ރާއްޖޭގެ އިގްތިސާދީ ދުވެލި 2023 ގައި ކުރިއެރި ނަމަވެސް ދަރަންޏާމެދު ކަންބޮޑުވާ ކަމަށް ވޯލްޑު ބޭންކުން ބުނެފިއެވެ.
އެ އިދާރާއިން އިއްޔެ ނެރުނު އަޕްޑޭޓުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސާދު ކުރިއެރި ނަމަވެސް ދަރަންޏާ ހެދި މާލީ ބުރައެއް އުފުލަން ޖެހިދާނެއެވެ. އެހެންވެ، ދަރަނި ރަނގަޅަށް މެނޭޖްކުރަން ވަނީ ސަރުކާރަށް ލަފާ އަރުވައިފައެވެ.
އެ އަޕްޑޭޓުގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 10.2 އިންސައްތަ ކުރިއަރާނެއެވެ.
އެ އިދާރާއިން ލަފާ ކުރާ ގޮތުގައި ދަރަނީގެ އިތުރުން ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ހެދިވެސް ރާއްޖޭގެ އިގްތިސާދަށް އަސަރު ކުރާނެއެވެ. އެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގައި ތަކެތީގެ އަގު އުފުލެމުންދާއިރު ހަކަތައިގެ ބާވަތްތަކުގެ އަގު އަދިވެސް އުފުލޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް ވެސް އަސަރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
"ޓޫރިޒަމަށް ބަރޯސާވުމާއި އެހެން ދާއިރާތަކަށް އިގްތިސާދު ފުޅާކުރަން ހުރި ފުރުސަތުތައް ހަނިވުމަކީ ވެސް ނިޒާމީ ގޮތެއްގަ ހުރި ގޮންޖެހުންތަކެއް." ވޯލްޑް ބެންކުން ރާއްޖެ އާއި ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައިވާ ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!