މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހއ. ދިއްދޫން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތިން ރަށެއްގައި އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް އޮޕަރޭޝަން ހިންގާފައި ވަނީ ހއ. ދިއްދޫގައެވެ. އެއީ އެރަށަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން އެ ރަށު ބަނދަރުމަތިން 28 އަހަރުގެ...
ޔުމްނާ ޢަލީ
ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުންނަށާއި، ސަލާމަތީ ޚިދުމަތްތެރިންނަށް ބިރުދައްކައި ނުފޫޒު ފޯރުވުން ހުއްޓާލަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވައިލައިފިއެވެ. އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، 2008 ވަނަ އަހަރު އަމަލު ކުރަން ފެށި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އެންމެ މުހިންމު އެއް ސިފައަކީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން، ވަކި ފަރާތަކަށް ނުޖެހި، މިނިވަންކަމާ އިންސާފުވެރިކަމާއެކު މަސައްކަތްކުރުމަށްޓަކާ ވަކި ބާރެއްގެ ގޮތުގައި އަދުލު އިންސާ...
އަލީ އާދިލް
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހދ. ވައިކަރަދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި އިއްޔެ ޚިދުމަތް ދޭން ފަށައިފިއެވެ. ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވައިކަރަދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މި ރަސްމިއްޔާތުގައި ވައިކަރަދޫގެ ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިން ބައިވެރި...
ޔުމްނާ ޢަލީ
ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރައްވާފައިވާ 50 ޓަނުގެ ކަދުރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ރަސްމީކޮށް ހަވާލުކުރައްވައިފިއެވެ. ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރގެ ވަފުދެއް ރާއްޖެ ވަޑައިގެން މިކަމަށްޓަކައި މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކަދުރު ހަވާލު ކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީ އެވެ. ކަދުރާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ...
އަލީ އާދިލް
ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި ޖަލަށްލި މަރިޔަމް ނަޒާހާ އެ އަމަލު ހިންގުމުގެ ކުރިން އޭނާއަށް ފޮނުވި މެސެޖެއް ދައުލަތުން ސުޕްރީމް ކޯޓުގައި އާންމުކޮށްފި އެވެ. 2010 ވަނަ އަހަރު ނަޒާހާ ވަޅިއަކުން ހަމަލާދީ މަރާލި އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދެވެ. އެ މައްސަލާގައި ނަޒާހާ އުމުރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ ނަޒާހާ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އިއްޔެ ބޭއްވި އަޑުއެހުމުގައި ނަޒާހާއާ ދެކޮޅަށް […]
ހުސައިން ހަބީބް
ބ. ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި އެ މަސައްކަތް ފަށަން އިއްޔެ ސައިޓް ވަނީ މޮބިލައިޒް ކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 19،030 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 495 މީޓަރުގެ ބޭރުތޮށި ލުމާއި، 22 މީޓަރުގެ ގްރޮއިން ޖެހުމާއި، 90 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ އެއްގަމުތޮށި ލުމާއި، […]
އަޙްމަދު ވަހީދު
ބ. ކެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ. އެ ކުންފުނިން ބުނީ، މިހާރު ކުރަމުންދަނީ ފެނާއި ނަރުދަމާގެ ނިޒާމުގައި ހިމެނޭ މައި ނެޓްވޯކު ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތަށް ބޭނުންވާ ހޮޅި އެރަށަށް މިހާރު ގެންގޮސްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ ދަށުން ކެންދޫގައި 5.26 ކިލޯ މީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓުވޯކު ގާއިމު ކުރުމާއި […]
އަޙްމަދު ވަހީދު
ނަރުސް މީހާގެ މަރުގެ ދައުވާލިބޭ ހަލީމަތު ލަމްހާއަށް ޖަލުގައި ބެޑްރެސްޓް ނުކުރެވޭތީ އެކަމުގެ ޝަކުވާ އޭނާގެ ފަރާތުން ކޯޓާއި ޕީޖީ އާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފި އެވެ. ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ ފިރިމީހާ މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން މޭރީ މަރާލި ކަމަށް ބުނެ ލަމްހާއަށް ކުރަ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި، ޖަލުގައި ބެޑްރެސްޓް ނުކުރެވޭތީ އާއި އެހީވާނެ މީހަކު ނުހުންނާތީ އެކަމުގެ ޝަކުވާ ލަމްހާގެ ވަކީލުން ކުރި އެވެ. […]
ހުސައިން ހަބީބް
ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ސަމީރު އައްޔަންކުރައްވައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވިގޮތުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ސަމީރު ވަނީ އައްޔަންކުރައްވާފައެވެ. ހދ. ނައިވަދޫއަށް ނިސްބަތްވާ ފަނޑިޔާރު ސަމީރު ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުއެވެ. ސަމީރު ވަނީ ހ...
ޔުމްނާ ޢަލީ
ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކުރީޓް ސަޕްލައި ކުރަން އެފްކޮން އިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާ ހަވާލުކޮށްފިއެވެ. އެސްޓީއޯ އާއި އެފްކޮން އިންފްރާސްރަކްޗަރ ލިމިޓެޑާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށފައިވަނީ މިއަދު އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދުއެވެ. އެފްކޮންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޕްރޮޖ...
