުޅެއެވެ. ކޮންމެއަކަށް ރަމަޟާން މަހާއި މާތްވެގެންވާ ޙަރަމުގެ...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
އެމެރިކާގެ ފްލޮރިޑާގެ ރައްޔިތެއް ކަމަށްވާ ޓްރިސްޓަން ތެރަރޯޓުއާ ރާއްޖެއައީ ޗުއްޓީ ހޭދަކޮށް މަޖާކޮށްލުމަށެވެ. އޭނާ ޗުއްޓީ ހޭދަ ކުރަމުން އައީ އައްޑޫގައެވެ. މިފަތުރުވެރިޔާ އަކީ ޖިގިންގެ މަސްވެރިކަން ކުރާފަރާތެކެވެ. މިދަތުރުގައި އޭނާ ބޭނި މަހުން ދުނިޔޭގެ ރެކޯޑެއް ވަނީ މުގުރާލާފަ އެވެ. ޓްރިސްޓަން މިދިޔަމަހުގެ 15 ވަނަ ދުވަހު މަސްބާނަން ގޮސް ބޭނި މަހަކީ “ބްލެކް ސްނޯކް” (ތޮޅީގެ ބާވަތެއް) އެކެވެ. އެ މަސް މުހިންމުވީ އޭގެ ސައިޒުގެ ސަބަބުންނެވެ. އެއީ 14 ކިލޯގެ 68.5 އިންޗީގެ މަހެކެވެ. […]
އަޙްމަދު ވަހީދު
ޗޮކްލެޓް ފަޖް އަކީ ގާތްގަނޑަކަށް 15 ވަރަކަށް މިނިޓުން ތައްޔާރު ކޮށްލެވޭ ފޮނި މީރު އެއްޗެކެވެ. ދިވެހިންގެ ތެރޭގައި މަގުބޫލު އަދި ރޯދަމަހު ވަރަށް ގިނައިން ސުފުރާމަތިން ފެންނަ ގިނަބަޔެއްގެ ފެވަރިޓެކެވެ. ބޭނުންވާ ތަކެތި 1/2 ޕެކެޓް މާރީ ބިސްކޯދު 200 ގުރާމް ކަނަމަދު (ކޮށާފަ) 1 ދަޅު ގެރިކިރު 1/2 މަތިގަނޑު ވެނީލާ އެސެންސު 2 ސަމްސާ ބަޓަރު 1/2 ޕެކެޓް ކޮކޯ ޕައުޑަރ 1 މެދު ސައިޒު ޗޮކުލެޓް ތައްޔާރުކުރާނެ ގޮތް ބިސްކޯދުތައް ފުނޑުވާށެވެ. ފުނޑުވާނީ […]
ޝިއުނާ އާދަމް
100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގދ. ހޯޑެއްދޫ އަށް ތައާރަފް ކޮށްފިއެވެ. މިއަދު ތައާރަފު ކުރި މި ހިދުމަތާއެކު އެ ރަށުގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަދީފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ. “ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވާ ހިދުމަތް އެކުލެވޭ ސުޕްނެޓް ޕެކޭޖްތަަައް އެ ރަށަށް ތައާރަފްކޮށްފައި ވާއިރު، ހޯޑެއްދޫ ރައްޔިތުންނަށް މި ހިދުމަތް […]
އަޙްމަދު ވަހީދު
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްްޗަށް ކުރާ ރިޝްވަތުގެ ދައުވާ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ކުންފުންޏަކަށް އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އޭނާ އަތުން ނެންގެވި ކަމަށް ބުނެ ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާގެ މިއަދު ބޭއްވި އަޑުއެހުމުގައި ދެ […]
ހުސައިން ހަބީބް