އަޙްމަދު ވަހީދު
މ. ދިއްގަރު ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިފައިޗާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޔޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ 63 އިންސައްތަ މަސައްކަތް ވަނި ނިންމާލާފައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން ދިއްގަރުގެ 25 ހެކްޓަރުގެ ބިން ހިއްކުމާއި 384 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު...
އަޙްމަދު ވަހީދު
ހއ. ދިއްދޫގައި ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ ޖޫނިއާ ކޮލެޖްގެ މަސައްކަތް މިއަދު ބަޔަކާއި ހަވާލުކޮށްފިއެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން ހއ. ދިއްދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. މިއަދު މި...
ޝިއުނާ އާދަމް
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކޮށް، ކުޅުދުއްފުށި ސިޓީން ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، މި އޮޕަރޭޝަންއަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ކުޅުދުއްފުށީ ސިޓީ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ކުޅުދުއްފުށި ގެއެއް ބަލައިފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަ...
ހުސައިން ހަބީބް
ފަތުރުވެރިންނަށް ފުރިހަމަ ކަނެކްޓިވިޓީ ފޯރުކޮށްދޭން އުރީދޫ އާއި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މިއީ އުރީދޫގެ “ވިސިޓް މޯލްޑިވްސް ނައު” ކެމްޕޭނުގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. އެއްބަސްވުމާއެކު އުރީދޫއިން ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރާ ވަގުތު އެންމެ ފުރިހަމަ ކަނެކްޓިވިޓީ ފޯރުކޮށްދޭނެއެވެ. އުރީދޫގެ މި ކެމްޕޭނަކީ ކޮވިޑާ ގުޅިގެން ފަތުރުވެރިކަމަށް އައި ހީނަރުކަމުން އަރައިގަތުމަށް އެހީވުމަށް ފެށި ކެމްޕޭނެކެވެ. އެހެންވެ މި އެއްބަސްވުމާއެކު...
އަޙްމަދު ވަހީދު
އިޓާލިއަން ކަޕް ފައިނަލްގައި 4-2 ގެ ނަތީޖާއިން ޖުވެންޓަސް މައްޗަށް ކުރިހޯދާ އިންޓަމިލާން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލްމެޗްގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ އިންޓައިންނެވެ. މާރިއޯ ބްރޮޒޮވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ގޯލް ކާމިޔާބް ކޮށްދިނީ މެޗްގެ 6 ވަނަ މިނެޓްގައި ބަރެއްލާއެވެ. ފުރަތަމަ ހާފް ނިމުނީ 1-0 ގެ ނަތީޖާއިން އިންޓަ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފް ފަށައިގެން 50 އަދި 52 ވަނަ މިނެޓްގައި ދެގޯލް ޖަހައި […]
އަލީ ރިޔާޟް
ހއ. ހޯރަފުށީގައި ގެސްޓްހައުސް ތަރައްގީކުރަން ދޫކުރި ބިންތަކުގެ ތެރެއިން 3 ބިމެއްގައި މަސައްކަތް ފަށައިފިއެވެ. އެ ރަށުގައި ގެސްޓްހައުސް ތަރައްގީ ކުރަން ދޫކޮށްފައި ވަނީ 7 ބިމެކެވެ. އެ ބިންތައް ދޫކޮށް، ބިންތައް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެއީ 3000 އަކަފޫޓާއި، 4000 އަކަފޫޓްގެ ބިންތަކެކެވެ. ހޯރަފުށީ ކައުންސިލުން ވިދާޅުވީ އެ ބިންތަކުންކުރެ 3 ބިމެއްގައި އިއްޔެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އިއްޔެ އަކީ […]
ޔުމްނާ ޢަލީ
މާލޭގެ ދަތުރު ފަތުރުގެ ޚިދުމަތް ފުޅާކޮށް ދާއިމީ ހައްލެއް ހޯދުމަށް އިތުރު ބަސްތަކެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގެނެސްފި އެވެ. މި ބަސްތައް ގެނެސްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެކަން ފާހަގަކޮށް އެމްޓީސީސީ ގެ ސީއީއޯ އާދަމް އާޒިމް ވަނީ މިބަސްތަކުގެ ފޮޓޯތަކެއް ޓްވީޓް ކޮށްފައެވެ. އާޒިމް ވިދާޅުވީ އެ ބަސްތަކުގެ ސަބަބުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ. މިއީ ރައީސް އިބްރާހިމް މ...
އަޙްމަދު ވަހީދު
ހދ. ކުމުންދޫގައި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވުމާއި ގުޅިގެން ރައްޔިތުން ސަމާލުވުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އިއްޔެ ކުމުންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގައި މީހާރަކަށް އައިސް ވައްކަން ކުރުން އާންމު ވުމާއި، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އުޅޭކަމަށް އެ ކައުންސިލައް މައުލޫ ލިބެމުން އަންނަ ކަމަށާއި ވުމާއެކު ރައްޔިތުން އެކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާކަމަށެވެ. މިގޮތުން ނަގުދު ފައިސާ ގިނަ އަދަދަކ...
އިބްރާހިމް ޚަލީލް